ދޮގު މައުލޫމާތު ހުއްޓުވުމަށް ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދޭނެ އާ ފީޗާއެއް ކަމަށްވާ "ނޯޓްސް" ފީޗާ ޔޫޓިއުބުން ތައާރަފްކޮށްފިއެވެ.
ޔޫޓިއުބުން ބުނީ އެ ކުންފުނީގެ ޕްލެޓްފޯމްގައި ވީޑިއޯތަކަށް އިތުރު ކޮންޓެކްޓް ފޯރުކޮށްދިނުމުގެ މަގްސަދުގައި "ނޯޓްސް" ގެ ނަމުގައި އާ ފީޗާއެއް ތަޖްރިބާ ކުރަމުންދާކަމަށެވެ. ކްރައުޑްސޯސްޑް މި ޓޫލް މެދުވެރިކޮށް ޓްވިޓާގެ ކޮމިއުނިޓީ ނޯޓްސް ފީޗާ ފަދައިން ވީޑިއޯތަކުގެ ތިރީގައި އެ ވީޑިއޯޢާއި ބެހޭގޮތުން މައުލޫމާތު ތައް އިތުރުކުރެވޭނެއެވެ.
ނޯޓްސް ތައާރަފްކޮށްފައި މިވަނީ 2024 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ދޮގު މައުލޫމާތުގެ ކަންބޮޑުވުންތައް އެންމެ މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. ހާއްސަކޮށް ޖެނެރޭޓިވް އޭއައިގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް މި ފީޗާގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ޔޫޓިއުބުން އުންމީދު ކުރެއެވެ.
އިނީޝިއަލް ޓެސްޓް މަރުހަލާގައި އެކްޓިވް ޔޫޓިއުބް ޗެނަލްތައް ރަނގަޅު ފެންވަރެއްގައި ހުންނަ ހޮވާލެވޭ ގްރޫޕަކަށް ނޯޓްތައް ކޮންޓްރިބިއުޓް ކުރުމަށް ޔޫޓިއުބުން މިހާރުވަނީ ދައުވަތު ދީފައެވެ. ޕެރޯޑީ ކޮންޓެންޓް ދެނެގަތުން ނުވަތަ މިހާރުގެ ހާދިސާތަކުގެ ގޮތުގައި ހުށަހެޅޭ ޒަމާންވީ ފުޓޭޖްތައް ފްލެގްކުރުން ފަދަ ތަފާތު ބޭނުންތައް މި ނޯޓުތަކުން ފުއްދައިދެވިދާނެއެވެ.
ޔޫޓިއުބުން މި ފީޗާއާއި މެދު ފުރަތަމަ މަރުހަލާގައި ގޯސްތަކެއް ހުރުމުގެ ފުރުސަތު އޮތްކަން ގަބޫލުކޮށް، ބެލުންތެރިންނާއި ކްރިއޭޓަރުންގެ ހިޔާލު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކޮލިޓީ ކޮންޓްރޯލު ކުރުމަށްޓަކައި، ތާޑް ޕާޓީ އިވެލުއޭޓަރުން، ނޯޓުތައް އާންމުކޮށް ފެންނަން ފެށުމުގެ ކުރިން އެ ނޯޓުތަކުގެ އެހީތެރިކަމާއި ސައްހަކަން ދެނެގަންނާނެއެވެ.
ކުރިއަށް އޮތް ހަފުތާތަކާއި މަސްތަކުގެ ތެރޭގައި ވީޑިއޯތަކުން ނޯޓްތައް ފެންނާނެ ކަމަށް އެމެރިކާގެ ބެލުންތެރިންނަށް އުންމީދު ކުރެވިދާނެކަމަށް ޔޫޓިއުބުން ބުނެއެވެ. މި ޕްލެޓްފޯމްގައި ޔޫޒަރ ރޭޓިންއާއި ފީޑްބެކްގެ މައްޗަށް ބިނާކޮށް ޝާއިއުކުރަނީ ކޮން ނޯޓްތަކެއްކަން ދެނެގަތުމަށް އަލްގޮރިދަމެއް ބޭނުންކުރާނެއެވެ.
މި ސިސްޓަމް ކުރިއަރަމުން އަންނަ ވަރަކަށް، ޔޫޓިއުބުން ތަފާތު ވީޑިއޯ ބާވަތްތަކުގެ ޔޫޒަރ އިންޓަރެކްޝަންގެ މައްޗަށް ބިނާކޮށް މި ފީޗާ އަބަދުވެސް ރިފައިން ކުރާނެއެވެ. ފުލް ސްކޭލް ރޯލްއައުޓެއް ކަނޑައެޅުމުގެ ކުރިން ޕައިލެޓް ޕްރޮގްރާމުގެ ކާމިޔާބީ އިވެލުއޭޓް ކުރާނެކަމަށް ޔޫޓިއުބުގެ ޓީމުން ބުނެއެވެ.
ހާއްސަކޮށް އޮންލައިން ކޮށް ދޮގު މައުލޫމާތު ދިނުމާ މެދު ކަންބޮޑުވުން ތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ކޮންޓެންޓް އިންޓެގްރިޓީ އާއި ޔޫޒަރ އެކްސްޕީރިއަންސް އިތުރުކުރުމަށް ޔޫޓިއުބުން އެންމެ ފަހުން ކުރަމުން އަންނަ މަސައްކަތް މި އިނީޝިއޭޓިވް ރަމްޒުކޮށްދެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.