ޑައި ވުލްފް އާއި ގާތް ސްޕީޝީސެއް އަލުން ދިރުވައިފި

އަޝްނާ ރަޝީދު 08 އޭޕްރީލު 2025

އެކިއެކި ސަބަބުތަކަކާއި ހެދި ދުނިޔޭގެ އެތަކެއް ޖަނަވާރުންނާއި އެހެނިހެން ސްޕީޝީސްތައް ނެތިގެން ދެއެވެ. އިންސާނުންގެ އަމަލުތަކުންނާއި މޫސުމީބަދަލުތަކުގެ ސަބަބުން ތިމާވަށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއިން އެތަކެއް ސްޕީޝީސްއެއް ނެތިގެން ދިޔުމުގެ ބިރު ވަނީ ބޮޑުވެފައެވެ. މިގޮތުން ނެތިގެންދާ ޖަނަވާރުންތައް އަންނަން އޮތް ޖީލުތަކަށް ރައްކާކުރެވޭނެގޮތެއް އޮންނާނެތޯ؟ މި ސުވާލަށް ރައްދުގައި ޖެނެޓިކް އިންޖިނިއަރިން ކުންފުންޏެއް ކަމަށްވާ ކޮލޮސަލް ބަޔޯސައިންސެސް ވަނީ ދެވިދާނެ ޖަވާބެއް ދުނިޔެއަށް އާންމު ކޮށްފައެވެ.

މިގޮތުން އެ ކުންފުނިންވަނީ އައިސް އޭޖްގައި ދުނިޔޭގައި އުޅުނު ނަމަވެސް މިހާރު ދުނިޔެއިން ނެތިގެން ގޮސްފައިވާ 'ޑައި ވުލްފް' ސްޕީޝީސްއާއި ވައްތަރު ޖަނަވާރެއް ކްލޯނުކޮށްފައެވެ. ފޭމް އޮފް ތްރޯންސްއުން ޑައިރ ވޯލްފްތަކުފެ ހިޔާލީ ރަމްސަކުން އާންމުކޮށްފައިވީ ހިނދު، މި ސްޕީޝީސް އަސްލު ހަގީގަތުގައި އާދައިގެ ހިޔަޅަކާއި ދާދި އެއް ބޮޑުމިނަކަށް ވީއިރު، ޖީންސަށް ބަލާއިރު ހިޔަޅާއި ދާދިގާތް އެކަމަކު ތަފާތު ސްޕީޝީސްއެއް ގޮތުގައި ދައްކައެވެ. މިގޮތުން މި ކުންފުނިން ކްލޯނުކޮށްފައިވާ މަޙްލޫގަކީ ސީދާ 'ޑައިރ ވޯލްފް' ކަމުގައި ނުވިޔަސް، އެއާއި ނިކަންގާތްކަމަށް މިކުންފުނި ހާމަ ކޮށްފައިވެއެވެ.

މިގޮތުން މި ކުންފުނިން ކުރާ މަސައްކަތުން ދުނިޔެއިން ނެތިގޮސްފައިވާ ބައެއް ސްޕީޝީސްތައް އަނބުރާ ގެނެއުމަށް އިތުރު ކުރިއެރުމެއް ލިބިގެން ދެއެވެ. މި ކުންފުނީގެ އަމާޒަކީ މި ދުނިޔެއިން ނެތިގޮސްފައިވާ މި ޝިކާރަވެރިޔާ އަލުން ވުޖޫދަށް ގެނައުމާއި، ކުރިއަށް އޮތްތަނުގައި ވަލުތެރެއަށް އަލުން ތައާރަފް ކުރުމެވެ. ނަމަވެސް މިކަމާ މެދު އިތުރު މަސައްކަތްކުރަން ޖެހެއެވެ. މިގޮތުން އަނބުރައި ދިރުވާ ސްޕީޝީސްގެ އިކޮލޮޖިކަލް އަދި އެހެނިހެން އަސަރުތަކާ މެދު އުތުރަށް ބަލާ ދިރާސާކުރުން ވަރަށް މުހިންމު ވެގެން ދާނެއެވެ. މީގެއިތުރުން މިފަދަ ޖަނަވާރުންތައް ކްލޯންކުރުމުން އެތަކެއް އެތިކަލް ސުވާލުރަކެއް އުފެދިގެން އައުމުން، މިކަމާމެދުވެސް ވިސްނުން ވަރަށް މުހިންމެވެ.

މި ކުންފުނީގެ މަސައްކަތަކީ ޑީއެކްސްޓިންކްޝަނަށް ކުރާ ދިރާސާތަކަށް ގެނުވައިދިން ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޝައްކެއްނެތެވެ. ނަމަވެސް މިކަމުން މިޔަކީ ކޮންނެހެން ދުނިޔެއަށް ފައިދާކުރާނެ ފަދަ ކުރިއެރުމެއްތޯ ސުވާލު އުފެދިގެންދެއެވެ. ޕްލޭސްޓޯސީން ޒަމާނުގައި ދިރިއުޅުނު ޑައިރ ވޯލްފް މީގެ ގާތްގަނޑަކަށް 10،000 އަހަރު ކުރިން ދުނިތެއިން ނެތިގޮސްފައިވެއެވެ. އޭރުގައި އެ ޖަނަވާރު އުޅުނު މާހައުލަށް ބޮޑެތި ބަދަލުތަކައް އައިސް އެ ޖަނަވާރު ޝިކާރަކުރި މަޙުލޫގުންތައްވެސް ދުނިޔެއިން ނެތިގޮސްފައިވީއިރު، ޑައިރ ވޯލްފް އަލުން ދިރުއްވުމުގެ ބޭނުމަކީ ކޮބައިތޯ ބައެއް މީހުން ސުވާލުކޮށްފައިވެއެވެ.

މި ގޮތުން އަލުން ތައާރަފުކުރެވޭ ޖަނަވާރުތަކަށް ބަދަލުވެފައިވާ ދުނިޔެއަށް އެޑްއެޕްޓްވުމަށް އުނދަގޫތަކަކާއި އެ ޖަނަވާރުތައް ކުރިއަރައި ދިއުމަށް ފުރުސަތު ލިބުނު އަސާސީ ޝަރުތުތައް މިހާރު ނެތުމުގެ ސަބަބުން ކުރިމަތިލާން ޖެހިދާނެއެވެ. މިޔަކީ ކޮލޮސަލް ބަޔޯސައިންސަސް ވިސްނަންޖެހޭނެކަމެކެވެ.

މި އަލުން ތައާރަފުކޮށްފައިވާ ޖަނަވާރަކީ ޑައިރ ވޯލްފްއާއި ވަރަށް ވައްތަރު ޖަނަވާރެއް ކަމުގައި ވިޔަސް، މިޔަކީ މުޅިއެކުން ގަދީޒަމާނުގައި އުޅުނު ޖަނަވާރާއި އެއް ސްޕީޝީސްއެއް ނޫނެވެ. ނިއުސައިންޓިސްޓް މިކަމާ މެދު ހަވާލާދީ ބުނެފައިވާގޮތުން، މި ކުންފުނި ތައާރަފުކޮށްފައިވަނީ އިހުގެ ޑައިވޯލްފްއާއި ވައްތަރު، މި ޒަމާނުގައި އާންމު ގްރޭ ވުލްފްތަކަށް ޖެނެޓިކް އެޑިޓްތަކުގެ އެހީގައި ތައާރަފުކޮށްފައިވާ ޖަނަވާރެކެވެ. ގަދީމީ ޑައި ވޯލްފް ފޮސިލްތަކުގައި ފެނިފައިވާ ޑީއެންއޭ ފުނޑިގެންގޮސްފައިވުމުގެ ސަބަބުން، އޭގެން ލިބޭ މައުލޫމާތު ބޭނުންކޮށްގެން އަލުން ދިރުވުމަކީ މިޒަމާނުގެ ޓެކްނޮލަޖީއިން ކުރެވުން އެކަށީގެންވާ ކަމެއް ނޫންކަމުން، ކޮލޮސަލް ބަޔޯސައިންސެސް ބޭނުންކޮށްފައިވަނީ އެއާއި އެންމިެ ގާތް ޖަނަވާރުކަމަށްވާ ގްރޭ ވުލްފްގެ ޑީއެންއޭއެވެ. މިކަމުގެ ނަތީޖާއަކީ މިދެ ސްޕީޝީސްގެ މެދުގައިވާ އައު ސްޕީޝީސްއެކެވެ. އެމްއައިޓީ ޓެކްނޮލަޖީ ރިވިއުވް އަދި ބީބީސީގައި މި ތަފާތުފާހަގަކޮށްފައި ވެއެވެ.

2021 އަހަރުއްސުރެ ކޮލޮސަލް ބަޔޯސައިންސެސް ވަނީ ވޫލީ މެމޮތު، ޑޯޑޯ އަދި ޓެސްމޭނިއަން ޓައިގަރ ފަދަ ޖަނަވާރުތައް އަލުން ދިރުވޭތޯ މަސައްކަތްކޮށްފައެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.