އެމެޒޯންގެ ގަނެވިއްކުން ޕާސަނަލައިޒް ކުރާ ފީޗަރ

އަޝްނާ ރަޝީދު 28 މާރިޗު 2025

އެމެޒޯންއިން ދަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޕްރޮޑަކްޓް ޑިސްކަވަރީ ސްޓްރީމްލައިންކޮށް ކަސްޓަމަރުންގެ އެންގޭޖްމަންޓް އިތުރަށް ވަރުގަދަކުރުމަށްޓަކައި މަސައްކަތް ފަށާފައެވެ. 'އިންޓަރެސްޓްސް'ގެ ނަމުން އިއުލާންކޮށްފައިވާ މި ފީޗާރަކީ ޖެނެރޭޓިވް އޭއައި އަދި ލަރޖް ލޭންގުއޭޖް މޮޑެލްސް ބޭނުންކޮށްގެންފަރުމާކޮށްފައިވާ އެއްޗެކެވެ. މި ފީޗަރ މެދުވެރިކޮށް އާންމުކޮށް ބޭނުންކުރާ ބަހުރުވައިން ސުވާލުކުރުމުން ކަސްޓަމަރުންގެ ބޭނުމަށް ފަރުމާކޮށްފައިވާ ޕްރޮޑަކްޓް ރެކޮމެންޑޭޝަންތަކެއް ފޯރުކޮށްދެވެއެވެ.

'އިންޓަރެސްޓްސް'ގެ ސަބަބުން ޕްރޮޑަކްޓް ކެޓަގަރީތައް ނުވަތަ ތަފްސީލީ ބޭނުންކޮށްގެން ބޭނުންވާ އެއްޗެއް ބަޔާން ކޮށް ހޯދޭޏެއެވެ. ޖެނެރޭޓިވް އެއައި އަދި ލާޖް ލެންގުއޭޖް މޮޑެލްސް (އެލްއެލްއެމް) ބޭނުންކޮށްގެން އެ ސިސްޓަމުން އާންމު ސަރޗް އިންޖީނުތަކަށްވުރެ ފުރިހަމަކޮށް ބޭނުން އެއްޗެއް ހޯދެއެވެ.

ކަސްޓަމަރަކު އެމީހެގެ 'އިންޓަރެސްޓް' ލިޔުމުން، އެމެޒޯންގެ އިންވެންޓްރީއިން އެއާގުޅޭ އުފެއްދުންތައް ހޯދާދެއެވެ. އަދި ބޭނުންތަކާ އެންމެ ގުޅޭ ތަކެތި ހުށަހަޅައެވެ. މިކަމުގެ ސަބަބުން އެންމެ ފަހުގެ ޓްރެންޑުތަކަށް ފަތޭ، ކަސްޓަމަރުންގެ ބޭނުންތަކާއި ވަރަށް ގާތްކޮށް ފަރުމާކޮށްފައިވާ ޕްރޮޑަކްޓް ރެކޮމެންޑޭޝަންތަކެއް ފޯރުކޮށްދެއެވެ.

އެމެޒޯން ޝޮޕިން އެޕްގައި 'އިންޓަރެސްޓްސް' ފީޗަރ އައިއޯއެސް އަދި އެންޑްރޮއިޑްގައި ވެސް ބޭނުންކުރެވެއެވެ. އެޕް ހުޅުވާލުމަށްފަހު "މީ" ޓެބަށް ފިތާލުމުން "އިންޓަރެސްޓްސް" އޮޕްޝަން ފެންނާނެއެވެ. ކެޓަގަރީތަކާއި ފީޗާސްތަކާއި އަގު ރޭންޖް ހިމެނޭ ގޮތަށް ބޭނުންވާ އެއްޗެއް ބަޔާންކުރުމަށްފަހު "ސްޓާޓް"އަށް ފިތާލުމުން ގުޅޭ އެއްޗެހި އެމެޒޯން ކެޓަލަގުގައި ގުޅޭ ޕްރޮޑަކްޓްތައް ހޯދާ ގުޅޭ އެއްޗެހީގެ ނޮޓިފިކޭޝަންތައް ފޮނުވާލައެވެ. ޕެންސިލް އައިކޮން އަށް ފިތާލުމުން ޝައުގުވެރިކަން ހުންނަ ކަންތައްތައް ފަސޭހައިން އެޑިޓްކޮށް ބޭނުންވާގޮތަށް ޕްރެފެރެންސް ނުވަތަ ބަޖެޓް އަޕްޑޭޓް ކުރެވޭނެއެވެ.


އެމެޒޯނުން ދަނީ މިދިޔަ އަހަރު 'ރޫފަސް' ޝޮޕިން އެސިސްޓެންޓް އަދި ޝޮޕިން ގައިޑްސް ފަދަ އެހެން ދާއިރާތަކުގައި ވެސް ޖެނެރޭޓިވް އޭއައި ތައާރަފްކޮށްފައެވެ. މި ޓޫލްތަކުގެ ސަބަބުން ކަސްޓަމަރުންނަށް އެންމެ ރަނގަޅު އުފެއްދުންތައް ހޯދުމަށް އިތުރު އެހީތެރި ކްމެއް ފޯރުކޮށްދެއެވެ.








އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.