ފީނަނިކޮށް ދިމާވި އެކްސިޑެންޓެއްގައި އެޕަލްގަޑިން ފުރާނަ ސަލާމަތްކޮށްފި

ހުސެއިން އާރިފް 08 އޮކްޓޯބަރު 2025

އެޕަލް ގަޑިއަކީ ފުރާނަ ސަލާމަތް ކުރުމުގެ ގާބިލްކަން ލިބިފައިވާ ގަޑިއެކަން ފާއިތުވި އަހަރުތަކުގައި އެތައް ފަހަރެއްގެ މަތިން ވަނީ ސާބިތުކޮށްދީފައެވެ. މި ސަބަބާ ހުރެ ގިނަމީހުން ދެކޭ ގޮތުގައި އެއީ ހަމައެކަނި ފިޓްނަސް ޓްރެކަރެއްގެ އިތުރުން ނާޒުކު ހާލަތްތަކުގައި އެ މީހުންނަށް ބަރޯސާ ކުރެވޭ ގެޖެޓްއެކެވެ. މުމްބާއީއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ޑިވެލޮޕަރެއް ކަމަށްވާ ޝިތީޖް ޒޮޑާޕްގެ އެޕަލްގެ "އަލްޓްރާ ސްމާޓް ވޮޗް" އެނާގެ ފުރާނަ ސަލާމަތް ކޮށްދިން އާލާތަކަށް ބަދަލުވީ މިދިޔަ މަހު އިންޑީޔާގެ ޕުޑިޗެރީގައި ސްކޫބާ ޑައިވިން އެކްސްކާޝަނެއްގެ ތެރެއިންނެވެ.

ޕުޑިޗެރީގައި އޭނާގެ އިންސްޓްރަކްޓަރާއެކު ޑައިވް ކުރަމުން ދަނިކޮށް ކުއްލިއަކަށް އޭނާގެ ބަރުދަން ބެލްޓް ވެއްޓުމުން މައްޗަށް އަރަންފެށިއެވެ. މިފަދަ ހާލަތްތަކަކީ ޑީކޮމްޕްރެޝަން ސިކްނެސް (ޑީސީއެސް) އާއި ފުއްޕާމޭ އޯވަ އެކްސްޕެންޝަން ނުވަތަ ބޯޓެއްގައި ޖެހި އެކްސިޑެންޓުވުން ފަދަ މައްސަލަތައް ކުރިމަތިވެދާނެ ފަދަ ހާލަތްތެކެވެ.

ފީނަމުން ދަނިކޮށް ކަނޑު އަޑީގައި ވޮޗް އަލްޓްރާގެ އެލާމް ޖެހުމުން އޭނާ އަށް ވީ ކިހިނެއްތޯ ސުވާލު ކުރުމުން އޭނާ ބުނީ "އަހަރެން މުޅިން ފޯކަސް ކުރީ އެ މައްސަލަ ހައްލު ކުރަން، ހަލުވިކަމާއި އެކު މައްޗަށް އަރަމުން ދިޔަ ދިއުން ހުއްޓުވުމަށް އަވަހަށް އަޑިއަށް ފީނަން މަސައްކަތް ކުރަމުން ދިޔައިން".

އޭނާ ބުނި ގޮތުގައި އިންސްޓްރަކްޓަރާއެކު ޑައިވް ކުރަމުން ދަނިކޮށް އޭނާގެ ބަރުދަން ބެލްޓް ވެއްޓުމާއި އެކު ކުއްލިއަކަށް ވަރަށް ބާރަށް މައްޗަށް އަރަން ފެށުމުން ވޮޗް އަލްޓްރާ އިން ވަގުތުން އޭނާ އަށް ސްޕީޑް މަޑުކުރުމަށް އިންޒާރު ދިފައިވޭ. ކޮންޓްރޯލް ނުކުރެވޭ ގޮތަށް ހިފެހެއްޓުމެއް ނެތި ބާރު ސްޕީޑް ގައި މައްޗަށް އަރަން ފެށުމުން ދެން ޑިވައިސް އިން އިމަޖެންސީ އެލާމް އެކްޓިވޭޓް ކުރި އެވެ. ވިސިބިލިޓީ ދަށް ކަމުން އޭނާގެ ހާލަތު ކައިރީގައި ހުރި އޭނާގެ އިންސްޓްރަކްޓަރަށް ނުފެނުނު ނަމަވެސް ގަޑީގެ އިމަޖެންސީ އެލާމްގެ އަޑު އިވެން ފެށުމުން އަވަސް އަވަހަށް ފަތާފައި ގޮސް އެހީވާން ފެށިއެވެ.

މި ގަޑީގެ މި އޮޓޮމެޓިކް ރެސްޕޯންސް ނައި ނަމަ އޭނާގެ ފުރާނާ ނުރައްކަލަށް ވެއްޓިގެން ދާނެ ކަމަށް ޝިތީޖް އަށް ގަބޫލު ކުރެވުނެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ގަޑިން އެލާމް ނުޖެހި ނަމަ އެހީއަށް ގޮވަން އޭނާ އަށް ނޫޅެވުނީސް ކަމަށާއި އެ ވަގުތު އޭނާ ދިޔައީ ހާލަތު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންކަމަށެވެ.

އެ ތަޖުރިބާ އަކީ ހަގީގަތުގައި ވެސް ލޯ ހުޅުވިގެން ދިޔަ ތަޖުރިބާއެކެވެ. ޓެކްނޮލޮޖީ އަށް އޭނާ އަބަދުވެސް ޝައުގުވެރިވި ނަމަވެސް، އެޕަލް ވޮޗް އަލްޓްރާގައި މިފަދަ ފުރާނަ ސަލާމަތް ކުރުމުގެ ގާބިލްކަން ހުރިކަން އޭނާއަށް ނޭނގެ އެވެ. "ފަހަތަށް އެނބުރި ބަލާއިރު ހާލަތު ވަރަށް ގޯސްވެގެން ދިއުމުގެ ފުރުސަތު އޮތް، މިއީ އެޕަލް ވޮޗްގެ އާދައިގެ ފީޗާއެއް ނޫން. މިއީ ހުރިހާ ގޮތަކުން ވެސް ފުލް ކަސްޓަމައިޒްޑް ޑައިވް ކޮމްޕިއުޓަރެއްގެ ގޮތަށްވެސް ޑިޒައިން ކުރެވިފައިވާ ގަޑިއެއް" އޭނާ ބުންޏެވެ.

މިއީ ހަމައެކަނި ގަޑިއެއް ނޫނެވެ. އުނދަގޫ އަދި ނާޒުކު ހާލަތްތަކުގައި ވެސް އެއީ އިތުބާރު ހިފޭ އެއްޗެއް. އަދި މި ގަޑި ކުރަންޖެހޭ މަސައްކަތް އެއްވެސް އުނިކަމެއް ނެތި އަދާކުރެއެވެ.

ޝިތީޖް ވަނީ އެޕަލްގެ ސީއީއޯ ޓިމް ކުކް އަށް ވެސް ޝުކުރު އަދާ ކޮށްފައެވެ. އޭނާ އެޕަލް ކުންފުނީގެ ވެރިޔާއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ "އެޕަލް ވޮޗް އަލްޓްރާ ގެ ގާބިލްކަމާއި ހާއްސަ އިންޖިނިއަރިން އަދި ރައްކާތެރިކަމަށް ދޭ އަހައްމިއްޔަތުކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. އެންމެ މުހިންމު ވަގުތުތަކުގައި އެންމެ ފުރިހަމައަށް ޕާފޯމްކުރާ ޕްރޮޑަކްޓެއް އުފެއްދީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަން، މިއަދު ފުރާނަ ހުރީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން."

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.