Download Logo
Copy Logo

ކުއަންޓަމް ނެވިގޭޝަން: ޖީޕީއެސް އާއި ނުލާ މަގު ދައްކައިދޭ ޓެކްނޮލޮޖީ

ހުސެއިން އާރިފް 08 އޭޕްރީލު 2026

ޔޫރަޕްގެ މަޝްހޫރު އެއިރޯސްޕޭސް ކުންފުނި އެއާބަސް އިން ދަނީ ޖީޕީއެސް ސިގްނަލަށް އިތުބާރު ނުކުރެވޭ ފަދަ ނުވަތަ މަސައްކަތް ނުކުރާފަދަ ހާލަތްތަކުގައި މަތިންދާބޯޓު ދަތުރުކުރަންވީ މަގު ދައްކައިދޭ "ކުއަންޓަމް ނެވިގޭޝަން" ސިސްޓަމެއް ތަޖުރިބާ ކުރަމުންނެވެ. މި އައު ޓެކްނޮލޮޖީ އަކީ ބިމުގެ މެގްނެޓިކް ފީލްޑް ދިރާސާ ކުރުމަށް ވަރަށް ސެންސިޓިވް ކުއަންޓަމް ސެންސަރ ބޭނުންކޮށްގެން، ސެޓެލައިޓް ބޭސްޑް ސިސްޓަމްތަކުގެ ބަދަލުގައި މަގު ދައްކައިދޭ ނިޒާމެކެވެ.

އަދުގެ ދުނިޔޭގައި މަދަނީ ވައިގެ ދަތުރުތަކުގައި އުޅަނދު އޮންނަ ތަން ދެނަގަތުމަށް ނުވަތަ ޕޮޒިޝަން ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވަނީ ގްލޯބަލް ނެވިގޭޝަން ސެޓެލައިޓް ސިސްޓަމް (ޖީއެންއެސްއެސް) އަށެވެ. ނަމަވެސް މި ސިގްނަލްތަކަކީ ވަރަށް ބަލިކަށި ސިގްނަލްތަކަކަށް ވާތީ، ޖޭމް ކުރަން ފަސޭހަ އަދި އޮޅުވާލުމަށް ފަސޭހަ ހިދުމަތަކަށް ވުމުން އޭގެ ނުރައްކާ ބޮޑުވެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއަށް އިތުބާރު ދަށްވާންފަށާފައިވެއެވެ. މިކަމުގެ ސަބަބުން ނާޒުކު އަދި ހަނގުރާމަވެރި މާހައުލުތަކުގައި އަދި ޖީޕީއެސް ސިގްނަލް ނުލިބޭ ތަންތަކުގައި އިތުބާރު ހިފޭ ގޮތަކަށް މަސައްކަތް ކުރެވޭނެ ހަރުދަނާ، މިނިވަން ނެވިގޭޝަން ސޮލިއުޝަންތައް ހޯދަން ޖެހިފަހިވެއެވެ.

ޖީޕީއެސް މަސައްކަތްކުރާ ގޮތުގެ މަންޒަރެއް

ކުއަންޓަމް ނެވިގޭޝަނަކީ ޖީޕީއެސް ނުލިބޭ ހާލަތްތަކަށް ރަނގަޅު ހައްލެކެވެ. މި ނިޒާމު މަސައްކަތް ކުރާގޮތަކީ ބިމުގެ ކްރަސްޓްގައި ހުންނަ މެގްނެޓައިޒްޑް މިނަރަލްސް ތަކަށް އަންނަ އެކި ލޮޅުންތަކުން އުފެދޭ ބަދަލު ދެނެގަނެ އޭގެ "ފިންގަޕްރިންޓް" ކުރަނީއެވެ. ރިއަލް ޓައިމް ސެންސަރ ޑޭޓާ އާއި މިހާރު ހުރި މެގްނެޓިކް މެޕްތަކާ އަޅާބަލާލުމުން، އެކްސްޓާނަލް ސިގްނަލްތަކަށް ބަރޯސާ ނުވެ، މަތިންދާބޯޓުގެ ޕޮޒިޝަން ރަނގަޅަށް ދެނެގަނެވޭނެއެވެ.

މެގްނެޓިކް އެނޯމަލީ ބޭސްޑް ނެވިގޭޝަން (މެގްނަވް) ގެ ނަމުން މަޝްހޫރުވެފައިވާ މި މަޝްރޫއުގައި އެޑްވާންސްޑް އަލްގޮރިދަމްތަކާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޖައްވުގެ ހާލަތްތަކާއި، އިރުގެ ހަކަތަ އަދި މަތިންދާބޯޓުގެ ސަބަބުން ކުރިމަތިވާ ހުރަސްތައް ދެނެގަނެވެއެވެ. އެއީ އިންސާނުން އުފައްދާ ސިގްނަލްތަކަށް ވުރެ ބޮޑަށް ބިމުގެ ގުދުރަތީ މެގްނެޓިކް ފީލްޑަށް ބަރޯސާވާ އެއްޗަކަށްވާތީ، މި ސިސްޓަމަކީ ޖޭމިން އާއި ސްޕޫފިން އަށް ހުރަސް އަޅާ، ޖީޕީއެސްގެ ސައްހަކަން ކަށަވަރު ކުރުމަށް އިތުބާރު ހިފޭ ވަސީލަތަކަށް ވާނެއެވެ.

އެއާބަސް އާއި އިންޑަސްޓްރީގެ ޕާޓްނަރުން ވަނީ ފްލައިޓް ޓެސްޓްތަކުގައި މި ޓެކްނޮލޮޖީ ދައްކާލައި، ޖީޕީއެސް ހިދުމަތް ނުލިބޭ ސިނާރިއޯތަކުގައި ކޮމާޝަލް ނެވިގޭޝަން ސްޓޭންޑަޑްތަކަށް ފެތޭ ނުވަތަ އެއަށް ވުރެ މަތީ ފެންވަރު ހާސިލްކޮށްފަ އެވެ. ސެޓެލައިޓް ނެވިގޭޝަން އެއްކޮށް ބަދަލުކޮށް ނުލެވުނު ނަމަވެސް ކުއަންޓަމް ނެވިގޭޝަން އަންނަނީ ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން ނެވެ. ކައިރި މުސްތަގުބަލެއްގައި ޖީޕީއެސް ގެ އިތުރުނުން ބެކްއަޕް އެއްގޮތުގައި މި ނިޒާމް ބޭނުން ކުރެވިގެން ދާނެއެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.