ޓާސްކިން އަކީ ހުނަރުވެރި ދިވެހި ފްރީލާންސަރުންނާއި މަސައްކަތްތެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ހައްލެއް ގޮތުގައި ދިވެހި ޓީމެއް އުފައްދާފައިވާ ޕްލެޓްފޯމެކެވެ. މިއީ އަމިއްލައަށް އެކި މަސައްކަތްތައްކޮށް، މަސައްކަތް ހޯދާ މީހުންނަށް ވަރަށް ފަސޭހަވެގެންދާނެ ހައްލެއްކަމުގައި ފެނެއެވެ.
މަސައްކަތްކުރާ މީހުންނަށް:
މި އެޕްލިކޭޝަން މެދުވެރިކޮށް މަސައްކަތް ކުރާ މީހުންނަށް އެމީހުންގެ މަސައްކަތްތައް އަގާއިއެކު ކަސްޓަމަރުންނަށް ފޯރުކޮށްދީ އަމިއްލަ ޕޯޓްފޯލިއޯއެއް ހަދާލެވެއެވެ. މީގެ އިތުރުން، އާ މަސައްކަތުގެ ފުރުސަތުތައް ހޯދައި، ބިޑްކޮށް ކަސްޓަމަރުންނާއި މަސައްކަތްތެރިޔާ މި އެޕްލިކޭޝަން މެދުވެރިކޮށް ގުޅާލަދެއެވެ.
މެދުނުކެނޑި އާމްދަނީ ހޯދުމަށާއި ރިޕީޓް ކްލައިންޓުންގެ ގޮތުގައި ކަސްޓަމަރުން ދެމެހެއްޓުމަށް ހަފްތާއަކު ނުވަތަ މަހަކަށް ކުރާ މަސައްކަތެއް ކަމުގައިވެސް މި އެޕްލިކޭޝަން މެދުވެރިކޮށް މަސައްކަތްތެރިންނަށް މަސައްކަތް ކުރެވޭނެއެވެ.
މިގޮތަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ކަސްޓަމަރުންނަށް އަޕްޑޭޓް ގޮތުގައި ދީ، މުޢާމަލާތްކުރުމަށް ޓާސްކިންގެ ޗެޓް ބޭނުންކުރެވެއެވެ.
މަސައްކަތްކުރާ މީހުން ހޯދާ ކަސްޓަމަރުންނަށް:
އެކިކަހަލަ މަސައްކަތްކުރާމީހުން ހޯދުމަށް ޓާސްކިންގައި ޕޯސްޓްކޮށް ބިޑް ހޯދައި، ހުނަރުވެރި މަސައްކަތްތެރިން ހޯދާލެވެއެވެ. އަދި، މިމަސައްކަތްތައް ފޯރުކޮށްދޭ މީހުން ބަލާލައި އެމީހުންގެ ތެރެއިން ބޭނުންވާމީހާއަށް މަސައްކަތް ހަވާލުކޮށް އޭނާ މަސައްކަތް ފުރިހަމަކުރުމުން ރިވިއުއާއި ބެޖް ދެވޭނެއެވެ. މިކަމުން އެހެން ކަސްޓަމަރުންނަށްވެސް މަސައްކަތްތެރިންގެ ހުނަރާއި މަސައްކަތުގެ ފުރިހަމަކަން އެނގިގެންދާނެއެވެ.
ދެން ޓާސްކިންގައި ފާހަގަ ކޮށްލެވޭ ކަމަކީ ބޮޑު މަސައްކަތެއްނަމަ ޕްރޮޖެކްޓަކަށް ހަދާފައި މަސައްކަތްކުރާ އެންމެންގެ މަސައްކަތް އެއްތަނަކުން ޓްރެކްކޮށްލެވެއެވެ.
ޓާސްކިންއަކީ ވަކި ހުނަރަކަށް ބަރޯސާވެގެން ހަމައެކަނި އެކަމަށް ލިމިޓްވާ އެޕެއް ނޫނެވެ. މިއީ ހުރިހާ ހުނަރެއްގެ މަސައްކަތްތެރިންނަށްވެސް މަސައްކަތް ހޯދުމަށާއި މަސައްކަތް ކުރުމަށް ބޭނުންކުރެވިދާނެ ޕްލެޓްފޯމެކެވެ.
ދިވެހި އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް މި އެޕްލިކޭޝަންގައި ރަޖިސްޓްރީ ވެވޭނެއެވެ. އަދި ބޭރުމީހުންނަމަ ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިއަކުން މި އެޕްލިކޭޝަނަށް ވަދެވޭނެއެވެ. ހަމައެކަނި ދިވެހި އަމިއްލަފަރުދުންނަށް މިއެޕްލިކޭޝަން ހާއްސަވެފައިވަނީ ދިވެހި ޒުވާނުންނަށް ކުރިމަތިވެފައިވާ ވަޒީފާގެ ގޮންޖެހުންތަކަށް ހައްލެއް ދިނުމުގެ ބޭނުމުގައެވެ.
ޓާސްކިންގައި ރަޖިސްޓާ ވާފަރާތްތައް ކަށަވަރުކުރުމުގެ ފަހަތުގައި އާޓިފިޝަލް އިންޓަލިޖަންސްގެ އިތުރުން ދިވެހި ހުނަރުވެރި ޓީމެއްވެސް ވެއެވެ.
މިއީ ޓާސްކާ އާއި ކަސްޓަމަރާއި އޮންނަ މުޢާމަލާތުގެ ތެރޭގައި ކުރެވިގެންދާނެ ކަމެކެވެ. ނަމަވެސް، މި އެޕްލިކޭޝަންގައި ޓާސްކާރގެ ޕްރޮފައިލްގައި އޭނާގެ ބޭންކް އެކައުންޓު ނަންބަރު ހާމަކޮށްފައި ބެހެއްޓޭނެއެވެ. މިއީ އޭނާގެ ކަސްޓަމަރުން ޕޭމަންޓު ފޮނުވުމަށެވެ.
ޓާސްކިން މެދުވެރިކޮށް މަސައްކަތް ކުރަން ބޭނުންވާ އުމުރުން ދޮށީ މީހުން ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހުން، ނުވަތަ އެނޫންވެސް މީހުންނަށް އެހެން މީހެއްގެ އެހީގައި އެކައުންޓެއ ޓާސްކިންގައި އޮޕަރޭޓް ކޮށްލެވޭނެއެވެ.
މިއަށް ޓާސްކްއިންއިން ކިޔަނީ އެސިސްޓެޑް އެކައުންޓެވެ. އެކައުންޓް ހުޅުވާ ފަރާތައް އިތުރު އެކައުންޓެއް ހުޅުވައި އޭނާގެ އެކައުންޓުގެ ދަށުން ލިންކުކޮށް އެސިސްޓެޑް އެކައުންޓަކަށް ހަދާލެވޭނެއެވެ. މީގެ ސަބަބުން އެސިސްޓެޑް އެކައުންޓު އޮޕަރޭޓް ކުރުމަށް ފަސޭހަވެގެންދާނެއެވެ.
މިހާރު ނުވަތަ އެޕްލިކޭޝަން ލޯންޗުކުރާ މަހުގައި ރަޖިސްޓާރ ވާނަމަ 3 ބިޑް ހިލޭ ކުރެވި، ފައުންޑާރސް ބެޖެއް ޕްރޮފައިލަށް ލިބޭނެއެވެ.
ވަކިން އެކަނި މަސައްކަތް ކުރާ މީހެއް ނަމަ މަހަކު -/299ރ އަށް އަދި، އަހަރަކަށް ނަމަ -/3499ރ އަށް ސަބްސްކްރައިބް ކުރެވިދާނެއެވެ.
ވިޔަފާރިއެއްނަމަ މަހަކު -/499ރ އަށް އަދި، -/5899ރ އަށް ސަބްސްކްރައިބް ކުރެވޭނެއެވެ.
މިހާރުވެސް މި އެޕްލިކޭޝަނަށް ޓާސްކާއެއްގޮތަށް ރަޖިސްޓާވުމަށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓާވުމަށް ޓާސްކިންގެ ވެބްސައިޓުން ސައިންއަޕް ކޮށްލެވޭނެއެވެ.
ޓާސްކިންގެ ސޯޝަލްމީޑިއާ މެދުވެރިކޮށް އައި.އޯ.އެސް އަދި އެންޑްރޮއިޑް އެޕް ނެރޭނެ ވަގުތާއި ބެހޭގޮތުން އަޕްޑޭޓް ލިބޭނެއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.