މެދުއިރުމަތީގެ ހަނގުރާމައިގެ ނުތަނަވަސްކަމުގެ ތެރެގައި ސައުދީ އަރަބިއްޔާއިން ސެޓެލައިޓް ފޮޓޯ ނެގުމަށް އިންޑިއާގެ ސްޕޭސް ސްޓާޓްއަޕެއްގެ އެހީ ހޯދަން ފަށައިފިއެވެ. ގޫގަލް ގެ އެހީގައި ކުރިއަރަމުން އަންނަ ބެންގަލޫރުގެ ސްޓާޓްއަޕް 'ޕިކްސެލް' ގެ 18 ސެޓެލައިޓް ހިމެނޭ ފަޔާފްލައި ކޮންސްޓެލޭޝަންގެ ހައިޕަ ސްޕެކްޓްރަލް ފޮޓޯތައް ސައުދީ އަރަބިއްޔާގެ ގައުމީ ޕްލެޓްފޯމް ޔޫޕީ42 އަށް ހާއްސަ ސެޓެލައިޓް ޑޭޓާ ފޯރުކޮށްދޭނެ އެވެ. ވަކިން ޑޭޓާ ގަތުމުގެ ބަދަލުގައި ސައުދީގެ ސަލާމަތީ ދާއިރާގެ އޭޖެންސީތަކަށް މިހާރު މި ޕްލެޓްފޯމަށް ލޮގިން ވެ، ޕިކްސެލްގެ ފޮޓޯތަކަށް އެކްސެސް ކުރެވޭނެ އެވެ.
އެން.އެސް.ޖީ ޔޫ.ޕީ.42 ގައި ހައިޕަސްޕެކްޓްރަލް ކެޕޭސިޓީތައް އިންޓަރގްރޭޓް ކުރުމުގެ ސަބަބުން ސަޢުދީ ޢަރަބިއްޔާގެ ޖިއޯސްޕޭޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާވެ، ސަރުކާރުގެ އިދާރާތަކާއި، ރެގިއުލޭޓަރުންނާއި، ވިޔަފާރިތަކަށް ތިމާވެށީގެ މައުލޫމާތުތައް އަދި ސާފޭސް އިންޓެލިޖެންސް ފޯރުކޮށްދެވޭނެއެވެ.
ޕިކްސެލްގެ ސެޓެލައިޓްތަކުން ބިމުގެ އޮޕްޓިކަލް ފޮޓޯއެއް ނުނެގޭނެއެވެ. އެގެ ބަދަލުގައި އެ މަންސައިން 135 އަށް ވުރެ ގިނަ ސްޕެކްޓްރަލް ބޭންޑްތަކުގައި ސްޕެކްޓްރަލް ފޮޓޯ ނަގަ އެވެ. އޭގެ މާނައަކީ ތިރީގައިވާ ބިމުގެ ވަރަށް ސާފު ތަސްވީރެއް ހޯދުމަށްޓަކައި ފޮޓޯތައް ޕްރޮސެސް ކުރެވިދާނެއެވެ.
ޕިކްސެލް އިން ބުނި ގޮތުގައި ސައުދީ އަރަބިއްޔާ އަށް ފޯރުކޮށްދޭ ހައިޕަސްޕެކްޓްރަލް ޑޭޓާ ބޭނުންކުރާނީ މިނަރަލް ޑިޓެކްޝަން އަދި ރިސޯސް އެކްސްޕްލޮރޭޝަން، މައިން ސައިޓް ކްލޯޝަރ އަދި ރިހެބިލިޓޭޝަން މޮނިޓަރ ކުރުމަށާއި، ގަވައިދާ ހިލާފަށް މައިނިން ޑިޓެކްޝަން އަދި އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އާއި ސަސްޓެއިނަބިލިޓީ ރިޕޯޓިން ފަދަ އެޕްލިކޭޝަންތަކަށް އެހީތެރިވެދިނުމަށެވެ.
ޕިކްސެލްގެ ސެޓެލައިޓް އިމޭޖަރީގެ އަސްކަރީ ބޭނުންތަކާއކ ބެހޭ ގޮތުން ބަހެއް ބުނެފައި ނުވި ނަމަވެސް، ހައިޕަސްޕެކްޓްރަލް އިމޭޖިން އަކީ ދެ ބޭނުންކުރުމުގެ ގާބިލްކަން ލިބިފައިވާ އެއްޗެކެވެ. މިއީ ސަވައިލެންސް، ކެމޮފްލޭޖް ޑިޓެކްޝަން އަދި ބެޓްލް ޑެމޭޖް އެސެސްމަންޓަށް ބޭނުންކުރެވިދާނެ އެއްޗެކެވެ.
ޕިކްސެލް އަކީ ގޫގުލް، ރެޑިކަލް ވެންޗާސް، ލައިޓްސްޕީޑް، ގްލޭޑް ބްރޫކް ކެޕިޓަލް ޕާޓްނާސް އަދި އެމް އެންޑް ޖީ ކެޓަލިސްޓް ފަދަ އިންވެސްޓަރުންގެ ފަރާތުން 95 މިލިއަން ޑޮލަރު ހޯދާފައިވާ އިންޑިއާގެ ސްޕޭސް ސްޓާޓްއަޕްތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.