ދިރާގަށް 37 އަހަރު : ކަސްޓަމަރުންނަށް ޚާއްސަ އޮފަރތަކެއް

ސައިބަރޓެގް 01 އޮކްޓޯބަރު 2025

ދިރާގުގެ 37ވަނަ އަހަރީ ދުވަހަހާ ހަމައަށް ވާސިލުވީއިރު ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މޭސްތިރިއެއްގެ ގޮތުން ހޯދައިފައިވާ ކާމިޔާބީތައް ފާހަގަކުރަމުން، މި ދުވަހުގެ މުނާސަބަތުގައި ދިރާގުން ކަސްޓަމަރުންނަށް ހާއްސަ އޮފަރތަކެއް ތައާރަފްކޮށްފިއެވެ. މި އޮފަރތައް އިއުލާނުކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ.

"އަޅުގަނޑުމެންގެ މި ދަތުރުގެ ބައިވެރިން ކަމުގައިވާ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މި ފުރުސަތުގައި ޝުކުރު އަދާކުރަން. އަދި، މިއަދާހަމައަށް އަޅުގަނޑުމެން ހޯދައިފައިވާ ކާމިޔާބީތަކާއި ހަމައަށް ވާސިލުވުމަށް އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާކުރަން. ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން މި ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތައް ގުޅުވާލައި، ާބރުވެރިކޮށް، އެންމެ ރަނގަޅު ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް. މި ގޮތުން، ދިރާގަށ37ް އަހަރުފުރުމުގެ މުނާސަަބަތުގައި ކަސްޓަމަރުންގެ އަގުވަޒަންކޮށް މިއުފަލުގައި ބައިވެރިކުރުމުގެ މަގުސަދުގައި މިވަނީ ހާއްސަ އޮފަރތަކެއް ތައްޔާރުކޮށްފައި" އަލީ ރިޔާޒް، ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ ވިދާޅުވިއެވެ.

ދިރާގުގެ 37 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައ ތައާރަފްކޮށްފައިވާ އޮފަތަކަކީ:

• 37ޖީބީ ހިލޭ، 24 ގަޑީރަށް: ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 1 އޮކްޓޫ ަބރު 2025ވަނަ ދުވަހުގެ 10:00 އިން 18:00 އާ ދެމެދު #225* އަށް ޑައިލްކޮށްގެން 24 ގަޑިއިރަށް 37ޖީބީ ޑޭޓާ މުޅިން ހިލޭ ލި ިބގެންދާނެއެވެ.

• ދިރާގު x އައިސިކް: ރާއްޖޭގައި ކިޔަވަމުންދާ ދަރިވަރުންނަށް ފަރުމާކޮށްފައިވާ މި ޕްލޭން މެދުވެރިކޮށް އައިސިކް އަދި ދިވެހި ޕަރޓްނަރުންގެ ފަރާތުން ހާއްސަ އޮފަރތަކާއި، ޓެލެކޮމް އިނާޔަތްތައް ލިބިގެންދާނެއެވެ. މި ޕްލޭނަށް ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ސަބްސްކްރައިބް ކުރެވޭނެއެވެ.

• އާއިލާއަށް ހަދިޔާ ދީގެން ހަދިޔާއެއް: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، ދިރާގުއެޕް މެދުވެރިކޮށް އާއިލާގެ ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.

• ދިރާގު ނެޓްޕްރޮޓެކްޓް: އޭއައިގެ އެހީތެރިކަމާއެކު އިންޓަރނެޓްގެ ރައްކާތެރިކަން އެންމެ 35 ރުފިޔާއިން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި ހިދުމަތް ދިރާގުއެޕް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެއެވެ.

މި އޮފާތަކާއި ގުޅޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެކަމަށްވެސް ދިރާގުން ހާމަކުރެއެވެ.

ދިރާގުން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން 1988އިން ފެށިގެން ދިރާގުން ވަނީ ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ިބނާކުރުމުގެ މުހިންމު ދައުރު އަދާކޮށްފައެވެ. ދިރާގުން ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް %100 މޮބައިލް ކަވަރޭޖް ފޯރުކޮށްދީ، ޒަމާނީ ހިދުމަތްތައް ތައާރަފްކޮށްފައެވެ. މީގެ ތެރޭގައި ރާއްޖެއަށް 5ޖީގެ ހިދުމަތް ތައާރަފްކޮށް، މި ހިދުމަތްވަނީ ރާއްޖޭގެ އާބާދީގެ %70އަށް ފުޅާކޮށްފައެވެ. އަދި، ރާއްޖޭގެ %100 މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފައިބަރ ބޯރޑް ބޭންޑްގެ ހިދުމަތް ފޯރުކޮށްދީފައެވެ.

ސައިބަރޓެގް

ސައިބަރޓެގް

ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.