ޗެޓްޖީޕީޓީ ޕްރޯގެ "އޮޕަރޭޓަރ" ދޫކުރަން ފަށައިފި

އަޝްނާ ރަޝީދު 25 ފެބްރުއަރީ 2025

އޯޕަންއޭއައިއިން އެ ކުންފުނީގެ އޭއައި އޭޖަންޓް 'އޮޕަރޭޓަރ' އެމެރިކާއިން ބޭރުގެ ޤައުމެތަކުގެ ޗެޓްޖީޕީޓީ ޕްރޯ ސަބްސްކްރައިބަރުންނަށް ދޫކުރަން ފަށައިފިއެވެ. އެމެރިކާގެ ޗެޓްޖީޕީޓީ ޕްރޯ ސަބްސްކްރައިބަރުންނަށް މިއަހަރު ޖެނުއަރީ މަހު ވަނީ ތައާރަފްކޮށްފައެވެ. މިހާރު އެހެން ޤައުމުތަކަށްވެސް މި ފީޗަރ ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

އޮސްޓްރޭލިއާ، ބްރެޒިލް، ކެނެޑާ، އިންޑިއާ، ޖަޕާން، ސިންގަޕޫރު، ދެކުނު ކޮރެއާ، އިނގަރޭސިވިލާތު އަދި މިނޫންވެސް އެތަކެއް ޤައުމުތަކަށް މިހާރު މި ފީޗަރ ތައާރަފު ކުރަމުން ދާއިރު، މި ވަގުތު އީޔޫ، ސްވިޒަލޭންޑް، ނޯވޭ، ލިޗްޓެންސްޓައިން، އަދި އައިސްލޭންޑް ފަދަ ޔޫރަޕްގެ ބައެއް އެހެން ސަރަހައްދުތަކުގައި ރެގިއުލޭޓަރީ ކޮމްޕްލައިންސް މައްސަލަތަކުގެ ސަބަބުން ލޯންޗުކުރުމުގައި ލަސްވެފައިވެއެވެ.


އޮޕަރޭޓަރ އަކީ ހަމައެކަނި ޗެޓްބޮޓެއް ނޫނެވެ. އެހެން ޗެޓްބޮޓުތައ ސުވާލުތަކަށް ޖަވާބުދިނުމާއި ޓެކްސްޓްއާއި ފޮޓޯ އަދި ވީޑިޔޯ ފަދަތަކެތި އުފައްދަމުންދާއިރު، އޮޕަރޭޓަރ މިޔަށް ވުރެ ކުރީގައި މަސައްކަތްކުރަމުންދެއެވެ. އޮޕަރޭޓަރ އޮޓޮނޯމަސްކޮށް އިންޓަނެޓްގައި މަސައްކަތްތައް ކުރުމުގެ ގާބިލުކަން ލިބިފައިވެއެވެ. އެކި އެކި ވެބްސައިޓްތަކަށް ނެވިގޭޓުކޮށް، ފޯމް ފުރާ، ފްލައިޓް ބުކްކޮށް، ރިޒަރވޭޝަން ހެދާ، އެއްޗެހި ގަނެ، އަދިވެސް މިނޫން އެތައް ކަމެއް އޮޕަރޭޓަރއަށް ކުރެވެއެވެ. ޔޫޒަރުންގެ ކުޑަ އިނޕުޓަކާއެކު، ގިނަ ޓާސްކްތައް ޑިޖިޓަލް އެސިސްޓެންޓެއްގެ ނަޒަރުން އަމިއްލަޔަށް ކުރެވެއެވެ.

އޮޕަރޭޓަރ ހިންގަނީ ކޮމްޕިއުޓަރ-ޔޫސިންގ އޭޖެންޓް (ސީޔޫއޭ) ކިޔާ އާ މޮޑެލްއެއް މެދުވެރިކޮށްގެންނެވެ. މިއީ އާންމުކޮށް ބޭނުންކުރާ ގްރެފިކަލް ޔޫޒަރ އިންޓަރފޭސް (ޖީޔޫއައި) އާއި މުޢާމަލާތު ކުރުމަށް ބިނާކޮށްފައިވާ މޮޑެލްއެކެވެ. މިކަމުގެ ސަބަބުން އޭއައިއަށް ބަޓަންތަކާއި މެނޫތަކާއި ޓެކްސްޓް ފީލްޑްތައް ބެލެހެއްޓުމުގެ އިތުރުން އިންސާނަކު ކުރާ ފަދައިން ވެބްސައިޓްތަކާ މުއާމަލާތްކޮށް، ފަސޭހަ ޔޫޒަރ އެކްސްޕީރިއަންސެއް ލިބިގެންދާނެއެވެ.

ކޮމްޕިއުޓަރ-ޔޫޒިންގ އޭޖެންޓް (ސީޔޫއޭ) ގެ ސަބަބުން އޮޕަރޭޓަރއަށް ސްކްރީންޝޮޓް މެދުވެރިކޮށް ވިޝުއަލް ކޮންޓެކްސްޓް ޕްރޮސެސްކޮށް، އެއްކުރާ މައުލޫމާތަށް ބަލައިގެން ނިންމުންތައް ނިންމުމާއި، ބަޓަންތަކަށް ފިތާލުމާއި، ފޯމް ފުރުމާއި، ސްކްރޯލް ކުރުން ފަދަ ކަންތައް ކުރެވެއެވެ. މި އޭޖެންޓަކީ އަނދާޒާކޮށްފައިނުވާ ބަދަލުތަކަށް އެޑެޕްޓްވެ، މައްސަލަތައް ހައްލުކުރުމަށް ފަރުމާކޮށްފައިވާ އެއްޗެއް ކަމަށާއި، ޔޫޒަރުންގެ ބައިވެރިވުމާއި ނުލައި މަސައްކަތްތައް ފުރިހަމަ ކުރުމުގެ ފްލެކްސިބިލިޓީ ލިބިފައިވާ އެއްޗެކެވެ.



އޮޕަރޭޓަރއަށް އެކި ވައްތަރުގެ ވެބްސައިޓްތަކާއި ހިދުމަތްތަކާ މުއާމަލާތް ކުރެވޭނެ ގޮތް ހެދުމަށްޓަކައި، އޯޕަންއޭއައިއިން ވަނީ ޑޯރޑޭޝް، އިންސްޓާކާޓް، އީބޭ، ޕްރައިސްލައިން، އަދި އުބާ ފަދަ ބޮޑެތި ކުންފުނިތަކާ ޕާޓްނަރޝިޕް ހަދާފައެވެ. މި ޕާޓްނަޝިޕްތަކުގެ އެހީގައި އޮޕަރޭޓަރއަށް ކޮންމެ ޕްލެޓްފޯމަކަށް ޚިދުމަތުގެ ވަކި ޝަރުތުތަކާއި މިންގަނޑުތަކުގެ ދެނެގަނެ، ކާބޯތަކެތި އޯޑަރުކުރުން ނުވަތަ ރައިޑް ބުކިން ފަދަ މަސައްކަތްތައް ކުރެވޭނެއެވެ.

އޮޕަރޭޓަރ މި ވަގުތު ލިބެނީ މަހަކު 200 $ ދައްކައިގެން ޗެޓްޖީޕީޓީ ޕްރޯ ޕްލޭންގެ ސަބްސްކްރައިބްކުރާ ފަރާތްތަކަށެވެ. ނަމަވެސް، އޯޕަންއޭއައިއިން މުސްތަޤުބަލުގައި ހުރިހާ ސަބްސްކްރިޕްޝަން ޓިއަރެއްގައި ވެސް ތައާރަފުލުރުމަށް ރާވާފައިވެއެެވެ.





އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.