އޯވަރިއަންވެކްސްއިން އޯވަރިއަން ކެންސަރު ހުއްޓުވުމަށް މަގެއް

އަޝްނާ ރަޝީދު 02 ފެބްރުއަރީ 2025

އޯވަރީގެ ކެންސަރަކީ އަންހެނުންނަށް އެންމެ ނުރަައްކާތެރި އެއް ކެންސަރުގެ ބާވަތެކެވެ. އެމެރިކާގައި މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮންމެ އަހަރަަކު މި ބަލިޖެހޭ ފަރާތްތަކުގެ ތެރެއިން ދިރިހުންނަނީ ނިސްބަތުން އެންމެ %50 ފަރާތްތަކުންނެވެ. އެގޮތުން މި ބަލި އަވަހަށް ފާހަގަކުރުމާއި ޝިފާހޯދުން ވަރަށް މުހިންމެވެ. އަންހެނުންނަށް ޖެހޭ އެންމެ އާންމު އެއް ކެންސަރު ކަމުގައި ވިޔަސް، މިވަގުތު މިކަމަށް ޤަވާއިދުންކުރެވޭ ސްކްރީން ކުރެވޭނެގޮތެއް ނެތުމުން، މި ބަލި ފާހަގަކުރެވޭލެއް ލަސްވެ، ފަރުވާ ކުރަން އުނދަގޫ މަރުހަލާތަކުގައި ޑައިގްނޯސް ކުރެވެއެވެ. ނަމަވެސް މިކަމަށް ހައްލެއް ހޯދުމަށް އިނގިރޭސިވިލާތުގެ ދިރާސާވެރިން ވަނީ ފުދޭވަރެއްގެ މަސައްކަތެއް ކުރަމުންނެވެ. އޯވަރިއަންވެކްސްގެ ނަންދެވިފައިވާ އައު ވެކްސިނަކީ މި ބަލި ޖެހުމުގެ ނުރައްކާހުރި އަންހެން ކަނބަލުންނަށް މި ބަލިން ރައްކާތެރިވުމުގެ ވަސީލަތެކެވެ.

އޯވަރިއަންވެކްސްގެ އުފެއްދުމުގައި ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ދިރާސާވެރިން އިސްސަފުގައި މަސައްކަތްކުރަމުން ދާއިރު، މި ވެކްސިން އުފެއްދުމަށް ކެންސަރ ރިސާޗް ޔޫކޭ އިން ދާދި ފަހުން ވަނީ 600،000£ ފަންޑިން ފޯރުކޮށްދީފައެވެ. މީގެން އެންމެ ކުރީކޮޅު އޯވަރިއަން ކެންސަރުގެ ހުއްޓުވުމަށް މަސައްކަތް ކުރަމުންދާނެއެވެ.

ކޮންމެ އަހަރަކު އިނގިރޭސިވިލާތުގައި ގާތްގަނޑަކަށް 7،500 ފަރާތްތަކަށް އޯވަރީ ކެންސަރު ޖެހިފައިވާކަން ފާހަގަކުރެވޭއިރު، އެމެރިކާގައިވެސް މި ބާތުގެ ކެންސަރު %1 ކެންސަރު ޕޭޝަންޓޫން ހިމެނެއެވެ. މިގޮތުން މި ބަލީގެ ސަބަބުން ނިސްބަތުން ބޮޑު އަދަދެއްގެ މީހުންނަ ކޮންމެ އަހަރަކު މަރުވެގެންދެއެވެ. މި ބާވަތް ވަކިން ޚާއްސަކޮށް ނުރައްކާތެރިވެގެންދާ އެއް ސަަބަބަކީ މި ބާވަތަކީ ކެންސަރު ބޮޑުވާ ހިސާބުންނޫނީ ގިނަފަހަރު ފާހަގަ ނުކުރެވި ދާތީއެވެ. މިކަމުގެ ސަބަބުން މި ބަޔަށް ފަރުވާ ދިނުމަށް އެތައް ގޮންޖެހުމާއި ދިމާވެއެވެ.

BRCA1 އަދި BRCA2 ޖީންތައް ވާރުތަވެފައިވާ އަންހެންނަށް މި ކެންސަރު ޖެހުމުގެ ނުރައްކާ %35 އާއި %65 ހަމައަށް ބޮޑުވެގެންދެއެވެ. މި ގޮތުން މި ފަރާތްތަކަށް މި ބާވަތުގެ ކެންސަރުޖެހުމުގެ ނުރައްކަލުން ރައްކާތެރިވުމަށްޓަކައި މިވަގުތު ފެލޯޕިއަން ޓިއުބްއާއި އޯވަރީ ނަގާލާ ޕްރިވެންޓިވް ސާޖަރީތަކެއް ކުރެވިގެންދެއެވެ. ނަމަވެސް މިކަމުގެ ސަބަބުން ދަރިން ނުލިބި އެހެން މައްސަލަައް ދިމާވެގެންދެއެވެ. އެހެންކަމުން މި ބަލިން ރައްކާތެރިވެވޭނެ އެހެން ގޮތްތަކެއް ވަރަށް ބޮޑު ބޭނުންވެގެންދެއެވެ.

އޯވަރިއަންވެކްސްގެ އަމާޒަކީ ބަލީގެ ކުރީކޮޅު ކެންސަރު ސެލްތައް ދެނެގަނެ އެ ސެލްތަކަށް ހަމަލާދިނުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ތަމްރީނުކޮށްދެއެވެ. އޮކްސްފޯޑްގެ ދިރާސާވެރިން މަސައްކަތް ކުރަމުންދަނީ އޯވަރީގެ ކެންސަރު ސެލްތަކުގެ މަތީގައި ހުންނަ ޓިއުމަރާއި ގުޅުންހުރި އެންޓިޖެން ޕްރޮޓީންތަކެއް ދެނެގަނެ އޭގެން ހަށިގަނޑުގެ ދިފާއީ ނިޒާމު މަސައްކަތްކުރެއެވެ. އޯގަނޮއިޑްސްގެ ނަން ދީފައިވާ އޯވަރީ ކެންސަރުގެ މިނީ މޮޑެލްތައް ބޭނުންކޮށްގެން އެދިރާސާވެރިން ދަނީ މި ވެކްސިން މަސައްކަތްކުރާގޮތް ދިރާސާކުރަމުން ދެއެވެ.

އޯވަރިއަންވެކްސްއަކީ ދުނިޔޭގެ އެކިއެކި ޤައުމުތަކުން އޯވަރީ ކެންސަރަށް ވެކްސިން އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އެމެރިކާގެ މެޔޯ ކްލިނިކުގެ ޑރ.މެތިއު ބްލޮކް ވެސް ދަނީ ވަކިގޮތަކަށް ފަރުމާކޮށްފައިވާ ވައިޓްބްލަޑް ސެލްސް މެދުވެރިކޮށް އޯވަރީ ކެންސަރު ބަލިމީހުންނަށް އަމާޒުކޮށްގެން ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން އިޓަލީގެ ކުންފުންޏެއް ކަމަށްވާ ޓައިކިސްގެ TK-001 ވެކްސިންއިން ފަރުވާދޭ ކެންސަރުތަކުގެ ތެރޭގައި އޯވަރިއަން ކެންސަރުވެސް ހިމެނެއެވެ. މިފަދަ އެތަކެއް ވެކްސިންތަކެއް އުފެއްދުމަށް މަސައްކަތްކުރަމުން ދާއިރު އޯވަރިއަންވެކްސް ފާހަގަ ކުރެވެނީ އޯވަރިއަން ކެންސަރަށް ހާސަކޮށް، މި ބަލީގެ ކުރީކޮޅުގައި ދިފާއުކުރެވޭނެ ނިޒާމަކަށް މަސައްކަތްކުރަމުންދާ ކަމެވެ.



އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.