އެޕްނިކް ފައުންޑޭޝަންގެ ޑިޖިޓަލް ލީޕް ސައުތު އޭޝިޔާ 2025 ޕްރޮގްރާމްގެ ދަށުން، ސައުތު އޭޝިޔާ ސަރަހައްދުގެ ބައެއް ގައުމުތަކަށް، ޓެކްނިކަލް ތަމްރީން ހޯދުމަށާއި އިޖުތިމާއީ ޕްރޮގްރާމްތައް ހިންގުމުގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ. މިފުރުސަތު ހުޅުވާލީ ދިވެހިރާއްޖެ، އަފްގާނިސްތާނު އަދި ޕާކިސްތާނަށެވެ.
އެޕްނިކް ފައުންޑޭޝަނުގެ ބްލޮގްގައި ހާމަކޮށްފައިވާ ގޮތުން މިޕްރޮގްރާމްގެ މަގުސަދަކީ މިގައުމުތަކުގެ ޑިޖިޓަލް ކެޕޭސިޓީއާއި ޑިޖިޓަލް ގާބިލުކަން ހަރުދަނާ ކުރުމެވެ. އަދި މިގައުމުތަކުގައި އިންޓަނެޓް ތަރައްގީކުރުމާއި، އިންޓަނެޓް އޮޕަރޭޝަންސް، ސެކިޔުރިޓީ އަދި އިންޓަރނެޓާއި ގުޅިންހުރި ޕޮލިސީ އަދި ރެގިއުލޭޓަރީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނާއި މެންޓަރޝިޕް އަދި އިޖުތިމާއީ ޕްްރޮގްރާމްތައް ހިންގުމަށް އެހީތެރިވުމެވެ.
އެޕްނިކް ފައުންޑޭޝަނަކީ އޭޝިޔާ ޕެސިފިކް ނެޓްވޯކް އިންފޮމޭޝަން ސެންޓަރ (އެޕްނިކް)އިން އުފައްދާފައިވާ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ހަރުދަނާ އަދި ރައްކާތެރި އިންޓަނެޓެއް ތަރައްގީ ކުރުމަށް މަސައްކަތްކުރާ ނޮން-ޕްރޮފިޓް ޖަމިއްޔާއެކެވެ. މިފައުންޑޭޝަނުން މިސަރަހައްދުގައި އިންޓަނެޓްގެ އިންފްރާސްޓްރަކްޗާރ ހަރުދަނާކުރުމާއި، މިދާއިރާއިން ޓެކްނިކަލް ކެޕޭސިޓީ ބިނާކުރުމާއި، ގިނަ ފަރާތްތައް ބައިވެރިވެވޭ ގޮތަށް އިންޓަރނެޓްގެ އެކިއެކި ހިދުމަތްތައް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވެދެއެވެ. މިފައުންޑޭޝަނުން މިފަދަ މަސައްކަތްތައް ކުރުމަށް ޓްރެއިންގ، ގްރާންޓް އަދި އެކި ޕްރޮޖެކްޓް ހިންގުމަށް އެހީ ފޯރުކޮށްދެއެވެ.
އެޕްނިކް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޑިޖިޓަލް ލީޕް ސައުތު އޭޝިއާ 2025 ޕްރޮގްރާމަކީ ދެކުނު އޭޝިއާ ގައުމުތަކުގެ ފަރުދުންނާއި ޖަމިއްޔާތައް ބާރުވެރިކުރުމުގެ މަގުސަދުގައި ހިންގާ ސަރަހައްދީ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި ކުރިއަށް ދާނީ ފަރުދުންގެ އަދި މުޖްތަމައުގެ ލެވެލްގައި ގައުމުތަކުގެ ޑިޖިޓަލް ނެޓްވޯކްތަކާއި ޑިޖިޓަލް މުޖުތަމައު ކުރިއަރުވާނެ އެކިއެކި ކަންތަކެވެ. އޭގެ ތެރޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ހިންގޭ ތައުލީމާއި ތަމްރީނު ދިނުމުގެ ޕްރޮގްރާމްތަކާއި، އެކިއެކި ޖަމިއްޔާތަކުން ގުޅިގެން ކުރިއަށް ގެންދާ މެންޓަރޝިޕް އަދި މުޖުތަމައު ކުރިއަރުވާނޭ އެކި ޕްރޮގްރާމްތަކާއި މައުލޫމާތު ހިއްސާކުރުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.
މި ޕްރޮގްރާމަކީ ޑިޖިޓަލް، ނެޓްވޯކިންގ، ނުވަތަ ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ފަރުދުންގެ ކުރިއެރުމަށް ނުވަތަ ޖަމިއްޔާތަކުން މުޖުތަމައު ކުރިއަރުވަން ހިންގާ ޓެކްނޮލޮޖީ ޕްރޮޖެކްޓްތަކުގައި ބައިވެރިވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވަރަށް ރަނގަޅު ފުރުސަތެކެވެ. މީގެ އިތުރުން ޑިޖިޓަލް ލިޓްރަސީ އިތުރުކުރުމުގެ އެކި މަސައްކަތްތަކާއި ރާއްޖޭގައި ކުރާ ޑިޖިޓަލް އީޖާދީ މަސައްކަތްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް އެޕްލައި ކުރެވޭނެއެވެ.
މިޕްރޮގްރާމްގެ ދަށުން ތިރީގައިވާ ކެޓަގަރީތަކުން ބޭނުންވާ ފުރުސަތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅެން އެބަހުރިއެވެ. ތިރީގައި ފާހަގަކުރެވިފައިވާ ކެޓަގަރީތަކުގެ އިތުރުންވެސް އެޕްލައި ކުރާ ފަރާތްތަކުން ބޭނުންވާ މިކަމާއި ގުޅުންހުރި އެހެން ކަންތައްތައް ހުށަހެޅުމުގެ ފުރުސަތު ލިބެއެވެ.
ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުސަތު
މީގެ ތެރޭގައި ގުޅުންހުރި ދާއިރާއަކުން
- ޕްރޮފެޝަނަލް ސަރޓިފިކޭޝަން ހޯދުމުގެ ފުރުސަތު
- ޓްރެއިނިންގ ހޯދުމުގެ ފުރުސަތު
- ވޯކްޝޮޕް، ވެބިނަރ ފަދަ އިވެންޓްތަކުގައި ބައިވެރިވުން
- ޕްރޮފެޝަނަލް ބޮޑީގައި ރަޖިސްޓްރީވުމުގެ ފުރުސަތު
ދިރާސާ ކުރުމުގެ ފުރުސަތު
މީގެ ތެރޭގައި މިކަމާއި ގުޅުންހުރި ދާއިރާއަކުން ދިރާސާ ކުރުމަށް ބޭނުންވާ އެހީ ފޯރުކޮށްދިނުން ހިމެނެއެވެ.
މުޖުތަމައު ކުރިއެރުވުމުގެ ފުރުސަތު
- މިދާއިރާއިން މުޖުތަމައު ކުރިއެރުވުމުގެ އައު މަސައްކަތްތައް ފެށުމަށް އެހީ ދިނުން
- މިދާއިރާއިން މުޖުތަމައު ކުރިއެރުވުމުގެ ގޮތުން މިހާރު ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އެހީ ދިނުން
ދިވެހިރާއްޖެ ފަދަ ޓެކްނޮލޮޖީ ދާއިރާއިން ހަލުވިކޮށް ކުރިއަރައިގެން އަންނަ ގައުމަކަށް މިއީ ވަރަށް ފައިދާ ހުރި ފުރުސަތެކެވެ. ދިވެހިންގެ ހުނަރު އިތުރުކުރުމަށާއި، މިދާއިރާގެ ތަޖުރިބާކާރުންނާއި ގުޅިގެން މަސައްކަތްކުރުމާއި، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރެވޭނެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ހުޅުވިގެންދާ ފުރުސަތެކެވެ.
އެޕްނިކް ވެބްސައިޓްގައިވާ ލިންކުން ބޭނުންވާ ފަރާތްތަކަށް އެކްސްޕްރެޝަންސް އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 20 ޖެނުއަރީ 2025 އެވެ. ލިންކު ބޭނުންކޮށްގެން، ކަނޑައެޅިފައިވާ ފޯމެއް ފުރިހަމަކުރަންޖެހެއެވެ. ފޯމު ހުށަހެޅުމުން އެޕްނިކް ފައުންޑޭޝަނުން އެޕްލިކޭޝަންތައް ދިރާސާކޮށް ފުރުސަތު ލިބޭނެ ފަރާތްތައް ހޮވާލާނެއެވެ.
އެޕްލައި ކުރުމަށާއި އަދި އިތުރު މައުލޫމާތު ހޯދުމަށް މިލިންކު ބޭނުން ކުރައްވާށެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް