މުޅިން އާ ޑާކް ވެބް ޓޫލްއެއް ގޫގަލް ގައި ތަޢާރަފުކޮށްފި

އައިމިނަތު މިންހާ 16 ޖުލައި 2024

ގޫގަލްއިން އިންޓަރނެޓް ބޭނުންކުރާ ފަރާތްތަކަށް އޮންލައިން ކުށް ތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެހީތެރިވުމަށް އައު ޑާކް ވެބް ޓޫލްއެއް ތަޢާރަފުކޮށްފިއެވެ.

ވަރަށް ގިނަ މީހުން ބޭނުންކުރާ މި ސާރޗް އިންޖީނުގެ ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެ ހިލޭ ޓޫލްއަކުން، ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ މަޢުލޫމާތު ވަގަށްނަގައި އިންޓަރނެޓުގެ ނުރައްކާތެރި، ޣައިރު ޤާނޫނީ ދާއިރާކަމަށްވާ މަޝްހޫރު ޑާކް ވެބް ގައި ބަހައްޓާފައިވޭތޯ ބެލޭނެއެވެ.

"އާ ފީޗަރ އިން ތިޔަބޭފުޅުންގެ އަމިއްލަ މަޢުލޫމާތު، މިސާލަކަށް ނަމާއި، އެޑްރެހާއި، ފޯނު ނަންބަރާއި، އަދި އީމެއިލް، ޑޭޓާ ބްރީޗްތަކުގެ ތެރޭގައި ހިމެނޭތޯ ބެލުމަށް އެހީތެރިވެދޭނެއެވެ."ގޫގުލް ކުންފުނިން ކުރި ބްލޮގް ޕޯސްޓެއްގައި ހާމަކޮއްފައިވެއެވެ.

އެގޮތުން މި މަޢުލޫމާތު ލިބެން ހުންނާނީ މިހާރުވެސް ބޭނުންކުރެވޭ "މައި އެކްޓިވިޓީ" ޓޫލް މެދުވެރިކޮށެވެ. މި ޓޫލްގެ ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ މަޢުލޫމާތު ގޫގުލްގައި ދައްކާ ގޮތް ކޮންޓްރޯލް ކުރެވޭނެއެވެ. އަދި 46 އެކި ޤައުމުތަކުގައި ގޫގުލްގެ އާންމު އެކައުންޓެއް އޮންނަ ކޮންމެ މީހަކަށްވެސް މިއަށް އެކްސެސް ލިބޭނެއެވެ.

"ގުޅޭނެ މަޢުލޫމާތު އިތުރުކުރުމަށްފަހު، ގޫގުލްއިން ބުނާ ގޮތުގައި "އެހެން ގޫގުލް ޕްރޮޑަކްޓްތަކުގައި ތިޔަ ފަރާތުގެ ތަޖުރިބާ ޕަރސަނަލައިޒްކުރުމަށް މި މަޢުލޫމާތު ބޭނުމެއް ނުކުރެވޭނެ އަދި ހިއްސާއެއްވެސް ނުކުރެވޭނެ" އަދި ތިޔަ ފަރާތުގެ މަޢުލޫމާތު ހޯދުމަށް ޑާކް ވެބްގައި ސާރޗްތައް ކުރެވޭނެއެވެ."

އެއްވެސް ކަންބޮޑުވާފަދަ ކަމެއް ފާހަގަވެއްޖެނަމަ، އެކަމެއް ރިޕޯޓުގެ "މުރާޖަޢާކުރަންޖެހޭ ނަތީޖާތައް" މިބައިގައި ފެންނަން ހުންނާނެއެވެ. އަދި މިހިސާބުން، މިޓޫލް ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ މަޢުލޫމާތު ނައްތާލުމަށް އެދެވިދާނެއެވެ. ހަމައެހެންމެ، މިފަދަ އުސޫލެއް ގޫގުލް ސާރޗް ނަތީޖާތަކުން ތިޔަ ފަރާތާއި ގުޅޭނެ މަޢުލޫމާތު ހިމެނޭ ކަންތައްތައް ނައްތާލުމަށްވެސް އެދެވިދާނެއެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.