އީޒްއެޕް އަކީ ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވައިދޭ މޯބައިލް އީ-ކޮމާސް ޕްލެޓްފޯމެކެވެ. މި އެޕް މެދުވެރިކޮށް ގިނަ ޚިދުމަތްތަކެއް ލިބިގަނެވޭނެއެވެ.
މި އެޕް މެދުވެރިކޮށް ލިބޭ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި ޓެކްސީ އަދި ކޫރިއަރ ޚިދުމަތް، ޑެލިވަރީ ޚިދުމަތް، އަދި އެކިއެކި ޕްރޮފެޝަނަލް ޚިދުމަތްތައް ހިމެނެއެވެ. ޓެކްސީ ޚިދުމަތް މެދުވެރިކޮށް ބޭނުންވާ ވަގުތެއްގައި، ބޭނުންވާ ތަނަކަށް ދަތުރުކުރެވޭނެއެވެ. އަދި ބައިސްކަލް ބުކްކޮށްގެން ދަތުރުކުރުމުގެ ފުރުސަތުވެސް މި އެޕް މެދުވެރިކޮށް ލިބިގެންދާނެއެވެ.
ކެއުމުގެ ޚިދުމަތަށް ބަލާއިރު، ރެސްޓޯރަންޓްތަކުގެ ކާނާއާއި، ގޭގައި ތައްޔާރުކުރާ ކާނާ އަދި ގްރޮސަރީ ފަދަ ތަކެތި ގެއަށް ގެނެސްދިނުމުގެ ޚިދުމަތް މި އެޕް މެދުވެރިކޮށް ލިބެއެވެ. މީގެ އިތުރުން މޭވާއާއި ތަރުކާރީ، އަދި ޢަތަރު ފަދަ ތަކެތިވެސް ޑެލިވަރީ ކޮށްދެއެވެ. އަދި ރައިޑަރުންނަށް އުފުލޭވަރުގެ ޤާނޫނީގޮތުން ހުއްދަ އޮތް ކޮންމެ އެއްޗެއްވެސް ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ދެމުން ގެންދެއެވެ.
އެޕްގެ ސީއީއޯ އަހްމަދު މައުރޫފް އަބްދުލްހަކީމް ވިދާޅުވި ގޮތުގައި، ޓެކްސީގެ ޚިދުމަތާއި ގްރޯސަރީ ޑެލިވަރީގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް ވެސް، އަދި ޓެކްސީ އާއި ޕަބްލިކް ޑްރައިވަރުންގެ ގޮތުގައި އެއްވެސް ފީއަކާ ނުލައި ރަޖިސްޓަރވުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ. މިއީ ލައިސަންސް އޮތް ކޮންމެ ފަރާތަކަށްވެސް ލިބިގެންވާ ފުރުސަތެކެވެ. އަދި އެއް މަސްދުވަހުގެ މުއްދަތަށް ހިލޭ އެޕް ތަޖުރިބާކުރުމުގެ ފުރުސަތު ޑްރައިވަރުންނަށް ލިބިގެންދާނެއެވެ.
މި އެޕްގެ ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ޕަބްލިކް ޑެލިވަރީ ޑްރައިވަރުންގެ ގޮތުގައި ސައިންއަޕްވެގެން ކޮންމެ ފަރާތަކަށްވެސް އާމްދަނީ ހޯދުމުގެ ފުރުސަތު ތަޢާރަފްކޮށްފައިވުމެވެ. އަދި ކުދި ވިޔަފާރިތަކަށާއި ފްރީލާންސަރުންނަށް ޚާއްސަކޮށްގެން އޮން-ޑިމާންޑް ކެޓަގަރީއެއް ހިމަނާފައިވެއެވެ. މީގެ ތެރޭގައި ފްރީލާންސް ފޮޓޯގްރާފަރުން، ވީޑިއޯގްރާފަރުން، ޕަރސަނަލް ޓްރެއިނަރުން، ޓިއުޝަން ޓީޗަރުން، ކޭޓަރިންގ ޚިދުމަތް، އަދި އެއަރކޮންޑިޝަން މަރާމާތުކުރުމުގެ ޚިދުމަތް ފަދަ ގިނަ ޚިދުމަތްތަކެއް ހިމެނެއެވެ.
މި އެޕް ބޭނުންކުރުމަށްޓަކައި، ފުރަތަމަ އެޕް ޑައުންލޯޑްކޮށް، ސޯޝަލް މީޑިއާ އެކައުންޓް ނުވަތަ އަމިއްލަ މަޢުލޫމާތު ބޭނުންކޮށްގެން ރަޖިސްޓްރީ ވާންޖެހެއެވެ. ފައިސާ ދެއްކުމަށް ފަހިޕޭ މެދުވެރިކޮށް އެޕްގެ ވޮލެޓް ރީލޯޑްކުރެވޭނެއެވެ. މީގެ އިތުރުން ނަގުދު ފައިސާއާއި ޓްރާންސްފަރ މެދުވެރިކޮށްވެސް ޑްރައިވަރަށް ފައިސާ ދެއްކޭނެއެވެ. އަދި ވަރަށް އަވަހަށް ކާޑުން ފައިސާ ދެއްކުމުގެ އިންތިޒާމްވެސް ހަމަޖެހިގެންދާނެއެވެ.
ވިޔަފާރިތަކަށާއި ޑްރައިވަރުންނަށް ލިބޭ އާމްދަނީ އެޕްގެ ވޮލެޓުން ސީދާ ބޭންކް އެކައުންޓަށް ޖަމާކުރެވޭނެއެވެ.
މި އެޕް މެދުވެރިކޮށް ޚިދުމަތް ލިބިގަންނަ ވަގުތު، ރީއަލްޓައިމްކޮށް ޓްރެކްކުރެވޭނެއެވެ. އަދި ޚިދުމަތް ލިބިގަތުމަށްފަހު، އެ ޚިދުމަތާ ގުޅޭގޮތުން ރޭޓްކޮށް ރިވިއު ދެވިދާނެއެވެ.
އީޒެޕްގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރިއަށް އޮތްތަނުގައި ޕެކޭޖް ޑެލިވަރީ އަދި މެސެންޖަރ ސަރވިސް ފަދަ ދާއިރާތައް ތަޢާރަފްކުރެވިދާނެއެވެ. އަދި އެޕްގެ ޚިދުމަތްތައް ރާއްޖޭގެ އެހެން އަތޮޅުތަކަށް ފުޅާކޮށް، ރަށްރަށުގެ ވިޔަފާރިތަކާ ގުޅުވައިދިނުމުގެ ފުރުސަތުވެސް ހުޅުވައިލެވިދާނެއެވެ.
މީގެ އިތުރުން އެޕްގެ ސަލާމަތީ ފީޗަރތައް އިތުރަށް ވަރުގަދަކޮށް، އޯޓީޕީ ވެރިފިކޭޝަނާއި ލައިވް ލޮކޭޝަން ޓްރެކިންގ ފަދަ ކަންކަން ތަޢާރަފްކުރެވިދާނެއެވެ. އަދި ޑިޖިޓަލް ވޮލެޓް ޚިދުމަތް ފުޅާކޮށް، ބައިނަލްއަޤްވާމީ ޕޭމަންޓް ގޭޓްވޭތަކާ ގުޅުވައިދިނުމަކީވެސް މުހިންމު ކަމެކެވެ.
އެޕް ޑައުންލޯޑްކުރުމަށް:
އައިއޯއެސް: https://apps.apple.com/us/app/eeezap/id6738035354
އެންޑްރޮއިޑް: https://play.google.com/store/apps/details?id=com.eeezap.customer
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.