ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އެންޑް ސައިންސް އޮފް ޗައިނާގެ ދިރާާސާވެރިންވަނީ ދާދިފަހުން ޑޮކްޓަރަށް ދެއްކުން ފަސޭހަކުރާ އައު އައު އީޖާދީއެއް ތައާރަފުކޮށްފއެވެ. އިންސާނެއްގެ އިނގިއްޔަކާ ދާދި އެއްގޮތް މި ރޮބޮޓިކް އިނގިލީގެ ސަބަބުން ގަވައިދުންކުރަންޖެހޭ މެޑިކަލް އިމްތިހާނުތައް ކުރިއަށް ގެންދާ ގޮތަށް ބަދަލުތަކެއް ގެނުވައިދޭނެއެވެ. މި ބަޔޮނިކް ސެންސިން ފިންގަރ (ބީއެސްއެފް) މެދުވެރިކޮށް ޑޮކްޓަރުން އާންމުކޮށް އަތުން ކުރަންޖެހޭ ބައެއް އިމްތިހާނުތައް އިންސާނައްގެ ބަދަލުގައި ކުރެވޭނެ ގޮތް ތަނަވަސް ވެގެން ދެއެވެ. މި ރޮބޮޓިކް އިނގިއްޔާއި ބެހޭގޮތުން ސެލް ޕްރެސް ޖާނަލް ސެލް ރިޕޯޓްސް ފިޒިކަލް ސައިންސްގައި ޝާއިރުކޮށްފައިވެއެވެ.
ޑޮކްޓަރުން ހަށިގަނޑުގެ ވިންދު ބެލުމާއި ޓިއުމަށް ހުރިތޯ ފަދަ ކަންކަމުގައި ބަލިމީހެއްގެ ހަށިގަނޑަށް ފިއްތާލާ ބަލައިލާ ފަދައިން، މި އިނގިލި މެދުވެރިކޮށް ފިތާލާ ހިސާބުގެ ހަރުމިނާއި ވާންތަކުގެ ވިންދު ދެނެގަނެވޭނެއެވެ. މީގެ ސަބަބުން ޑޮކްޓަރުންނަށް ލަމްޕް ނުވަތަ ޓިއުމަރު ފަދަ މައްސަލަތައް ހުރިތޯ ދެނެގަތުމަށް ބަލިމީހާއަށް ދަތިނުވާގޮތަކަށް ދެނެގަތުމަށް އެހީތެރިވެދޭއެވެ.
ބީއެސްއެފް ފަރުމާކޮށްފައިވަނީ ފަސޭހަ އަދި ހަރުދަނާ ގޮތަކަށެވެ. މިގޮތުން، ބީއެސްއެފް ފަރުމާކުރުމުގައި ލަމްބާލެވޭ ސިލިކޯން ހަށިގަނޑެއްގެ ތެރޭގައި ޓްވިސްޓްޑް ފައިބަރެއް ބޭނުންކޮށްފައިވެއެވެ. ބީއެސްއެފްގެ ޖުމްލަ ދިގުމިނަކީ 129 މިލިމީޓަރު (5.08 އިންޗި)އެވެ. މި އިނގިލީ ފަރުމާކޮށްފައިވާ ނިޒާމުގެ ދަށުން އިނގިލި ލަމްބާލާ، އިނގިލިކުރީގައިވާ ބާރުބަލާލެވެއެވެ
ބީއެސްއެފް ކެންސަރުގެ އަލާމާތްތައް ހޯދުމަށް ހަމުގައި ފިއްތާލާފައި 'ލަމްޕް' ހޯދުމުގެ ގާބިލުކަން ވެސް ލިބިފައިވެއެވެ. މިގޮތުން، ޓޯފޫއާއި ޓޮމާޓޯ ފަދަ ތަފާތު ތަކެތީގެ ހަރުމިނާއި މަޑުމިން ތަފާތުކޮށްފައިވެއެވެ. މިކަމުގެ ސަބަބުން މި އިނގިލިން ޖައްސާލާ ހިސާބު އާންމުކޮށް އިންނަ ވަރަށްވުރެ ހަރުތޯ ބަލާލެވި، 'ޓިޝޫ'ގެ އަޑީގައި ލަމްޕެއް ހުރިތޯ ބަލާލެވޭނެއެވެ. މިޔަކީ ބްރެސްޓް ކެންސަރު ފަދަ ބަލިތައް ދެނެގަތުމަށް ކުރާ ޓެސްޓުތަކަށް ބަލިމީހުން ގެހިލުންވާ މިންވަރު ކުޑަވެދާނެ ކަހަލަ އީޖާދީއެކެވެ.
ބީއެސްއެފް ބޭނުންކޮށްގެން ވިންދު ވެސް ބެލެވެއެވެ. މިގޮތުން، ބަލިމީހާގެ އަތުގެ ނާރު ފާހަގަކޮށް، ވިންދު ނެގެއެވެ. އަދި މިގޮރުން ރެކޯޑުކުރެވޭ ވިންދު ޑޮކްޓަރެއް މެދުވެރިކޮށް، ނުވަތަ އޭއައި ބޭނުންކުރާ ޑައިގްނޯސްޓިކް ސިސްޓަމެއް މެދުވެރިކޮށް ދެނެގަނެ، އިތުރަށް ބަލާލެވެއެވެ.
މި ފަދަ އީޖާދީ ތަކުގެ ސަބަބުން ބޭސްވެރިކަމަށް މުސްތަގުބަލުގައި ބަދަލުތަކެއް އަންނާނެކަމަށް ލަފާކުރެވެއެވެ. މިގޮތުން މުސްތަގުބަލުގައި "ރޮބޯޑޮކްޓަރުން" ފެންނާނެކަމަށްވެސް ދެކެވެއެވެ. މިގޮތުން ޓެލަމެޑިސިން މެދުވެރިކޮށް ތަފްސީލީ އިމްތިހާނުތައް ހެދުމަށް މަގުފަހިވެ، ޑޮކްޓަރުން މަދު ނުވަތަ ހުރުން ދަތި ހިސާބުތަކަށް ވެސް ކުރީގައި ޑައިގްނޯސް ނުކުރެވޭ ބައެއް ބަލިތައް ފާހަގަކުރުމުގެ ފުރުސަރު ހުޅުވާލެވިގެންދެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.