ޕިންޓްރެސްޓް އަދި ވަޓްސްއެޕް ޗެނަލްތަކަށް ނިރުބަވެރި ފިކުރަށް ހިއްވަރުދޭ ކޮންޓެންޓް ހޯސްޓް ކުރުމުގެ ފުރުސަތު އޮތުމުން އެފުރުސަތު ބަންދުކުރުމަށް އަޔަލެންޑުގެ މީޑިއާ ރެގިއުލޭޓަރ ކޮމިސައަންއިން މި މަންސަތަކަށް އަންގައިފިއެވެ.
ނިރުބަވެރި ކޮންޓެންޓް ފެތުރުމަށް އެ ޕްލެޓްފޯމްތަކުގެ ހިދުމަތްތައް ބޭނުން ކުރުން ހުއްޓުވުމަށް މި މަންސަ ތަކުން އަވަސް ފިޔަވަޅުތަކެއް އަޅުމަށް މި އިންޒާރާއި އެކު މަޖުބޫރު ވެފައިވެއެވެ.
މި އެންގުން އަންގާފައިވަނީ ޔޫރަޕުގެ އިއްތިހާދުގެ ޓެރަރިސްޓް ކޮންޓެންޓް އޮންލައިން ރެގިއުލޭޝަން (ޓީސީއޯއާރް) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ޓީސީއޯއާރުގެ ދަށުން ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި އީޔޫގެ އިދާރާތަކުން ދޭއް ނުވަތަ އެއަށްވުރެ ގިނަ ފައިނަލް ރިމޫވަލް އޯޑަރު ލިބިފައިވާ ހޯސްޓިން ސާވިސް ޕްރޮވައިޑަރުންނަކީ ނިރުބަވެރި ކޮންޓެންޓްގެ ޝިކާރައަކަށް ވެފައިވާ ބައެއްގެ ގޮތުގައި ބެލެވިދާނެ އެވެ.
މީޑިއާ ކޮމިޝަނުން މިގޮތަށް ނިންމީ އެ މަންސަތަކާ ގުޅޭ ދެ ނުވަތަ އެއަށްވުރެ ގިނަ ފައިނަލް ރިމޫވް އޯޑަރުތައް ލިބުމުން އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ޕިންޓްރެސްޓް އާއި ވަޓްސްއެޕް އިން އެ ނިންމުން ލިބުނުތާ ތިން މަސް ދުވަހުގެ ތެރޭގައި ކޮމިޝަންއަށް އެ ކުންފުނިންތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު އަންގަން ޖެހެއެވެ. އަދި އެ ގަވާއިދާ ހިލާފުވެއްޖެ ނަމަ ޖޫރިމަނާ އާއި ކުރިމަތިލާން ޖެހޭނެއެވެ.
މިދިޔަ އަހަރު ވެސް ޓިކްޓޮކް، އެކްސް، އިންސްޓަގްރާމް އަދި ފޭސްބުކް އަށް ވެސް އެ ކޮމިޝަން އިން ވަނީ މިފަދަ އިންޒާރުތަކެއް ދީފަ އެވެ.
ނިރުބަވެރި ކޮންޓެންޓަކީ ނިރުބަވެރި އަމަލެއް ހިންގުމަށް ހިތްވަރު ދިނުމާއި، ބޮން ގޮއްވާލާ ތަކެއްޗާއި ހަތިޔާރު ނުވަތަ އެނޫންވެސް ހަތިޔާރު އުފެއްދުމާއި ބޭނުންކުރުމާ ގުޅޭ ގޮތުން ފަތުރާ ކޮންޓެންޓެކެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.