މޯލްޑިވްސް އިންޓަރނެޓް ގަވަރނަންސް ފޯރަމް 2025، އޮކްޓޯބަރ 24 އަދި 25 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގައި ބާއްވާ ތިންވަނަ އިންޓަނެޓް ގަވަރނަންސް ފޯރަމެވެ. ކުރީ އަހަރުތަކެކޭ އެއްފަދައިން މިފޯރަމްގައި މިފަހަރު ވެސް ފިޒިކަލް ސެޝަންތަކަކާއި އޮންލައިން ސެޝަންތަކެއް ކުރިއަށް ދާނެއެވެ. މިފޯރަމް މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖު، މާލޭގައެވެ.
މި އަހަރުގެ ފޯރަމްގެ ޝިއާރަކީ "ޖީލުތައް ގުޅުވައިލުން، ދިވެހިރާއްޖޭގެ ޑިޖިޓަލް މުސްތަޤްބަލު އެކުލަވާލުން" އެވެ.
މިއަހަރުގެ ފޯރަމް އިންތިޒާމްކުރަނީ ވިމެން އިން ޓެކް މޯލްޑިވްސް އާއި ވިލާ ކޮލެޖް ގުޅިގެން، އިންޓަނެޓް ސޮސައިޓީ ފައުންޑޭޝަންގެ އިންޓަނެޓް ގަވަރނަންސް ފޯރަމް އިވެންޓްސް ގްރާންޓް ޕްރޮގްރާމްގެ އެހީތެރިކަމާއެކުގައެވެ.
މޯލްޑިވްސް އިންޓަނެޓް ގަވަރނެންސް ފޯރަމްއަކީ ރާއްޖޭގައި އިންޓަނެޓް ހިންގުމާއި އިންޓަނެޓް ބޭނުންކުރުމުގައި ދިމާވާ މައްސަލަތަކާއި ގުޅޭގޮތުން އެކި ފަންތީގެ މީހުންގެ މަޝްވަރާއާއި ހިޔާލު ހޯދުމުގެ މަގްސަދުގައި އަހަރަކު އެއްފަހަރު ބާއްވާ ފޯރަމްއެކެވެ. މިފޯރަމްގައި ސަރުކާރާއި، އަމިއްލަ ފަރާތްތަކާއި، ތައުލީމީ ދާއިރާއާއި، މަދަނީ ޖަމިއްޔާތަކާއި ޒުވާނުން ބައިވެރިވާނެއެވެ. މިފޯރަމްގައި މިދާއިރާތައް ތަމްސީލުކުރާ މަންދޫބުން އެއްތަނަކަށް ޖަމާވެ، ގައުމީ ލެވެލްގައި ރާއްޖެއަށް މިދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކާއި އަދި ބައިނަލްއަގްވާމީ ކޮމިއުނިޓީތަކުގައި ރާއްޖެއަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރާނެއެވެ.
މިއިވެންޓް އިންތިޒާމް ކުރާ ފަރާތުން ހާމަކުރާ ގޮތުގައި އެހެން އަހަރު ތަކެކޭ އެއްފަދައިން މިއަހަރުވެސް މިފޯރަމް ވެގެން ދާނީ އިންޓަނެޓް ގަވަރނަންސް އަދި ޑިޖިޓަލް ސިޔާސަތުތަކާއި ގުޅޭ މުހިއްމު މަޝްވަރާތަކެއް ކުރިއަށް ދާނޭ މަންސައަކަށެވެ. އޭގެ އިތުރަށް މިއަހަރުގެ ފޯރަމްގައި ޒުވާނުންނަށް އަމާޒުކޮށްގެން ޔޫތު އައިޖީއެފް މޯލްޑިވްސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެފަރާތުން ހާއްސަކޮށް ފާހަގަކުރެއެވެ.
2025 ގެ އަައިޖީއެފްގެ މައިގަޑު ތީމްތަކަކީ،
1. ޑިޖިޓަލް ރެސިލިއަންސް އަދި ސެކިއުރިޓީއަށް އަޅާ ފިޔަވަޅުތައް - ސައިބަރ ސެކިއުރިޓީ، ޑޭޓާ ޕްރޮޓެކްޝަން، އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ޖަވާބުދާރީވުން ހަރުދަނާކުރުން.
2. މުސްތަގްބަލަށް ތައްޔާރު ޑިޖިޓަލް ޤައުމެއް ބިނާކުރުން - އީގަވަރނަންސް، ޑިޖިޓަލް އައިޑެންޓިޓީ، އަދި ޚިދުމަތްތައް ޑިޖިޓަލްކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި، ގަވާއިދުތަކާއި، މުއައްސަސާތަކުގެ އޮނިގަނޑު ހަރުދަނާކުރުން.
3. ޓެކްނޮލޮޖީގެ އެހީގައި އީޖާދީ އަދި ޒިންމާދާރު ކުރިއެރުން ގެނައުން - އޭއައި، ބްލޮކްޗެއިން، އައިއޯޓީ، ބިގް ޑޭޓާ، އަދި އެހެނިހެން އައު ޓެކްނޮލޮޖީތައް ޒިންމާދާރު ގޮތެއްގައި ބޭނުންކުރުން.
4. ގިނަ ފަރާތްތަކުގެ ބައިވެރިވުމާއެކު ޓެކްނޮލޮޖީ ބޭނުންކުރުން - އޭއައި ޓެކްނޮލޮޖީއާއި އެހެނިހެން ޑިޖިޓަލް ވަސީލަތްތަކަށް ގިނަ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނޭ ގޮތަށް އަދި އެއް ހަމައެއްގައި ބޭނުންކުރުމަށް މަގުފަހިކުރުން.
2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިފޯރަމްގައި އެކި ބާވަތުގެ ސެޝަންތަކެއް ކުރިއަށް ދާނެއެވެ. އޭގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް އާއި އެހެން އީޖާދީ ޓެކްނޮލޮޖީތަކާއި، ޑިޖިޓަލް ގަވަނަންސް، ޑޭޓާ ރައްކާތެރިކުރުމާއި، ހިދުމަތްތައް ޑިޖިޓަލައިޒްކުރުމާއި ގުޅޭ ޕެނަލް ޑިސްކަޝަންތަކާއި، ވޯކްޝޮޕްތަކާއި، ލައިޓްނިންގ ޓޯކް ފަދަ ސެޝަންތައް ކުރިއަށް ދާނެއެވެ. މި ސެޝަންތައް ކުރިއަށް ގެންދާނީ ކަމާބެހޭ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، އިނޮވޭޓަރުންނާއި، ތައުލީމީ ދާއިރާ އަދި މަދަނީ ޖަމިއްޔާތައް ތަމްސީލުކުރާ ތަޖުރިބާކާރުންނެވެ.
މޯލްޑިވްސް އައިޖީއެފްގެ ސެޝަންތަކުގެ އިތުރުން ޔޫތު އައިޖީއެފްގައި އޭއައިގެ ސަބަބުން ސޯޝަލް މީޑިއާއަށް ކުރާ އަސަރުތަކާއި، ޑިޖިޓަލް މަންސަތަކުގައި ދިމާވާ ރައްކާތެރިކަމުގެ މައްސަލަތައް ފަދަ ސުރުހީތަކަށް ޒުވާންނުންގެ ހިޔާލު ފާޅުކުރުމުގެ ސެޝަންތަކެއްވެސް ކުރިއަށް ދާނެއެވެ.
ފުރަތަމަ ދުވަސް (24 އޮކްޓޯބަރ) ހާއްސަކުރެވޭނީ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ މަޝްވަރާތަކާއި ވާހަކަތަކަށެވެ. އަދި ދެވަނަ ދުވަސް (25 އޮކްޓޯބަރ) ގައި އަލިއަޅުވާލާނީ ޤައުމީ ސިޔާސަތުތަކުގެ އިސްކަންދޭ ކަންކަމާއި އެކި އިދާރާތައް ގުޅިގެން މިދާއިރާ ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތަކަށެވެ.
މި އިވެންޓަކީ ހިލޭ ކުރިއަށް ގެންދެވޭ، އެންމެންނަށް ހުޅުވާލެވިފައިވާ އިވެންޓެކެވެ. ވިލާ ކޮލެޖްގައި ބާއްވާ ފިޒިކަލް ސެޝަންތަކުގައި ބޭނުންވާ ފަރާތްތަކުން ކޮލެޖަށް ވަޑައިގެން ބައިވެރިވެވޭނެއެވެ. އަދި އޮންލައިންކޮށް ކުރިއަށް ގެންދެވޭ ސެޝަންތަކުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.
އައިޖީއެފް 2025 އިވެންޓްގެ އިތުރު ތަފްސީލާއި ސެޝަންތައް ކުރިއަށް ދާނެގޮތުގެ މައުލޫމާތު މޯލްޑިވްސް އައިޖީއެފްގެ ވެބްސައިޓުގައި އަދި ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކުރަމުންދާނެއެވެ.
ފޭސްބުކް: /https://www.facebook.com/mvigf
އެކްސް: https://x.com/igfmv
މޯލްޑިވްސް އައިޖީއެފް އުފެދުނީ 2022 ވަނަ އަހަރުއެވެ. އަދި ރާއްޖޭގައި އައިޖީއެފް ބާއްވަން ފެށީ 2023 ވަނަ އަހަރުއެވެ. މޯލްޑިވްސް އައިޖީއެފްއަކީ އދ. އިން އިންތިޒާމްކުރާ ގްލޯބަލް އިންޓަނެޓް ގަވަރނަންސް ފޯރަމް އިކޯސިސްޓަމްގެ ބައެކެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް