ލޮޓީފައިލްސް އަށް ވެބްފްލޯ އާއި ފިގްމާ އިން އިންވެސްޓްކުރަނީ

ލޮޓީފައިލްސް އަށް ވެބްފްލޯ ވެންޗާސް އަދި ފިގްމާ ވެންޗާސް އިން ސްޓްރެޓެޖިކް އިންވެސްޓްމަންޓެއް ލިބިފައިވާ ކަން އިއުލާންކޮށްފިއެވެ.

އެނިމޭޝަން ޑިޒައިން ޕްލެޓްފޯމެއް ކަމަށްވާ ލޮޓީފައިލްސްގެ އިންވެސްޓަރުންގެ މިހާރުގެ ލިސްޓުގައި ވެސް އެޑޯބް ފަންޑް ފޯ ޑިޒައިން، މައިކްރޮސޮފްޓް ވެންޗާސް، އޮޓޮމެޓިކް، ސްކޮއާ ޕެގް ކެޕިޓަލް އަދި އެހެނިހެން މަޝްހޫރު ނަންތައް ހިމެނެއެވެ. ޖުމްލަ 47 މިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ހޯދާފައިވާ އެ ކުންފުނީގެ މޯޝަން ޑިޒައިން ޕްލެޓްފޯމް ބޭނުންކުރާ 9 މިލިއަނަށް ވުރެ ގިނަ މީހުންނާއި 280،000 އަށް ވުރެ ގިނަ ޓީމު މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެބަތިއްބެވެ.

2018 ވަނަ އަހަރުގެ ތެރޭގައި ވުޖޫދުވި ލޮޓީ ފައިލްސް އަކީ ދިވެހި ޑިވެލޮޕަރ ނަސްރުﷲ އަދުނާނު (ނައްޓު) އަދި ޝިޓީޖް މިންގަލްނީ ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. ލޮޓީފައިލް އަކީ ޖޭސަން ސްކްރިޕްޓްގެ މައްޗައް ބިނާކުރެވިފައިވާ ލޮޓީ އެނީމޭޝަން ތަކަށް ޚާއްސަ ޕްލެޓްފޯރމެކެވެ.

ވެބްފްލޯ ވެންޗާސް އަދި ފިގްމާ ވެންޗާސް އިން ލޮޓީފައިލްސްއަށް ސްޓްރެޓެޖިކް އިންވެސްޓްމެންޓްއެއް ލިބުނުކަން ވަނީ އިއުލާނުކޮށްފައެވެ. މިއިންވެސްޓްމެންޓާއެކު ފިގްމާ އަދި ވެބްފްލޯ ޕްލެޓްފޯރމުތަކުގައި ލޮޓީ އެނިމޭޝަންސްތައް ބޭނުންކުރުމަށް އުފައްދާފައިވާ ޓޫލިންގް ޑިވެލޮޕްކުރުމަށް ސަޕޯޓް ލިބޭނެއެވެ. ލޮޓީފައިލްސްގެ ކޯފައުންޑަރ އަދި ސީޓީއޯ ނައްޓު އަދުނާން ބުނެފައި ވަނީ ފިގްމާ ޕްލަގިންއަށް ވަރަށް ބޮޑަށް ރިކުއެސްޓްކޮށްފައިވާ ފީޗާތައް އެކުންފުނިން އިތުރުކޮށްފައިވާއިރު، ވެބްފްލޯއާ އެކު ކުރިއަށް އޮތް އިންޓަގްރޭޝަން އިއުލާނުކުރުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި، މިއީ ލޮޓީ އާއި ޑޮޓްލޮޓީ ފައިލް ފޯމެޓްތަކަށް ނޭޓިވްލީ ސަޕޯޓްކޮށް، ބޭނުންކުރާ ފަރާތްތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއްކަމަށެވެ.

"މޯޝަން ޑިޒައިން ޑިމޮކްރަޓައިޒް ކުރުމުގެ މިޝަނެއްގައި އަޅުގަނޑުމެން މިތިބީ، ޑިޒައިން އިންޑަސްޓްރީގެ މިފަދަ ވަރުގަދަ ޕާޓްނަރުންނާ އެކު މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް. ދުނިޔޭގެ ބޮޑެތި އޯރގަނައިޒޭޝަންތަކުން ލޮޓީ ބޭނުންކުރަމުން އަންނައިރު، އެނިމޭޝަންތައް އުފައްދައި އޭގެ ބޭނުން ކުރުމަށް ބޭނުންވާ ލާނިން ކާވް ކުޑަކުރުމަށް ސަމާލުކަން ދޭނަން،" ލޮޓީފައިލްސްގެ ކޯ ފައުންޑާ އަދި ސީއީއޯ ކޭ މިންގްލާނީ ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ޓެކްނޮލޮޖީ އެއް ކުންފުނިކަމުގްއިވާ މައިކްރޯސޮފްޓް ގެ ވެންޗަރ ކެޕިޓަލް ފަންޑު އެމް12 އިން ވެސް މީގެކުރިން 9 މިލިއަން އެމެރިކާ ޑޮލަރުގެ ސީރީސް އޭ ފަންޑިންގް އެއް ލިބިފައިވާ ލޮޓީފައިލްސްގެ ކޯ ފައުންޑާ އަދި ސީޓީއޯ ނައްޓު އަދުނާން ވިދާޅުވި ގޮތުގައި ފިގްމާއާ އެކު އިންޓަގްރޭޝަން ގައި ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ އިރު، މިލިއަނަކަށް ވުރެ ގިނަ ފައިލްތަކާއި އެތައް ލައްކަ އެނިމޭޝަންތަކެއް ވަނީ އުފައްދައިފައެވެ.

ލޮޓީފައިލްސް އަކީ ލޮޓީ ފޯމެޓް މަގުބޫލުކުރުމަށާއި މޯޝަން ޑިޒައިން ސްޕޭސްގައި އިނޮވޭޝަން ރަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ.

ޑޮޓްލޮޓީ ފޯމެޓް ތައާރަފްކުރުމުން އެނިމޭޝަންތައް ރައްކާކޮށް ހިއްސާކުރާ ގޮތަށް އިންގިލާބީ ބަދަލުތަކެއް އައިސް، ފައިލް ސައިޒުތައް އެވްރެޖްކޮށް 80 އިންސައްތަ އަށް ވަނީ ދަށްވެފައެވެ.

ކޮންމެ ބޮޑު ޕްލެޓްފޯމަކަށް ވެސް ރަންޓައިމް ލައިބްރަރީތައް ލިބެން ހުންނާތީ، ލޮޓީފައިލްސް އިން މި އެނިމޭޝަންތައް ކޮންމެ ޕްރޮޖެކްޓެއްގައި ވެސް ހުއްޓުމެއް ނެތި އިންޓަގްރޭޓް ކުރެވޭނެ ކަން ކަށަވަރުކޮށްދީ، މިއީ މިއަދު ޕްރޮޑަކްޓް ޓީމްތަކުން އެޕްލިކޭޝަންތައް ޝިޕިން ކުރުމަށް ކޮންމެހެން ބޭނުންތެރި ވަސީލަތަކަށް ވަނީ ވެފައެވެ.

އެ ކުންފުނީގެ ކީ ޕްލަގިންތަކާއި އިންޓަގްރޭޝަންތަކުގެ ތެރޭގައި ކެންވާއަށް ހާއްސަ އެޕްލިކޭޝަނެއް ވެސް ހިމެނޭއިރު، ކެންވާގެ އުފަން ލޮޓީ ސަޕޯޓަކީ މާކެޓަރުންނާއި ޑިޒައިނަރުންގެ ޓީމުތަކަށް އެމީހުންގެ ވޯކް ސޫޓަށް ޕަވާ އޮފް މޯޝަން ގެނައުމަށް ވަރަށް ފުރިހަމަ ސަޕޯޓެކެވެ.

ލޮޓީފައިލްސް އިން ދާދި ފަހުން ތައާރަފްކުރި ލޮޓީ ކްރިއޭޝަން ޓޫލް އަކީ ލޮޓީ އެނިމޭޝަން އުފެއްދުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ވެބް ބޭސްޑް މޯޝަން ޑިޒައިން ޓޫލް އެކެވެ. މި އާފްޓަރ އިފެކްޓްސް ފަދަ ޓޫލްގެ ސަބަބުން ސްޓީޕް ލާނިން ކާވް އާ ނުލައި ހިތްގައިމު އެނިމޭޝަންތައް އުފެއްދުމުގެ ބާރު ބޭނުންކުރާ ފަރާތްތަކަށް ލިބިދީ، މޯޝަން ޑިޒައިނަށް ކުރިއަށް ވުރެ ބޮޑަށް އެކްސެސިބަލް ކޮށްދެއެވެ.

މި އިނޮވޭޓިވް ޓޫލްސް އާއި އިތުރު އާ އުފެއްދުންތަކުގެ ވައުދާއެކު ލޮޓީފައިލްސް އިން އަންނަނީ އެނިމޭޝަންތަކާ އެކު މިދާއިރާގެ ގިނަބައެއްގެ މަސައްކަތް ކުރާ ވައްޓަފާޅީއަށް އިންގިލާބީ ބަދަލުތަކެއް ގެންނަމުންނެވެ.

އިތުރަށް ކިޔާލުމަށް:

ލޮޓީފައިލްސް އަށް މައިކްރޯސޮފްޓުން 9 މިލިއަން ޑޮލަރުގެ އެހީ

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.