ތާލިބާން ސަރުކާރުން އަފްގާނިސްތާނުގެ އިންޓަނެޓް ކަނޑާލައިފި

ހުސެއިން އާރިފް 30 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ އެކި ހިސާބުތަކުގައި މުވާސަލާތީ ހިދުމަތްތަކުގެ "ބްލެކްއައުޓް" ތަންފީޒު ކުރަން ފަށައިފިއެވެ. ދީނީ އަދި އިޖުތިމާއީ ހަރުކަށި ސިޔާސަތުތަކުގެ ތެރެއިން ތާލިބާނު ސަރުކާރުން ވަނީ އަފްޣާނިސްތާނުގެ އެކި ހިސާބުތަކުގައި އިންޓަނެޓްގެ ހިދުމަތް ކަނޑާލައިފައެވެ. މިގޮތަށް އިންޓަނެޓް ހިދުމަތް ކަނޑާލަން ފަށާފައި މިވަނީ މީގެ ކުރިން ބައެއް ޕްރޮވިންސްތަކުގައި ފައިބަރ އޮޕްޓިކް ހިދުމަތްތައް ކަނޑާލުމަށް ފަހުއެވެ. މީގެ ސަބަބުން ޓެލެފޯނުގެ ހިދުމަތަށް ވެސް ވަނީ އަސަރުކޮށްފަ އެވެ.

މިކަމާއި ގުޅޭ ގޮތުން ތާލިބާނުގެ ރަސްމީ އެއްވެސް ބަޔާނެއް އަދި މިހައިތަނަށް އާއްމުކޮށްފައެއް ނުވެއެވެ. މީސް މީޑިއާގައި ބަލްކް ޕްރޮވިންސްގެ ލޯކަލް އޮފިޝަލަކު ވަނީ އެ އަމުރު އައީ އެ ޖަމާއަތުގެ އެންމެ މަތީ ވެރިޔާ ހައިބަތުالله އަޚުންޒާދާގެ އަމުރެއް ގޮތުގައި ކަމަށާއި އަމާޒަކީ "އަޚްލާޤީ ގޮތުން ގޯސް ކަންތައްތައް ހުއްޓުވުން" ކަމަށް ބުނެފައިވެ.

މި ޝަޓްޑައުންގެ ސަބަބުން ބްރޯޑްކާސްޓިން ހިދުމަތާއިބމޯބައިލް އިންޓަނެޓާ ހަމައަށް ވަނީ ބުރޫއަރާފައެވެ. އެގައުމުގެ ބޮޑު އެއް ބްރޯޑްކާސްޓަރު ކަމުގައިވާ ޓޯލޯ ނިއުސް ގެ ސިގްނަލް ކެނޑިފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ. ތާލިބާނުގެ އެތެރޭގެ މަސްދަރުތަކުން ބުނާގޮތުގައި މޯބައިލްގެ ހިދުމަތް އަލުން ފެށުމުގެ ފުރުސަތު އޮތް ނަމަވެސް ހަމައެކަނި 2ޖީ (ވޮއިސް އޮންލީ) ހިދުމަތަށް ލިމިޓް ކުރެވިގެން ދާނެއެވެ.

ހިއުމަން ރައިޓްސް އަދި އޮންލައިން ގަވަރނަންސް ވޮޗްޑޮގް ނެޓްބްލޮކްސް އިން ބުނާ ގޮތުގައި މަރުހަލާ ތަކަކަށް ބަހައިލާގެން އިންޓަނެޓް ކަނޑަމުން ގޮސް މިހާރު ވަނީ މުޅިން ނެޓްވޯކްތަކުގެ ގުޅުން ކަނޑާލާފައެވެ. އޮބްޒާވަރުން ބުނާ ގޮތުގައި މި ފިޔަވަޅާއެކު މިހާރުވެސް އަނިޔާވެރި ކަން ތަހައްމަލު ކުރަމުންދާ އާބާދީ އިތުރަށް އެކަހެރިވެގެން ދާނެއެވެ. މިއީ އަފްޣާނިސްތާނުގެ ޒުވާނުންނާއި ވިޔަފާރިވެރިންނާއި ދަރިވަރުންނަށް ލިބިގެންދިޔަ ބޮޑު ގެއްލުމެކެވެ. އޮންލައިން ތައުލީމު ހުއްޓި، ބައިނަލްއަގްވާމީ ބައިވެރިންނާ މުއާމަލާތް ކެނޑި، އިންޓަނެޓަށް ބަރޯސާވެފައިވާ އިގްތިސާދީ ހަރަކާތްތައް މުޅިން ހުއްޓުމަކަށް އައީއެވެ.

2021 ވަނަ އަހަރު ތާލިބާނުން ވެރިކަމަށް އައުމަށްފަހު އަފްޤާނިސްތާނުގެ މަދަނީ މިނިވަންކަން ހަނިކޮށް ފިއްތުންތައް އިތުރުކުރަމުން ގޮސްފައި ވެއެވެ. އޭގެ ތެރޭގައި މީޑިއާއަށް ހަރުކަށި ފިޔަވަޅުތަކާއި އަންހެނުންގެ ހައްގުތަކަށް ހަނިކުރުމާއި ތައުލީމަށް ހުރަސްތައް ކުރިމަތި ކުރުވުމާއި، ނޫސްވެރިން ހައްޔަރުކުރުން ހިމެނެއެވެ. އިންޓަނެޓް ބަންދު ކުރުމަކީ އެގައުމަށް ކުރިމަތިވެފައިވާ އިންސާނީ ދަތިތަކަށް އިތުރު ބޮޅެކެވެ. ގުދުރަތީ ބޮޑެތި ކާރިސާތަކާއި ގިނަ ބަޔަކު ގެދޮރު ދޫކޮށް ދިއުމާއި ގުޅިގެން މިހާރުވެސް ނާޒުކު ބިނާރުތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް އިތުރު ގޮންޖެހުމަކަށް ވެގެން ދާނެއެވެ.

ޑިޖިޓަލް ޗެނަލްތަކުގެ ފުރިހަމަ ކޮންޓްރޯލެއް ހޯދުމުގެ ސިޔާސަތެއް ގެންގުޅޭ ތާލިބާނު ސަރުކާރުގެ މި ފިޔަވަޅަކީ ވަގުތީ ފިޔަވަޅެއް ކަމުގައި ނުބެލެވެއެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.