އާޓިފިޝަލް އިންޓެލިޖެންސް ގެ ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނެސްދިން ޗެޓްޖީޕީޓީގެ ބެލެނިވެރި ކުންފުނި އޯޕަން އޭއައިގެ ސީއީއޯ ސޭމް އަލްޓްމަން މީގެ ކުރިން އެއްބަސްނުވި ކަމުގައި ވިޔަސް، ފަންނިއްޔާތުގެ ދާއިރާގެ ރިޕޯޓުތައް ބުނާގޮތުގައި އޮޕެންއޭއައި އިން ޗެޓްޖީޕީޓީ އައިނު ތަކެއް އުފެއްދުުމުގެ ވިސްނުން ގެންގުޅެއެވެ.
ނިމިދިޔަ ޖުލައިމަހުގައި "ސަން ވެލީ ކޮންފަރެންސް" ގައި އަލްޓަމަން އާދަޔާހިލާފަށް ބޯ އައިނެއްއަޅާފައި ހުރުމުން ނޫސްވެރިން ގިނަ ސުވާލުތައް ކުރިމަތި ކުރުވިއެވެ. އަލްޓްމަން އަޅައިގެން ހުރީ ސްމާރޓް އައިނެއްތޯ ސުވާލުކުރުމުން އޭނާ ޖަވާބުގައި ނޫނެކޭ ބުނުމަށްފަހު ބުނެފައިވަނީ "އަހަރެންނަކަށް ސްމަރޓް އައިނެއް އެއްގޮތަކަށްވެސް ކަމަކު ނުދޭ" މިހެންނެވެ.
އެހެންނަމަވެސް އޮޕަންއޭއައި އިން މިހާރު ވަނީ ރަސްމީކޮށް ހަރޑްވެއާރ މަސައްކަތް ކުރަން ފަށާފައެވެ. ޖުލައި 9 ވަނަ ދުވަހު އެކުންފުނިން ވަނީ މަޝްހޫރު އެޕަލް ކުންފުނީގެ ކުރީގެ ޑިޒައިނަރ ޖޯން އައިވީގެ ހާޑްވެއަރ ސްޓާޓްއަޕް އައިއޯ ގަތުމަށްފަހު އޭނާގެ ޑިޒައިން ސްޓޫޑިއޯ "ލަވްފްރޮމް" އާއި އެކު އެއްބަސްވުމެއް ސޮއެ ކޮށްފައެވެ.
މީގެ އިތުރުން މުރާސިލުން ބުނާގޮތުގައި އޮޕެންއޭއައި ދަނީ އެޕަލް ކުރުންފުނީގައި މަސައްކަތްކުރާ ޑިސައިނުންނާއި، މެނިއުފެކްޗަރުން އަދި ސަޕްލައި ޗެއިންއާއި ގުޅުންހުރި މުވައްޒަފުން ރެކްރޫޓްކުރަން ފަށާފައެވެ.
އޮޕެންއޭއައި އިން މަސައްކަތް ކުރަމުންދަނީ ނުވަތަ އެކުންފުނީގެ ފުރަތަމަ ހާޑްވެއަރ ޑިވައިސް އަކީ ކޮބައިކަން އަދި މިހައިތަނަށް ހާމަކޮށްފައިނުވެއެވެ. އެހެންނަމަވެސް، މުރާސިލުން ބުނާގޮތުގައި އެއީ ސްކްރީނެއް ނުހުންނަ ޖީބައް ލެވޭނެ ފަދަ ކުޑަ ޑިވައިސެއް ކަމަށާއި އެއީ އައިނެއް އަދި އެފަދަ އެހެން ވެއަރަބަލް ޑިވަސްއެއް ނޫންކަން ކުންފުނީގެ މުވައްޒަފުންނަށް މުހާތަބުކުރަމުން އޭރު އޯލްޓްމަން ބުނެފައިވެއެވެ.
އޯޕަންއޭއައި އިން ދަނީ ޖީބައްލެވޭ ޑިވައިސްގެ އިތުރަށް ސްމާޓް ސްޕީކަރެއްވެސް ހަދަން މަސައްކަތް ކުރަމުންނެވެ. އަދި އައިނުހެދުމަށްވެސް ހިޔާލު ކުރަމުންދާއިރު، ޑިޖިޓަލް ވޮއިސް ރިކޯޑަރ އަކާއި، ވެއަރަބަލް ޕިން އެއް އުފައްދަން ވެސް ހިޔާލު ގެންގުޅޭކަމަށް އެކި ރިޕޯރޓްތައް ބުނެއެވެ.
އެހެންނަމަވެސް އޯޕެންއޭއައިގެ ފުރަތަމަ ހާޑްވެއަރ ޑިވައިސް ބާޒާރަށް ނިކުންނާނެކަމަށް ބެލެވެނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގައި ނުވަތަ 2027 ގައެވެ. އެހެންކަމުން އެކުންފުނިން އައިނެއް އުފައްދާނަމަ އެކަން ހާސިލް ވުމަށް އަދި އަހަރުތަކެއް ނެގުން ގާތެވެ.
ކަނެކްޓް 2025 ވާހަކަދައްކަމުން މެޓާގެ މައިކަލް އެބްރަޝް ސްމަރޓް އައިނެއް ސިފަކޮށްދެމުން ބުނެފައިވަނީ އަބަދުވެސް އޮން ސެންސަރުތަކާއި އެކު މައުހައުލުގައިވާ ކަންކަމުގެ ކޮންޓެކްޓްސް އެފަދަ އައިނަކުން އަބަދުމެ ސިފަކޮށްދެމުން ދާއިރު، ހަޔާތާއި އެކި ނިންމުންތަކާއި ގުޅޭގޮތުން އިސްވެ ސުވާލުތަކޮށް ހަދާނެ ކަމަށް ދެކޭކަމަށް ބުނެފައިވެއެވެ. އޭއައި ގެ އެއްމެ އާއްމު ވަސީލަތް، ނުވަތަ އޭއައި އެއްމެ ފަސޭހައިން ބޭނުންކުރެވޭ ވަސީލަތަކަށް ސްމާޓްއައިނު ވެގެން ގޮސްފިނަމަ އެޕަލް، މޭޓާ، މައިރޮސޮފްޓް އާއި ގޫގުލް ފަދަ ކުންފުނިތަކުން ފަސޭހަކަމާއި އެކު އޯޕަންއޭއައިގެ މައްޗަށް ކުރި ހޯދުމުގެ ފުރުސަތު ބޮޑުކަމަށް ވެސް މުރާސިލުން ދެކެއެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.