އާދައިގެ އެޑިޓިން ވަސީލަތްތަކާއެކު ފޮޓޯ އާއި ވީޑިއޯތައް އެޑިޓްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އެޑޯބީ ކުންފުނިން ފޯރުކޮށްދޭ އަގުހެޔޮ ފޮޓޯ އަދި ވީޑިއޯ އެޑިޓިން ސޮފްޓްވެއާ، ފޮޓޯޝޮޕް އެލިމެންޓްސް އަދި ޕްރިމިއާ އެލިމެންޓްސްގެ 2025 ވާޝަން އެޑޯބީ އިން ތައާރަފްކޮށްފި އެވެ.
ފޮޓޯޝޮޕް އެލިމެންޓްސް 2025 ގައި އެޑިޓިން ކުރިއަށްވުރެ އަވަސް ކުރުމަށް ޓަކައި އާ އޭއައި ޕަވާޑް ޓޫލްތަކެއް ހިމަނާފައިވެ އެވެ. މިގޮތުން ރިމޫވް ޓޫލްއެއް ހިމަނާފައިވާއިރު، ބްރަޝް އަކުން ރިމޫވް ކުރާނެ ސަރަހައްދެއް ފޮޓޯގައި ސިލެކްޓް ކުރެވޭނެ ކަމަށާއި އޭގެ އިތުރުން އޮބްޖެކްޓް ރިމޫވަލް ގައިޑެޑް އެޑިޓެއް ވެސް ހިމެނެއެވެ. މީގެ އިތުރުން އޮޓޮމެޓިކް ސިލެކްޝަން ޓޫލްސް ތަކާއެކު އެތަކެތި ސެލެކްޓްކޮށްގެން އާ ކުލައެއް އިޚްތިޔާރުކޮށްގެން ތަސްވީރެއްގައި ހުންނަ އެއްޗެހީގެ ކުލަ ބަދަލުކުރުމުގެ ފުރުސަތު ވެސް މި ޓޫލްގެ އެހީގައި ހިމަނާފައިވެއެވެ.
އާ ޑެޕްތް ބްލަރ ފިލްޓަރަކުން ފީލްޑް އިފެކްޓްގެ ޑެޕްތް ކޮޕީކޮށް ފޮޓޯތަކަށް ބްލަރ އިތުރުކޮށް، ބްލަރ ސްޓްރެންތް، ފޯކަލް ޑިސްޓެންސް އަދި ފޯކަލް ރޭންޖް އެޑްޖަސްޓް ކުރުމަށް ބޭނުންވާ ކޮންޓްރޯލްތައް އެކުލެވިގެންވެއެވެ. އެއީ ތަސްވީރެއްގެ ފޯކަސް ބަދަލުކުރުމަށް ވަރަށް ފަސޭހަ ގޮތެކެވެ.
ކޮމްބައިން ފޮޓޯތަކުގައި ގައިޑެޑް އެޑިޓެއް ހިމެނިފައިވާއިރު، އެއް ފޮޓޯއިން ސަބްޖެކްޓް ބްލޭންޑްކޮށް އަނެއް ފޮޓޯއިން ބެކްގްރައުންޑް ބްލޭންޑްކޮށްގެން މުޅިން އާ ފޮޓޯއެއް އުފައްދާލެވެއެވެ.
އާ ފީޗާތަކުގެ ތެރޭގައި ޓެކްސްޗާޑް ފޮޓޯ ބެކްގްރައުންޑާއި ގްރެފިކްސްގެ އޮޕްޝަންތަކާއި ކެމެރާ މޯޝަން، އެނިމޭޓެޑް ސްޕާކަލްސް ނުވަތަ އެނިމޭޓެޑް ފްރޭމް ފަދަ އިފެކްޓްސް އެޑް ކުރުމަށް ވަން ކްލިކް އޮޕްޝަނެއް ހިމެނެ އެވެ.
ޕްރިމިއާ އެލިމެންޓްސް 2025 ގައި ވީޑިއޯތަކަށް އާ ފީޗާތަކެއް ހިމަނާފައިވެ އެވެ. ވިލާތަކާއި ސްނޯ އަދި އެފަދަ ހުދު އެލިމެންޓުތައް ފެންނަގޮތް އެޑްޖަސްޓް ކުރުމަށް އާ ވައިޓް ބެލެންސް ޓޫލެއް ވެސް ހިމަނާފައިވެއެވެ.
ޓެކްސްޓް އެލައިންމަންޓާއި ސައިޒާއި ކުލަ އާއި ސްޕޭސިންގެ މައްޗަށް އިތުރު ކޮންޓްރޯލެއް އޮންނަ ޑައިނަމިކް ޓައިޓަލްތަކަށް އިތުރު ޓެމްޕްލެޓްތައް ހިމަނާފައިވެއެވެ. ކުލަ ޓްވިކް ކުރުމަށް ޕްރީސެޓް އެލްޔޫޓީތައް ހުންނައިރު ސިމްޕްލިފައިޑް ޓައިމްލައިނަކުން އެޑިޓިން އަވަސްކޮށްދެ އެވެ.
ފޮޓޯޝޮޕާއި ޕްރިމިއާ އެލެމެންޓްސް ގައިވެސް އެމް3 ޗިޕް ހިމެނޭ މެކްތަކަށް އެންހޭންސްމަންޓްތަކެއް ހުރުމުން އާ އެމް3 މެޝިންތަކުގައި މި ސޮފްޓްވެއާ ވަރަށް ސްޕީޑް އަވަސްވާނެކަމަށް އެޑޯބީއިން ބުނެއެވެ.
ފޮޓޯޝޮޕާއި ޕްރިމިއާ އެލިމެންޓްސްގެގެ އަގުތައް ވަކިވަކިން 100 ޑޮލަރަށް ހުރިއިރު ބަންޑަލް އެއް ލިބެން ހުރީ 150 ޑޮލަރަށެވެ. އިތުރު މައުލޫމާތު އެޑޯބީ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.