ސްޓާލިންކަށް ލައިސަންސް ދޭން ޒިމްބާބުވޭއިން ފާސްކޮށްފި

ސްޓާލިންކް އިންޓަނެޓް ގެ ހިދުމަތަށް ލައިސަންސް ދޭން ޒިމްބާބުވޭއިން ފާސްކޮށްފިއެވެ.

އެ ގައުމުގެ ރައީސް އެމާސަން ނަންގަގްވާ ވިދާޅުވީ އީލޮން މަސްކްގެ ސްޓާލިންކަށް ލައިސަންސް ދޭން ޒިމްބާބްވޭގެ ޓެލެކޮމް ރެގިއުލޭޓަރުން، ވަނީ ހުއްދަދީ ސްޕޭސް އެކްސްގެ ސެޓެލައިޓް ޔުނިޓް ޒިމްބާބުވޭގައި އޮޕަރޭޓް ކުރުމުގެ އެންމެހައި ކަންކަން ފަހިކޮށްދިނުމަށް އެއްބަސްވެފައި ކަމަށެވެ.

ނަންގަގްވާ ވިދާޅުވެފައިވަނީ މި ނިންމުމުގެ ސަބަބުން ޒިމްބާބްވޭގެ އެކި ސަރަޙައްދުތަކުގައި އަދި ވަކިން ޚާއްޞަކޮށް ރަށްފުށުގެ ހުރިހާ ސަރަޙައްދެއްގައި ހައި ސްޕީޑް، ލޯ ކޮސްޓް، ލިއޯ (ލޯ-އާރތް-އޯބިޓް) އިންޓަނެޓް އިންފްރާސްޓްރަކްޗަރ ޤާއިމުކުރެވިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ސްޓާލިންކުން ހިދުމަތް ދޭނީ އެ ކުންފުނީގެ ހަމައެކަނި އަދި އެކްސްކްލޫސިވް ލޯކަލް ޕާޓްނަރު އައިއެމްސީ ކޮމިއުނިކޭޝަންސް މެދުވެރިކޮށް ކަމަށެވެ.

ވޯލްޑް ބޭންކުން 2021 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ޒިމްބާބުވޭގައި އިންޓަނެޓްގެ ޚިދުމަތް ލިބެނީ އެގައުމުގެ އާބާދީގެ އެންމެ 34.8 ޕަސެންޓަށް ކަމަށެވެ.

އެ ގައުމުގެ އިންޓަނެޓްގެ ހިދުމަތަކީ މޮބައިލް ނެޓްވޯކްގެ މައި ތިން އޮޕަރޭޓަރުންގެ ބާރުގެ ދަށުގައި ކޮންޓްރޯލް ވެފައިއޮންނަ ހިދުމަތެކެވެ.

ސްޓާލިންކް އެޕްރޫވަލް ދީފައި މިވަނީ ޒެމްބިއާ ފަދަ އަވަށްޓެރި ގައުމުތަކުން ސްޓާލިންކް ކިޓް އެތެރެ ކުރާ ރަޖިސްޓްރީ ނުކުރާ ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު އަޅާފައިވާ ދަނޑިވަޅެއްގައެވެ.

އެފްރިކާގެ އެކި ގައުމުތަކުގެ ތެރޭގައި ނައިޖީރިއާ، މޮޒަމްބިކް، ޒެމްބިއާ، ކެންޔާ އަދި މަލާވީ ފަދަ ގައުމުތަކުގައި ސްޓާލިންކް ރަސްމީކޮށް މިހާރު އަންނަނީ ދެމުންނެވެ.

މިދިޔަ މަހު ކެމަރޫން އިން ވަނީ އެ ގައުމުގެ ޕޯޓްސް އޮފް އެންޓްރީގައި ސްޓާލިންކް ސާމާނު ހިފެހެއްޓުމަށް އަމުރުކޮށްފައެވެ. އެގައުމުން ބުނީ އެ ކުންފުންޏަކީ ލައިސަންސް އޮންނަ ކުންފުންޏަކަށް ނުވާތީ އެގޮތަށް ހިފަހައްޓަން ޖެހުނީ ކަމުގައެވެ.

އިތުރަށް ކިޔާލުމަށް

ސްޓާލިންކްގެ ހައިސްޕީޑް އިންޓަނެޓް ރާއްޖެއަށް ދޫކޮށްފި

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.