ދިވެހިރާއްޖޭގެ މޮޅެތި އެތަކެއް ޑެވެލޮޕަރުންނާއި ޓެކްނޮލޮޖީދާއިރާގެ ފަންނުވެރިންގެ މަސައްކަތުން ތަރައްޤީ ކުރަމުން އަންނަ މެލޭޝިޔާއަށް އުފަން ލޮޓީފައިލްސް އަށް މައިކްރޯސޮފްޓް ގެ ވެންޗަރ ކެޕިޓަލް ފަންޑު އެމް12 އިން 9 މިލިއަން އެމެރިކާ ޑޮލަރުގެ ސީރީސް އޭ ފަންޑިންގް އެއް ލިބިއްޖެއެވެ.
ދެހާސް އަށާރަވަނަ އަހަރުގެ ތެރޭގައި މެލޭޝިޔާގައި ވުޖޫދުވި ލޮޓީ ފައިލްސް އަކީ ދިވެހި ޑިވެލޮޕަރ ނަސްރުﷲ އަދުނާނު (ރިއަލީ ނައްޓު) އަދި ޝިޓިޖް މިންގަލްނީ ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. ލޮޓީފައިލް އަކީ ޖޭސަން ސްކްރިޕްޓްގެ މައްޗައް ބިނާކުރެވިފައިވާ ލޮޓީ އެނީމޭޝަން ތަކަށް ޙާއްސަ ޕްލެޓްފޯރމް އެކެވެ. ލޮޓީ އުފެއްދުމާއި އެޑިޓް ކުރުން އަދި ޓެސްޓް ކުރުމާއި ލޮޓީ މާކެޓްޕްލޭސް ހިމެނޭ މި ޕްލެޓްފޯރމް ގައި މިހާރު ދުނިޔޭގައި ނަންހިންގާ އެތަކެއް ކުންފުންޏެއް ހިމެނޭގޮތަށް ފަސްދޮޅަސް ފަސްހާސް ކުންފުންޏަކަށް މިލިއަނެއްހާ ޔޫސަރސް އެބަތިއްބެވެ. އޭގެ ތެރޭގައި އެއަރ ބީ އެން ބީ ، ގުގަލް، ޓުވިޓަރ، އޫބަރ، އެމޭޒަން، ޓިކްޓޮކް، ޑިސްނީ، ނެޓްފްލިކްސް ފަދަ ކުންފިނިތަށް ހިމެނެއެވެ.
އެމް12 ގެ ފަންޑިންގް އާއި އެކު ލޮޓީފައިލްސް އިން މިހާތަނަށް 10 މިލިއަން ޑޮލަރުގެ ފަންޑިންގް ކަށަވަރުކޮށްފައިވެއެވެ. އަލަށް ލިބުނު ފަންޑިންގ އިން އެންމެ ބޮޑަށް ހަރަދު ކުރެވޭނީ ޕްރޮޑަކްޓް ރޯޑްމެޕް ހާސިލް ކުރުމާއި، އިންފްރާސްޓްރަކްޗަރ ފުޅާކޮށް ގްލޯބަލް ޔޫސަރ ބޭސް އިތުރުކުރުމަށެވެ.
ލޮޓީފައިލްސްގެ މިކާމިޔާބީއަށް އެންމެ ފުރަތަމަ މަރުހަބާކީ ފަރާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ ފައްޔާޒު ހިމެނެއެވެ.
އަޕްޑޭޓް 21:30 : ރައީސް ސޯލިޙް ވެސް ވަނީ ކުޑަ އިރުކޮޅެއް ކުރިން ލޮޓޯފައިލްސް އަށް މަރުހަބާ ކިޔާ ޓްވިޓް ކުރައްވާފައެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.