މެޓާއިން 'ސެލެބް-ބެއިޓް' ސްކޭމްތަކާއި ދެކޮޅަށް އަޅާ ފިޔަވަޅު

އަޝްނާ ރަޝީދު 09 މާރިޗު 2025

ފޭސްބުކްއާއި އިންސްޓަގްރާމްގެ މައިކުންފުނި މެޓާއިން ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ ސެލެބްރިޓީ ޑީޕްފޭކް ސްކޭމްސް ހުއްޓުމަށް އަނބުރާ އާލާކުރެއެވެ. މި ސްކޭމްތަކުގައި މަޝްހޫރު ފަރާތްތަކުގެ ތަސްވީރުތައް ބޭނުންކޮށްގެން ފޭކް އިޝްތިހާރުތަކާ މަންޒަރުތައް ބޭނުންކޮށްގެން މީހުން އޮޅުވާލައެވެ. މިޔާއި ދެކޮޅަށް، މެޓާއިން މޫނު ދެނެވޭނެ އޭއައި ބޭނުންކުރާ ނިޒާމެއް މެޓާއިން ތައާރަފުކުރަން ރާވައެވެ.

"ސެލެބް-ބެއިޓް" ގެ ނަމުން މަޝްހޫރު މި ސްކޭމްތަކުގައި މަޝްހޫރު ފަރާތްތަކުގެ ފޮޓޯ ހިމެނޭ ފޭކް އިޝްތިހާރުތައް ބޭނުންކޮށްގެން މީހުންނަށް އޮޅުވާލައިގެން ފައިސާ ނުވަތަ އަމިއްލަ މައުލޫމާތު ދިނުމަށް މަސައްކަތް ކުރެއެވެ. މިފަދަ ސްކޭމްތަކުގެ ނުރައްކަލަކީ މަޝްހޫރު ފަރާތްތަކުގެ ތަސްވީރުތައް ބޭނުން ކުރާތީ މީހުންގެ އިތުބާރު އަވަހަށް ހޯދައި މީގެ ނާޖާއިޒު ބޭނުންކުރާތީއެވެ. މެޓާގެ އާ ފޭޝަލް ރިކޮގްނިޝަން ޓޫލް މިކަން ހުއްޓުމަށް މަސައްކަތްކުރެއެވެ. މިގޮތުން، ޝައްކު ކުރެވޭ އިޝްތިހާރުތަކުގައި ހުންނަ މޫނުތަކާއި މަޝްހޫރު ފަރާތްތަކުގެ ރަސްމީ ފޭސްބުކް އަދި އިންސްޓަގްރާމްގައި ޕްރޮފައިލްތަކާ އަޅާކިޔައިގެން މިފަދަ ސްކޭމްތައް ފާހަގަކޮށް ހުއްޓުވއެވެ. މި ގޮތުން އެއްވައްތަރު ފޮޓޯއެއް ފެނުމުން އެ އިޝްތިހާރަކީ ސްކޭމެއްކަން ދެނެގަނެފިނަމަ އެ އިޝްތިހާރު ބްލޮކް ކުރެއެވެ.

މެޓާ ހާމަކޮށްފައިވާ ފަދައިން މި ކަމުގައި ޖެނަރޭޓުވާ ޑޭޓާ ސްކޭމެއްތޯ ބެލުމަށްފަހު ނުބަހަށްޓާކަމާއި، މި ޑޭޓާ ބޭނުންްކުރަނީ ހަމައެކަނި މި މަޤުސަދަށް ކަމަށެވެ.

ފޭޝަލް ރިކޮގްނިޝަނަކީ ގިނަ ދުވަސްތަކެއް ވަންދެން ޚިޔާލުތަފާތުވުން އުފެދިފައިވާ ޓެކްނޮލޮޖީއެކެވެ. މިގޮތުން، މީގެ ކުރިންވެސް މެޓާއިން ވަނީ މިފަދަ ޓެކްނޮލޮޖީ ބޭނުންކޮށްފައެވެ. ނަމަވެސް މި ޓެކްނޮލޮޖީވަނީ ޕްރައިވެސީގެ ކަންބޮޑުވުންތަކާއި ރެގިއުލޭޝަންތަކުގެ ސަބަބުން 2021 ވަނަ އަހަރު ހުއްޓާފައެވެ.

މެޓާއިން މިވަގުތު މި ފީޗަރ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެސްޓުކުރަމުން އެބަދެއެވެ. މިގޮތުން، ދާދި ފަހުން ކޮރެއާ، އިނގަރޭސިވިލާތު އަދި އީޔޫގައި މި ފިީޗަރ ތައާރަފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް މެޓާއިން ހާމަކޮށްފައިވެއެވެ. ސެލެބްރިޓީ ސްކޭމްސްތަކުގެ އިތުރުން އައިޑެންޓިޓީ ވެރިފިކޭޝަނުގައިވެސް ފޭޝަލް ރެކޮގްނިޝަންބޭނުންކުރާ 'ވިޑިޔޯ ސެލްފީ' ތައާރަފުކުރުމުގެ ވާހަކަވެސް އެބަދެކެވެއެވެ.

މި ފީޗަރގެ ބޭނުންތެރިކަމާ މެދު އެއްވެސް ޝައްކެއްނެތެވެ. ނަމަވެސް ހަމަ އެއާއެކު، މިޔާ ގުޅިގެން އެތައް ކަންބޮޑުވުންތަކެއް އުފެދިގެންދއެވެ. މިގޮތުން ޔޫޒަރުންގެ ޕްރައިވަސީއާއި ޕޭސަނަލް ޑޭޓާ އާއި ގުޅޭ ކަންބޮޑުވުންތައް ފާހަގަކުރެވެއެވެ. މިގޮތުން ޔޫޒަރުންގެ ބަޔޮމެޓްރިކް ޑޭޓާ (މޫނުގެ ތަސްވީރުތައް ފަދަ) ބެލެހެއްޓޭ ގޮތާއި، މި ޑޭޓާ ބޭނުންކޮށްގެން މެޓާގެ އޭއައި މޮޑަލުތައް ޓްރެއިންކުރުން ފަދަ ކަންކަމާ މެދު މީހުން ކަންބޮޑުވެފައިވެއެވެ. މިކަމަށް ރައްދުގައި ފޭޝަލް ޑޭޓާ އަވަހަށް ޑިލީޓް ކުރާނެކަމަށް މެޓާ އިން ވައުދުވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.