=
އެމެރިކާގެ ލަސްވޭގަސްގައި މިދިޔަ އަހަރު ބިނާކޮށްފައިވާ "ސްފިޔަރ" އަކީ އިމާރާތްކުރުމާއި ޓެކްނޮލޮޖީގެ މޮޅު އީޖާދެކެވެ. 750،000 އަކަ ފޯޓުގެ މި އިވެންޓްހޯލް ހެދުމަށް 2.3$ ބިލިޔަން ހޭދަކޮށްފައިވާކަމަށް ޚަބަރު ލިބިފައިވެއެވެ. މިކަމުގެ ނަތީޖާގައި މި އިމާރާތް ޓައިމްސް މެގަޒިންގެ 2023ވަނަ އަހަރުގެ އެންމެ މޮޅު އީޖާދުތަކުގެ ތެރޭގައި ފާހަގަކޮށްފައިވުމެވެ. މި އީޖާދު މީހުންގެ ހިޔާލުތަކާއި ހިތްތައް އަތުލައިގަނީ ކިހިނެއްތޯ؟
ސްފިޔަރއަކީ އެކިވައްތަރުތަކުގެ ހަރަކާތްތަކާއި ހަފްލާ ބޭއްވުމަށް ހަދާފައިވާ ތަނެކެވެ. އެތަން ހުޅުވިފަހުން ކޮންސެޓުތަކާއި ދިރިއުޅޭތަންތަނާއި، އަދި ކޯޕަރޭޓު އެކި އިވެންޓުތައް ބާއްވާފައިވެއެވެ. ނަމަވެސް މި ފަދަ އެހެން ވަށްކޮށްހުންނަ އިވެންޓް ހޯލުތަކާއި އަޅާބަލާއިރުވެސް ވަރަށް ތަފާތުކަން ފާހަގަކޮށްފައިވެއެވެ. މިކަމުގެ އެންމެ ބޮޑު ސިއްރަކީ އިމާރާތްކޮށްފައިވާ ގޮތާއި ބޭނުންކޮށްފައިވާ ޓެކްނޮލޮޖީއެވެ.
ސްފިޔަރ އެތެރޭގައި 20,000 ގޮނޑިގެ ޖާގަ ހުރެއެވެ. އެތެރެއަށް ވަނުމުން ފެންނާނީ އެތެރެއިން ވަށާލާފައިވާ 16x16 ރެޒޮލިއުޝަންގެ ލެޑް ޑިސްޕްލޭއެކެވެ. މިއާއި އެއްކޮށް 'ބީމްފޯމިންގ' އަދި 'ވޭވް ސިންތަސިސް ޓެކްނޮލަޖީ' ބޭނުންކޮށްފައިވާ 167،000 ސްޕީކަރުގެ ސިސްޓަމެއްވެއެވެ. މިކަމުގެ ނަތީޖާ؟ އެތަންނުގައި ހަރަކާތްތައް ބަލަންދާ ފަރާތްތަކަށް ވަރަށް އިމަރސިވް އެކްސްޕީރިއަންސެކެވެ.
އެތަނުގެ ބޭރުފަށަލަވެސް އެހާމެ އަޖައިބު ވަނިވިއެވެ. 1.2 މިލިޔަން ޕްރޮގްރާމަބަލް ލެޑު ބޭނުންކޮށްފައިވާ މި 'އެކްސޯސްފިޔަރ" އަކީ ދަނީޔޭގެ އެންމެ ބޮޑު ލެޑް ސްކްރީނެވެ.
މިހުރިހާ އެއްޗަކަށް ބޭނުންކުރަނީ ހަމައެކަނި އެންވިޑިޔާ rtx a6000 ވޭކްސްޓޭޝަންގެ 150 ޖީޕީޔޫއެވެ. މިއިން ކޮންމެ ޖީޕީޔޫއެއްގައި 10 ކޯރ އަދި 48GB މެމޮރީ ކާޑު ވާއިރު، މީގައި ޖުމްލަކޮށް 7.2 ޓީބީގެ ޖީޑީޑީއާރު6 އީސީސީ މެމޮރީ ހުރެއެވެ. މިޔަކީ އެންވީޑިޔާގެ އެންމެ ވަރުގަދަ ގޭމިންގ ފެންވަރުގެ ޖީޕީޔޫއެއް ނޫންކަން ފާހަގަކޮށްލުން މުހިންމެވެ. ނަމަވެސް މީގެން ލިބޭ އެކްސްޕީރިއަންސުގައި އެއްވެސް އުނިކަމެއް ފާހަގަކޮށްފައެއްނުވެއެވެ.
މިފަދައެހެން ބޮޑެތި ޕްރޮސެސިންގ ސިސްޓަމުތަކާއި ހިލާފަށް، އޭއައި ބޭނުންކޮށްފައި ނުވާކަން ފާހަގަކޮށްލާފައިވެއެވެ. އެހެންވީމާ މި ޑިސްޕްލޭތައް މަސައްކަތްކުރަނީ ކިހިނެއްތޯ؟
ހުރިހާ ޑިސްޕްލޭ ޕެނަލްތަކެއް ސިންކްރޮނައިޒްކުރުމަށްޓަކައި އެންވީޑިއާއިން އަމިއްލަޔަށް ފަރުމާކޮށްފައިވާ ހާއްސަ ސޮފްޓްވެއާ އާއި ހާޑްވެއާ ބޭނުންކޮށްފައިވެއެވެ. މި ސޮފްޓްވެއާގެ އެހީގައި ޖިޓަރ ނައްތާލައި ލެޓެންސީވެސް އޮޕްޓިމައިޒް ކުށްފައިވެއެވެ. އެންވީޑިއާ ރިވަރމެކްސް ސޮފްޓްވެއާ އެންވީޑިއާ ބްލޫފީލްޑް ޑީޕީޔޫއާއި އެންވީޑިއާ ކަނެކްޓްއެކްސް-6 ޑީއެކްސް އެންއައިސީގެ އެހީގައި މީޑިއާ ސްޓްރީމިން ކުރެވޭއިރު، އެންވީޑިއާ ޑީއޯސީއޭ ފަޔަރފްލައި ސާވިސްގެ އެހީގައި ވިއުގައިގެ ގަޑިތައް ވަރަށް އެކިއުރެޓުކޮށް ސިންކްރޮނައިޒްކުރެވިގެންދެއެވެ.
ވަގުތުންނޫންކޮށް ދައްކާ ޑިސްޕްލޭތްކަށް އެމީހުން ކެލިފޯނިއާގައި ހުންނަ ސްފީއާ ސްޓޫޑިއޯސް ފެސިލިޓީގައި ކޮންޓެންޓް އުފައްދައި ވަގުތުން ސްޓްރީމް ކުރެއެވެ. މީގެ ޕާފޯމަންސް ވަރަށް ރަނގަޅެވެ. ސިކުންތަކަށް 60 ފްރޭމްގައި 16K ރިޒޮލިއުޝަންގެ ތިން ލޭޔަރ ފޯރުކޮށްދެވޭނެއެވެ.
ނަމަވެސް މިތަނާބެހޭ ބައެއް ފާޑުކިޔުންތަކެއްވެއެވެ. މި ގޮތުން ސްކްރީން ކިތަންމެ އަޖައިބުވަނިވީކަމުގައި ވިޔަސް ، މިތަނުން ޝޯތައް ބެލުމުގެ ތަޖުރިބާ އެހާބޮޑަކަށް ފާހަގައެއްނުކުރެވެއެވެ. މީގެ އިތުރުން، މިތަން ދިއްލުމަށް އެންމެބޮޑުވެގެން 45,000W ހަކަތަ ބޭނުކުރެވިދާނެކަން ފާހަގަކޮށްފައިވެއެވެ. މީގެން ތިމާވަށްޓަށް ކުރާނެ ގެއްލުން ކުޑަކުރުމަށްޓަކައި މިތަނުގައި ބޭނުންކުރާ ހަކަތައިގެ %70 އިންސައްތަ ހަކަތަ ސޯލާއިން ނަގަން ނިންމާފައިވެއެވެ.
ސްފިޔަރއަކީ އަޅުގަނޑުމެންނަށް ޓެކްނޮލޮޖީގެ އެހީގައި ހާސިލްކުރެވިދާނެ ކަންތަކުގެ ނަމޫނާއެކެވެ. ނިސްބަތުން ބަލާއިރު މަދު ރިސޯސްތަކުން ބޮޑެތި ނަތީޖާ ހާސިލްކޮށްފައިވީއިރު، މިއީ ނިކަން ގިނަ ރިސޯސްތަކާއި ހަކަތަ ބޭނުންކޮށްފައިވާ އެއްޗެކެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.