މޮލްޓެން ހައިޑްރޮކްސައިޑް ސޯލްޓް ބޭނުންކޮށްގެން ދުނިޔޭގެ ފުރަތަމަ ތާމަލް އެނާޖީ ސްޓޯރޭޖް ފެސިލިޓީ ޑެންމާކުގައި ހުޅުވައިފިއެވެ. މިއީ ތިމާވަށްޓަށް ރައްކާތެރި ހަކަތައަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މި މަޝްރޫޢު ހުޅުވައިފައިވަނީ މޯލްޓެން ސޯލްޓް ސްޓޯރޭޖް (އެމްއޯއެސްއެސް) މަޝްރޫއުގެ ދަށުން ޑެންމާކުގެ އެސްބަރގްގެ ސެމްކޯ މެރިޓައިމްގައެވެ. މި މަޝްރޫއު ކުރިއަށް ގޮސްފައިވަނީ ހައިމް އެނާޖީއާއި، ޑީއައިއެން ފޯސީނިންގާއި، އަލްފާ ލަވަލް އަލްބޯގްއާއި، ކިރޓް އެކްސް ތޮމްސަނާއި، ސީބޯގާއި، އަލްބޯގް ޔުނިވަރސިޓީއާއި، ސުލްޒާއި އެހެނިހެން ފަރާތްތަކުންގެ ޕާޓްނަރޝިޕްގެ ދަށުންނެވެ.
މި ފެސިލިޓީގައި އިއާދަކުރަނިވި ހަކަތަ ހޫނުގެ ގޮތުގައި 600 ޑިގްރީ ސެލްސިއަސްގެ ހޫނުމިނާއި ހަމައަށް ރައްކާކުރެއެވެ. މި ރައްކާކޮށްފައިވާ ހަކަތަ ފަހުން ސިނާއީ ބޭނުންތަކަށް ހޫނުގެ ގޮތުގައި ދޫކޮށް ނުވަތަ އަނބުރާ ކަރަންޓަށް ބަދަލު ކުރެވޭނެއެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ވައި ނުވަތަ އިރުގެ ހަކަތަމަދު ދުވަސްވަރު ހަކަތަ ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެއެވެ.
މި ޕްރޮޖެކްޓަކީ ޑެންމާކުގެ އެނާޖީ ޓެކްނޮލޮޖީ ޑިވެލޮޕްމަންޓް އެންޑް ޑެމޮންސްޓްރޭޝަން ޕްރޮގްރާމް (އީޔޫޑީޕީ)އިން އެހީލިބިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއަށް 13.2 DKK މިލިއަން ލިބިފައިވެއެވެ. މި މަޝްރޫއުގެ ބަޖެޓަކީ މިޅިއެއްކޮށް 24.7 DKK މިލިއަނެވެ. މި މަޝްރޫއު 2026 ވަނަ އަހަރުގައި ވިއްކުމަށް ތައްޔާރުކުރުމަށް ހަމަޖެހިފައިވެއެވެ.
އެސްބަރގް ފެސިލިޓީ، 1 MWh ސްޓޯރޭޖް ކެޕޭސިޓީއަކާއި 1.2 MWh ސްޓީމް ޑިސްޗާޖް ކެޕޭސިޓީއެއްހުރެއެވެ. މި ކަމަށް ބޭނުންކަރާ ބާވަތުގެ ލޮނަކީ ކްލޮރިން އުފެއްދުމުގައި އަންނަ ބައިޕްރޮޑަކްޓެކެވެ. މިއީ އާންމުކޮށް ބޭނުންކުރާ ނައިޓްރޭޓް ސޯލްޓުތަކަށްވުރެ ދަށް ފިނިހޫނުމިނެއްގައި ގިރާވާ އެއްޗެއްކެވެ. މިއީ ބޭނުންކުރެވޭ ވަރާށްވުރެ ކޮރޯސިވް މިންވަރެކެވެ. ހައިމް އެނާޖީން މި ގޮންޖެހުން އަމިއްލަ ކޮރޯޝަން ކޮންޓްރޯލް ޓެކްނޮލޮޖީގެ އެހީގައި އަރައިގަނެފައިވެއެވެ. މިކަމުގެ ސަބަބުން ހޫނުގަދަ ޓެމްޕަރޭޗަރ ސްޓޯރޭޖް ސިސްޓަމްތަކުގައި މި މާއްދާ ރައްކާތެރިކަމާއެކުނު ބޭނުންކުރެވޭނެއެވެ.
ކާބޯތަކެތި ޕްރޮސެސްކުރުމާއި، ކެމިކަލްތަކާއި، ޓެކްސްޓައިލްސް ފަދަ ސިނާއަތްތަކަށް ހޫނު ސްޓީމް ބޭނުންވެއެވެ. މި ޓެކްނޮލޮޖީއާއެކު މިކަމަށްވެސް އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެއެވެ. މިކަމުގެ ސަބަބުން ތިމާވަށްޓަށް ކާބަން ދޫކުރާ މިންވަރު މަދުކުރުމަށް އެހީތެރިވެދޭނެއެވެ. ބައިނަލްއަޤްވާމީ ހަކަތަ އޭޖެންސީ (އައިއީއޭ) އިން ދޫކޮށްފައިވާ ރިޕޯޓުގައި ސިނާޢީ ހޫނަކީ ދުނިޔޭގެ ގްރީންހައުސް ގޭސް ދޫކުރާ މިންވަރުގެ ގާތްގަނޑަކަށް %20 އެވެ. އެހެންކަމުން މިފަދަ އީޖާދީތަކުގެ ސަބަބުން މި ދާއިރާއިން ދޫކުރާ ގޭސް މަދުކުރުމުން ތިމާވަށްޓަށް ކުރާ އަސަރު ކުޑަކުރުމަށް އެހީތެރިވެދޭނެއެވެ.
މި ޓެކްނޮލޮޖީ މިހާރު ޔޫރަޕްގެ އެންމެ ބޮޑު އެއް ޑެއިރީ ޕްރޮޑިއުސަރު އާލާ ފުޑްސްގައި ތަންފީޒު ކުރަމުންދެއެވެ. ހައިމްއާގުޅިގެން އާލާއިން ދަނީ ހޯލްސްޓެބްރޯގައި ހުންނަ އެ ކުންފުނީގެ ޕްރޮޑަކްޝަން ފެސިލިޓީއާ 200 MWh މޮލްޓެން ސޯލްޓް ޕްލާންޓެއް އިންޓަގްރޭޓް ކުރަމުގެ މަސައްކަތް ފަށާފައެވެ. އެމީހުންގެ އަމާޒަކީ ފޮސިލް ފިއުލް ބޭނުންކުރުން މަދުކޮށް، ހަކަތައަށް ކުރާ ހަރަދުން އަހަރަކު 3€ މިލިއަނަށްވުރެ ގިނަ އަދަދެއް ސަލާމަތް ކުރުމެވެ.
މި ޓެކްނޮލޮޖީ އިންޑަސްޓްރިއަލް ހީޓަށް ބޭނުންކުރާއިރު %90 އެފިޝަންސީ ހާސިލްވާއިރު، ހޫނާއި ކަރަންޓް އެއްކޮށްފައިވާ އެޕްލިކޭޝަންތަކުގައި %80–90 އެފިޝަންސީ ހާސިލްވެއެވެ. އަދި ހަމައެކަނި ކަރަންޓް އުފެއްދުމުގައި ގާތްގަނޑަކަށް %40 ގެ އެފިޝަންސީ ހާސިލްވެއެވެ. މިއީ ގިނަ އެހެން ތަމަލް ސްޓޯރޭޖް ސިސްޓަމްތަކާ އެއްވަރު ނުވަތަ ރަނގަޅުވަރެކެވެ. ލިތިއަމް-އަޔަން ބެޓެރީތަކާ ހިލާފަށް މޮލްޓަން ސޯލްޓް ބެޓަރީއިން އަލިފާން ރޯވުމުގެ ބިރުކުޑަވެއެވެ. އަދި މީގައި ކްރިޓިކަލް މިނަރަލް ޑިޕެންޑެންސީއެއް ނެވެ އަދި ސިނާއީ ބައިޕްރޮޑަކްޓްތަކުގެ އެހީގައި އުފައްދުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރެއެވެ.
ހައިމްގެ މޮލްޓެން ސޯލްޓް ޓެކްނޮލޮޖީގެ ސަބަބުން ކަރަންޓާއި އިންޑަސްޓްރިއަލް ހީޓް ޑިމާންޑް ވެސް ފުއްދައިދޭ ދިގު މުއްދަތަކަށް ބޭނުންކުރެވޭ، ފްލެކްސިބަލް، އަދި އަގުހެޔޮ ސްޓޯރޭޖް ސޮލިއުޝަނެއް ފޯރުކޮށްދެއެވެ. ދެ ހަފްތާއާ ހަމައަށް ހަކަތަ ރައްކާކުރެވޭއިރު، ހޫނުގެ ގޮތުގައި ހަކަތަ ބޭނުންވާ ކަންކަމަށް ލިތިއަމް އަޔަން ބެޓެރީގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެކެވެ.
ގައުމުތަކުން ވައިގެ ހަކަތައާއި އިރުގެ ހަކަތަ އިތުރު ގްރިޑްތަކަށް އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ހަކަތަ ރައްކާކޮށް ޖެނަރޭޓުކުރާ ޓެކްނޮލަޖީތައް ވަރަށް މުހިންމު ވެގެންދާނެއެވެ. މި މޮލްޓެން ސޯލްޓް ސިސްޓަމްތަކުގެ ބޭނުން މުޅި ދުނިޔޭގައި އާންމު ވެއްޖެނަމަ ސިނާއަތް ޑީކާބަނައިޒްކުރުމާއި، ޕަވަރ ގްރިޑްތައް ބެލެންސްކުރުމާއި، ނެޓް ޒީރޯއަށް ބަދަލުވުން އަވަސްކުރުމަށް ބޮޑު ދައުރެއް އަދާކުރެވިގެން ދާނެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.