ޗައިނާއިން ކަނޑުގެ ދިރާސާތައް ކުރިއަށް ގެންދުމަށް ދެކުނު ޗައިނާ ކަނޑުގެ 2،000 މީޓަރު ދަށުގައި ޑީޕްސީ ރިސާޗް ސްޓޭޝަނެއް ބިނާކުރުމުގެ މަސައްކަތް ފަށައިފިއެވެ. 2030 ވަނަ އަހަރު ހުޅުވުމަށް އަމާޒުކޮށްފައިވާ މި ދިރާސާ ކުރާ ސްޓޭޝަނުން ތިމާވަށްޓާއި، ކަނޑުއަޑީގެ ދިރުމާއި، ޓެކްޓޮނިކް އެކްޓިވިޓީއާއި ހަކަތަ ފަދަ ދާއިރާތަކުގެ ދިރާސާކުރުމަށް ހަމަޖެހިފައިވެއެވެ.
މި ގޮތުން މި ސްޓޭޝަނުގައި 6 ވަރަކަށް ސައިންސްވެރިންނަށް ކަނޑުގެ ފުން ހިސާބުގައި މަހެއްހާ ދުވަހު ދިރިއުޅެ މަސައްކަތް ކުރެވޭނެއެވެ. މި ސްޓޭޝަނުން ކަނޑުގެ އަޑީގެ ފިނި އަދި ޕްރެޝަނުގަދަ ހިސާބުފެ އެކިއެކި ފެނޯމިނޯންތަކާއި މަޙްލޫގުންތައް ގިނަ ދުވަސްތަކެއްގެ މަތިން މޮނީޓަރުކުރަމުން ދެވޭނެއެވެ. މީގެ އިތުރުން މި ސެންޓަރުން ކަނޑުގެ އަޑިން ލޮބޭ ރިސޯސުތައް ނެގުމުގެ ކުޅަދާނަކަން ވެސް ލިބިފައިވެއެވެ.
މި ސްޓޭޝަންގައި ވަގުތުން އިންސާނުންނާއިނުލައި އެކިއެކި މައުލޫމާތު މޮނީޓަރުކޮށް އެއްކުރެވެއެވެ. މިކަމަށްޓަކައި މި ސްޓޭޝަނުގެ ހަތަރު ދިމާލުގައި ހަރުކޮށްފައިވާ ސަވައިލެންސް ސިސްޓަމާއި އިންސާނުންނާއި ނުލައި މަސައްކަތްކުރާ ސަބްމަރސިބަލްތަކާއި ކަނޑުއަޑީގެ އޮބްޒަވޭޓަރީތަކާއި ބިމުގެ މަތީ ބޯޓުތައް ބޭނުންކުރުމަށް ހަމަޖެހިފައިވެއެވެ.
މި ސްޓޭޝަނުންއެކިއެކި ދިރާސާކުރުމަށް ހަމަޖެހިފައިވެއެވެ. މީތޭން ވެންޓުތައް ކައިރީ އުފެދޭ ކޯލްޑް ސީޕް އިކޯސިސްޓަމްތައް ދިރާސާކުރުމާއި، މޫސުމާ ބެހޭ ދިރާސާތަކަށް މީތޭން ދޫކުރާ މިންވަރު މޮނިޓަރކުރުމާއި، ހަކަތަ އުފައްދާ ވަސީލަތެއްގެ ގޮތުގައި މީތޭން ހައިޑްރޭޓްސް ހޯދުން ހިމެނެއެވެ. އަދި ބިންހެލުމާއި ސުނާމީ އައުމުގެ ނިށާނުތައް ހޯދުމަށް ޓެކްޓޮނިކް ހަރަކާތްތައް ވެސް މި ސްޓޭޝަނުން ބެލޭނެއެވެ.
މި ސްޓޭޝަން ބިނާކުރަން ހަމަޖެހިފައިވަނީ ދެކުނު ޗައިނާ ކަނޑުގައެވެ. މި ސަރަހައްދަކީ މައުދަނުތައްގިން، ބަޔޯޑައިވާރސިޓީ ބޮޑު ހިސާބެއްގައެވެ. ނަމަވެސް މި ސަރަހައްދަކީ ވަށައިގެންވާ ގިނަ ޤައުމުތަކުންވެސް ވެސް އިޙްތިލާފުވެފައިވާ ހިސާބެކެވެ. ވަށައިގެންވާ ފިލިޕީންސާއި ޓައިވާނާއި، ވިއެޓްނާމާއި، މެލޭޝިޔާ އަދި ބްރޫނާއިއުންވެސް ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމަށް ޗައިނާ ކުރާ ދައުވާތަކާމެދު އެއްބަސް ނުވާއިރު، މި އަޅަމުންދާ ސައިންޓިފިކް ސްޓޭޝަނުގެ ސަބަބުން މި ސަރަހައްދައް ޗައިނާިން ފޯރުވާނެ ނުފޫޒާއި ބާރުގެ މަތިން ކަންބޮޑުވުން ތަކެއް ފާޅުކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން މިސަރަހައްދުން ސައިންޓިފިކް އިނޮވޭޝަންއާއި ސަރަހައްދީ ނުފޫޒު ބޮޑުވެގެން ދާނެއެވެ. ވެސް ވަރުގަދަވެގެންދެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.