ގޫގުލްއިން ޔޫޒަރުންގެ އުމުރު ބެލުމަށް އޭއައި ބޭނުންކުރަނީ

އަޝްނާ ރަޝީދު 25 ފެބްރުއަރީ 2025

މިޒަމާނުގެ ކުދިންވަނީ ޅައުމުރުފުޅައެއްގައި އިންޓަނެޓް ބނުންކުރަންފަށާފައެވެ. ނަމަވެސް އިންޓަނެޓުން އެކުދިންނަށް ފެންނަ ހުރިހާ އެއްޗަކީ އުމުރުން އެކަށީގެންވާއެއްޗަކަށް ނުވެއެވެ. އެކިއެކި ފަރާތްތަކުން މިކަން ހައެލުކުރުމަށްޓަކައި ޕޭރަންޓަލް ކޮންޓްރޯލްސް ފަދަ އުކުޅުތައް ތާޢާރަފުކޮށްފައި ވީ ހިނދު، ގިނައަދަދެއްގެ ކުދިންވަނީ މި އުކުޅުތަކުން ބޭރުން އެމުރާ ނުގުޅޭފަދަ އެއްޗެހި އިންޓަނެޓުން ހޯދާފައެވެ. މިކަން ހައްލުކުރުމަށްޓަކައި ގޫގަލުން ވަނީ އައު ފިޔަވަޅެއް ތައާރަފުކުރުމުގެ މަސައްކަތް ފަށާފައެވެ. ގޫގަލުން މިހާރު މެޝިން ލާނިންގ މެދުވެރިކޮށް ޔޫޒަރުންގެ އުމުރު ފާހަގަކޮށް، އުމުރާގުޅޭ އެކްސްޕީރިއަންސެއްދެވޭ ނިޒާމެއް ތައާރަފުކުރުމުގެ މަސައްކަތް ފަށާފައިވެއެވެ.

މެޝިން ލާނިންގ ބޭނުންކޮށްގެން ގޫގަލްއިން ތައާރަފުކުރަން ރާވާފައިވާ މި ފީޗަރތަކުން ގޫގަލްގެ ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކުންގެ އުމުރު އަންދާޒާ ކުރެވެއެވެ. ޔޫޒަރުން އޮންލައިންކޮށް އުޅޭގޮތުގެ ޕެޓާންތަކާއި، ކުރާ މުއާމަލާތްތަކުގެ ބާވަތްތަކާއި، އެހެނިހެން ޑޭޓާ ޕޮއިންޓްތައް ބޭނުންކޮށްގެން ގޫގަލުން ތައާރަފުކުރާ މި މޮޑެލްއުން ޔޫޒަރުން 18 އަހަރުން ދަށްތޯ ބަލާ، އުމުރާގުޅޭ ކޮންޓެންޓް ރެސްޓްރިކްޝަންތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އޮޓަމެޓިކުކޮށް އަޅައިދެއެވެ.

އުމުރު ދެނެގަތުމަކީ އޮންލައިންކޮށް ޅަ ޔޫޒަރުން ރައްކާތެރިކުރުމަށް ދިމާވާ އެންމެ އުނދަގޫ އެއް ގޮންޖެހުމެވެ. މި ނިޒާމު ގާއިމްވުމުން، ސެންސަޓިވް ކޮންޓެންޓުތަކަށް އެކްސެސް ހުއްޓުވުމާއި، ސޭފްސާޗް ފިލްޓަރުތައް އެނެބަލްކުރުމާއި، އުމުރާގުޅޭ ކޮންޓެންޓްސް އެކަނި ދެއްކުން ފަދަ އުމުރާ ގުޅޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ގޫގުލްއަށް އޮޓޮމެޓިކުކޮށް އެޅުމުގެ ފުރުސަތު މަގުފަހިވެގެން ދެއެވެ.

މި ފީޗަރ މި އަހަރު ތެރޭގައި އެމެރިކާގައި ޓެސްޓުކުރަމުން އަންނާނެކަމަށް ވީއިރު، ދުނިޔޭގެ އެކިއެކި ކަނކޮޅުތަކުގައި މިފީޗަރު މުސްތަގުބަލުގައި ބޭނުންކުރެވިގެންދާނެކަމަށް ގޫގަލްއިން ހާމަކޮށްފައިވެއެވެ. މި ދަނޑިވަޅުގައި މެޓާ ފަދަ އެހެން ޓެކްކުންފުނިތަކުންވެސް 18 އަހަރުން ދަށުގެ ޔޫޒަރުން ފާހަގަކުރާ އެކިއެކި އުކުޅުތައް ހަދަމުން ދާކަމަށް ހާމަކޮށްފައިވީ އިރު، އިންޓަނެޓްގައި ކުދިންގެ ރައްކާތެރިކަން ހާސިލްކުރުމުގެ މަސައްކަތްތައް ވަނީ ގިނަ ފަރާތްތަކެއް ކުރަމުންނެވެ.


އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.