ރާއްޖޭގެ އާރޓިފިޝަލް އިންޓެލިޖެންސް ފޯރަމްގެ އުސްއަލިތައް

ސައިބަރޓެގް 03 ނޮވެމްބަރު 2024

28 އޮކްޓޫބަރ 2024 ގައި ބޭއްވުނު މޯލްޑިވްސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފޯރަމް އަކީ ދެމެހެއްޓެނިވި ތަރައްގީއާއި އިގްތިސާދީ ތަފާތުކުރުމުގެ ޑްރައިވަރެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން ކުރަމުންދާ ދަތުރުގައި އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ފޯރަމްގައި ސަރުކާރާއި، އިންޑަސްޓްރީއާއި، ތަޢުލީމީ ދާއިރާއާއި، މަދަނީ ޖަމްޢިއްޔާތަކުގެ އިސް ފަރާތްތައް އެއްތަނަކަށް އެއްތަނަކަށް ގެނެސް، މަޝްވަރާތަކާއި، މި ދާއިރާގެ އުފެއްދުންތައް ވަނީ ދައްކާލާފައެވެ.

މި ފޯރަމްގައި، އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ އޭ.އައި އަދި ޔޫ.އެން.ޑީ.ޕީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އެންރީކޯ ގަވޭލިއާ ދެއްކެވި ވާހަކަފުޅުގައި، ޑިޖިޓަލް ސޮލިއުޝަންތައް ކުރިއެރުވުމުގައި އޭ.އައި.ގެ ދައުރު ފާހަގަކުރެއްވިއެވެ. "އޭއައި އަކީ ޔޫއެން/ޔޫއެންޑީޕީގެ ސްޓްރެޓެޖީގެ މައިގަނޑު ސިޔާސަތަކީ އިންކްލޫސިވް އަދި ހަމަހަމަ ޑިޖިޓަލް ސޮލިއުޝަންތައް ކުރިއެރުވުމެވެ. އޭއައި އިން ހިންގާ ޕްރޮޖެކްޓްތަކަށް އެއްބާރުލުންދީ، ޑޭޓާ އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް، އަޅުގަނޑުމެންގެ އަމާޒަކީ އޭއައި އަކީ ކުރިއެރުމަށް ޒިންމާދާރު ބާރެއްގެ ގޮތުގައި މަސައްކަތް ކުރުން." ކަމުގައި ގަވޭލިއާ ހާމަކުރެއްވިއެވެ.

މި ފޯރަމްގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙަންމަދު ނާސިޙް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޖިއޮގްރަފިކަލް ޑިސްޕްރެޝަން، ކްލައިމެޓް ވަލްނަރަބިލިޓީ އަދި އިޤްތިޞާދީ ގޮތުން ފަތުރުވެރިކަމަށް ބަރޯސާވުން ފަދަ ތަފާތު ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި އޭ.އައި.ގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އޮކްސިކާގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިސްމާޢީލް ކަލީމް ދެއްކެވި ވާހަކަފުޅުގައި، އޭ.އައި.ގެ ސަބަބުން ޤައުމީ ކުރިއެރުމަށް ކުރިމަތިވަމުންދާ ފުރުޞަތުތަކާއި ގޮންޖެހުންތައް ފާހަގަކުރައްވައި، ސައިބަރ ސެކިއުރިޓީގެ ހަރުދަނާ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރ އަލްފާޟިލް ޢަލީ ރިޔާޒް ގެ ކީނޯޓްގައި، އޭއައިގެ ވިޔަފާރީގެ އެޕްލިކޭޝަންތައް އިތުރަށް ބައްލަވާލައްވަމުން، އޭއައި ސިސްޓަމްތަކަށް އިތުބާރު ކުރުމާއި ޒިންމާދާރުކަން އިތުރުކުރުމަށް ރެގިއުލޭޓަރީ ފްރޭމްވޯކްތައް މެދުވެރިކޮށް ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

ޔުނެސްކޯ ނިއު ދިއްލީ ރީޖަނަލް އޮފީސް ފޯ ސައުތު އޭޝިއާގެ ޗީފް އެންޑް ޕްރޮގްރާމް ސްޕެޝަލިސްޓް އޮފް ސޯޝަލް އެންޑް ހިއުމަން ސައިންސަސް - ޔުންސޮންގް ކިމް އިސްވެ ހުންނަވައިގެން ކުރިއަށް ގެންދިޔަ ކީނޯޓް ސެޝަނެއްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އެތިކްސް އާއި ޒިންމާދާރު އޭއައިގެ މައްޗަށެވެ. މީގެ އިތުރުން، ޔުނެސްކޯއިން ރާއްޖޭގެ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއި ގުޅިގެން، އެތިކަލް އޭއައި ޑިޕްލޮއިމަންޓަށް އެހީތެރިވުމުގެ ގޮތުން އޭއައި ރެޑިނެސް އެސެސްމަންޓް މެތަޑޯލޮޖީ (ރޭމް)ގެ ފުރަތަމަ ނޭޝަނަލް ސްޓިއަރިންގ ކޮމިޓީ ބައްދަލުވުން މާލޭގައި ބޭއްވުމާ ބެހޭގޮތުންވެސް ކިމް ވަނީ މަޝްވަރާކުރައްވާފައެވެ.

އެމެރިކާގެ ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް އެޖެންސީގެ ސީނިއަރ ރީޖަނަލް ރެޕްރެޒެންޓޭޓިވް-ސައުތު އޭޝިއާ މިސް މެހެނާޒް އަންސާރީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ހަލުވިކުރުމަށް ޓަކައި ހިލޭ އެހީ ފޯރުކޮށްދިނުމާއި، ޕާޓްނަރޝިޕްތައް އުފައްދައި، ޕްރައިވެޓް ސެކްޓަރ އަދި އެންޖީއޯ ކުރިއެރުމަށް އެހީތެރިވުމުގައި ޔޫ.އެސް.ޓީ.ޑީ.އޭ.ގެ ދައުރަށް އަލިއަޅުއްވާލެއްވިއެވެ.

އިނޮވޭޝަން ޝޯކޭސް: ޕްރެކްޓިކަލް ސޮލިއުޝަންތަކަށް އޭއައި ބާރުވެރިކުރުން

މި ފޯރަމްގެ އެންމެ ހާއްސަ އެއް ކަމަކީ އިނޮވޭޝަން ޝޯކޭސް ސެގްމަންޓުގައި ރާއްޖޭގެ އިތުރުން ބައިނަލްއަގްވާމީ ބޮޑެތި ޖަމިއްޔާތަކުން ނުވަ ޕްރެޒެންޓޭޝަނެއް ހުށަހަޅައި، މި ހަރަކާތުގެ ޝިއާރާ އެއްގޮތަށް ޒަމާނީ އޭއައި ޕްރޮޑަކްޓްތައް ދައްކާލުމެވެ.

• ސެންޓިނެލްވަން: ސައިބަރ ސެކިއުރިޓީ ބެލެހެއްޓުމުގައި ލޮގްތައް ބެލެހެއްޓުމާއި ސާރޗް އަދި ރެސްޕޮންސް ޓައިމް ހަލުވިކުރާ ޚާއްސަ އޭއައި ސާރވިސް ޕާޕަލްއޭއައި ޕްރޮޑަކްޓްގެ ފީޗަރތައް.

•އެސްޓީއޯ: ރީޓެއިލް ތަޖުރިބާ އިތުރުކޮށް ކަސްޓަމަރުންގެ ބައިވެރިވުން ސްޓްރީމްލައިން ކުރުމަށް އޭއައި ބޭނުންކުރުމުގައި އިސްނަގައިގެން ގެންދާ ސްމާރޓްޝޮޕް

• ސިނެޓެކްސް: ރާއްޖޭގައި އޭއައި ކުންފުނިން އެމީހުންގެ ދިވެހި ބަހަށް ޚާއްސަ އީޖާދީ ޕްރޮޑަކްޓް ކަމުގައިވާ ސިންވަން، ދިވެހިޓޭލްސް އަދި Thaana.AI ގެ މަސައްކަތްތައް

• ލޮޓީފައިލްސް:އެނިމޭޝަން ވޯކްފްލޯތައް ފަސޭހަކޮށްދީ، އިތުރުކޮށްދޭ ޖެނެރޭޓިވް އޭއައި ޓޫލެއް، ޑިޒައިނަރުންނަށް ރިޕީޓޭޓިވް ޓާސްކްތައް އޮޓޮމޭޓްކޮށް އުފެއްދުންތެރިކަމަށް ފޯކަސް ކުރުމުގެ ބާރު ލިބިދޭ މޯޝަން ކޯޕައިލޮޓް.

• ޖަވާބު: ކަމަނަ ޗެޓްބޮޓާއި ދިވެހިޖީޕީޓީއިން ފެށިގެން ކުރީގެ ކުރިއެރުންތަކާ ހަމައަށް އޭއައި ސްޕެކްޓްރަމްގައި ހިމެނޭ ޕްރޮޑަކްޓްތައް ތައާރަފްކޮށް، އޭއައި ޕަވާޑް އެކި ކޮމިއުނިކޭޝަން ޓޫލްސް

• މައިކްރޮސޮފްޓް ކޮޕައިލެޓް: އެޑްވާންސްޑް ލެންގުއޭޖް މޮޑެލް ފަންކްޝަނަލިޓީ ބޭނުންކޮށްގެން މައިކްރޮސޮފްޓް 365 ގްރާފްގެ ޑޭޓާ ބޭނުންކުރާ ފަރާތްތަކަށް އެކްސެސް ކުރެވޭނެ ގޮތް.

• ޔޫއައި ޕާތު: އީ-ގާޑިއަން ޓީމުން ވަނީ ރޮބޮޓިކް ޕްރޮސެސް އޮޓޮމޭޝަން އަދި އިންޓެލިޖެންޓް ޕްރޮސެސް އޮޓޮމޭޝަން ފަދަ ކޮމްޕްރެހެންސިވް އޮޓޮމޭޝަން ސޮލިއުޝަންތައް.

އެފް5: ތަފާތު އާކިޓެކްޗަރތަކުގައި އެއްވެސް އެޕްލިކޭޝަނެއް ނުވަތަ އޭޕީއައިއެއް ރައްކާތެރިކޮށް، ޑެލިވަރީކޮށް، އޮޕްޓިމައިޒްކޮށް، ގިނަ މާހައުލުތަކެއްގައި އޭއައި ޑިޕްލޮއިމަންޓްތަކުގައި އޮޕަރޭޝަނަލް އެފިޝިއެންސީ އާއި ސެކިއުރިޓީ އިތުރުކޮށްދޭ ސޮލިއުޝަންތައް.

ޕެނަލް ޑިސްކަޝަން: ރާއްޖޭގެ މުސްތަގުބަލުގައި އޭއައިގެ ދައުރު ދެނެގަތުން

މޯލްޑިވްސް އޭއައި ފޯރަމް 2024 ގައި ތިން ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު، ކޮންމެ ޑިސްކަޝަނެއްގައި ވެސް މައިގަނޑު މައުޟޫތަކަށް އަލިއަޅުވާލާފައިވެއެވެ.

ޕެނަލް 1: "ސަން، ސޭންޑް، ސީ އެންޑް ސިލިކަން: ރާއްޖޭގެ އިގްތިސާދީ މުސްތަގުބަލު ބައްޓަން ކުރުމުގައި އޭއައިގެ ދައުރު"

މި ސެޝަންގައި ޕެނަލިސްޓުން ވަނީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އޭއައިގެ ޓްރާންސްފޯމޭޓިވް ޕޮޓެންޝަލް ދެނެގަނެފަ އެވެ. ހަސަން ޒަޔާން އައްޒާމް މޮޑެރޭޓް ކުރެއްވި މި ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ޑެޕިއުޓީ މިނިސްޓަރު ޑރ އައިޝަތު ޝަހުދާ އަބްދުالله އެވެ. ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވެލިއާ. ޓްރޭޑްނެޓްގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު. އަދި ސްޕާކްހަބްގެ ސީއޯއޯ އަދި ވިމެން އިން ޓެކްގެ ކޯ ފައުންޑަރ އައިޝަތު އަދުނާން ވަނީ ރާއްޖޭގެ ސިނާއަތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، މުސްތަގުބަލަށް ތައްޔާރުވެފައިވާ ޑިޖިޓަލް އަދި އިގްތިސާދީ ހަބެއްގެ ގޮތުގައި އޭއައިގެ ދަރަޖަ މަތިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޕެނަލް 2: "ޝީލްޑްސް، ސިގްނަލްސް، ސޭފްގާޑްސް އެންޑް އޭއައި: ފޯޓިފައިން ދަ މޯލްޑިވްސް ޑިޖިޓަލް ޑިފެންސް"

މި މަޝްވަރާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރާއްޖޭގައި ރެޒިލިއަންޓް ޑިޖިޓަލް ލޭންޑްސްކޭޕެއް ބިނާކުރުމާ ބެހޭގޮތުންނެވެ. މުހައްމަދު ލީވާން މޮޑަރޭޓް ކުރެއްވި މި ޕެނަލްގައި އެސްޓީއޯގެ ސީޓީއޯ އިސްމާއިލް މިފްރާހާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑް އޮފް ސައިބަރ ކްރައިމް މުހައްމަދު ސަމީހު އަދި ވިމެން އިން ޓެކްގެ ރައީސާ ނަހްޒާ އިބްރާހިމް ހިމެނޭ ގޮތަށް ސަރުކާރު، ވިޔަފާރި، އެންފޯސްމަންޓް އަދި މަދަނީ ޖަމިއްޔާތަކުގެ ތަޖުރިބާކާރުން އެއްތަނަކަށް ގެނެސްފައިވެ އެވެ.

ޕެނަލް 3: "އެކްސެސް، އެބިލިޓީ، އެޑްވޮކަސީ އަދި އޭއައި: ހުރިހާ ދިވެހިންނަށް ޑިޖިޓަލް އިންކްލޫޝަން ކަށަވަރުކުރުން"

ޑިޖިޓަލް އިންކްލޫޝަން އާއި އޭއައި އަށް ހަމަހަމަ ކަމާއެކު ވަނުމުގެ މުހިންމުކަމާ ބެހޭ ގޮތުން ޕެނަލިސްޓުން ވާހަކަ ދެއްކިއެވެ. ޕީޕްގެ ނަމުން މަޝްހޫރުވެފައިވާ އަހުމަދު މުހައްމަދު ދީދީ މޮޑަރޭޓް ކުރެއްވި މި ޑިސްކަޝަންގައި އެޗްޑީސީގެ ހަސަން މަހީދު މުހައްމަދާއި ވިމެން އިން ޓެކްގެ ޝަހުޒާ ކަރީމް އާއި ތައުލީމީ ދާއިރާގެ ނާއިލް އަބްދުއްރަހްމާންގެ އިތުރުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޑރ. ޕެނަލިސްޓުން ވަނީ ޑިޖިޓަލް ޑިވައިޑް ނައްތާލައި އެކްސެސް ޕްރޮމޯޓް ކުރުމަށް އޭއައި ބޭނުންކުރުމާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށް، އޭއައި ގެ ޒަރިއްޔާއިން ލިބޭ ކުރިއެރުމަކީ ހުރިހާ ދިވެހިންނަށް ވެސް ލިބޭނެ ކުރިއެރުމެއްކަން ކަށަވަރު ކޮށްދީފަ އެވެ.

މި ސެޝަންތަކުގައި ރާއްޖޭގެ މުސްތަގުބަލު އެންމެންނަށްވެސް ބައިވެރިވޭވެނެ ގޮތަށް ޑިޖިޓަލައިޒްކުރުމާއި، އަމާން އަދި އިގްތިސާދީ ގޮތުން ހަރުދަނާ މުސްތަގުބަލެއް ބިނާކުރުމުގައި އޭއައިގެ ދައުރާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.

މި ފޯރަމްގައި ސަރުކާރާއި އިންޑަސްޓްރީ އާއި މަދަނީ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ ތަރައްގީގެ ބައިވެރިން ތަމްސީލުކުރާ 20 އަށް ވުރެ ގިނަ ޖަމިއްޔާއަކުން 28 ސްޕީކަރުންނާއި އިނޮވޭޓަރުން ވަނީ ބައިވެރިވެފަ އެވެ. މި ބައްދަލުވުމުގައި އެކި ސިނާއަތްތަކާއި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން 100 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ.

މޯލްޑިވްސް އޭއައި ފޯރަމަކީ ކޮންމެ އަހަރަކު ވެސް އިވެންޓްތައް ބާއްވާ މަލްޓި ސްޓޭކްހޯލްޑަރ ޕްލެޓްފޯމެކެވެ. "ބިލްޑިންގ ނޭޝަނަލް ރެޒިލިއަންސް ތްރޫ އޭއައި" މި ޝިއާރުގެ ދަށުން ރާއްޖެއަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމަށް އޭއައިގެ ބޭނުން ހިފުމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ގެނައުމަށާއި، އިޤްތިޞާދީ ކުރިއެރުމަށް ޓަކައި، އޭ.އައި.ގެ ޓްރާންސްފޯމޭޓިވް ޕަވަރގެ ބޭނުން ހިފުމެވެ.

ކަމާއި ގުޅުންހުރި ފަރާތްތައް އެއްތަނަކަށް ގެނެސް، އޭއައިގެ ފައިދާ، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ތަނަވަސްކަމާއި ދުޅަހެޔޮކަމަށްޓަކައި ހަމަހަމަކަމާއެކު ބަހާލެވޭގޮތަށް، އަދި އޭއައިގެ ފައިދާ ތައް ހަމަހަމަކަމާއެކު ބެހިގެންދާކަން ކަށަވަރުކޮށް، އޭއައިގެ އެހީގައި އުފެއްދުންތައް އުފެއްދުމުގައި ސަރަޙައްދީ ލީޑަރެއްގެ ގޮތުގައި ރާއްޖެ ހިމެނުމުގެ މުހިންމުކަމަށް މި ފޯރަމްގައި މަޝްވަރާކުރެވުނެވެ.

މޯލްޑިވްސް އޭއައި ފޯރަމަކީ ރާއްޖޭގެ ސައިބަރ ސެކިއުރިޓީއާއި އީޖާދު ކުުރުމާއި އޭއައި ކުރިއެރުވުމަށް މަސައްކަތްކުރާ ކުންފުނި އޮކްސިކާއިން އިސްނަގައިގެން ބާއްވާ ފޯރަމެކެވެ. މި އަހަރުގެ ހަރަކާތަކީ ރޯޒްވެއާ ކޯޕަރޭޝަނާއި މޯލްޑިވްސް އިސްލާމިކް ބޭންކް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.


ސައިބަރޓެގް

ސައިބަރޓެގް

ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.