ޓްރަމްޕް މޮބައިލް ބްރޭންޑް އިން އެ ކުންފުނީގެ ޓީ1 ސްމާޓްފޯނުގެ ރީޑިޒައިން ފޯނެއް ތައާރަފްކޮށްފިއެވެ. މީގެ އިތުރުން އެކުންފުނީގެ ވެބްސައިޓްގެ ވެސް މުޅިން އައު ފަރުމާއެއް ނެރެފައިވެއެވެ. އަޕްޑޭޓް ކޮށްފައިވާ މި ފޯނުގައި ސިގްނޭޗާ ގޯލްޑް ފަރުމާ އަށް ބަދަލުގެނެސްފައި ނުވިނަމަވެސް، ކުދި ބަދަލުތަކެއްގެނެސް ފާޅުކަން ބޮޑު ނޫންގޮތަކަށް ވަތަނީ ސިފަތައް ހިމެނުމަށްފަހު ތައާރަފްކުރި މި ސާފު ބްރޭންޑާއި އެކު ކަސްޓަމަރުންގެ ހިތްގައިމުކަން އިތުރުުކުރުމަށް އެކުންފުނިން އުންމީދު ކުރެއެވެ.
އާ ޓީ1 މޮޑެލްގައި 6.78 އިންޗީގެ އޯލެޑް ޑިސްޕްލޭ އާއި ސްނެޕްޑްރެގަން 7 ސީރީޒްގެ ޕްރޮސެސާ އަދި 512 ޖީބީ އާ ހަމައަށް ސްޓޯރޭޖް ހިމެނެ އެވެ. މީގެ އިތުރުން ފާސްޓް ޗާޖިންގް ސަޕޯޓް އާއި އެކު 5،000 މިލިއެމްޕިއަރ ބެޓެރީއެއް ވެސް މި ފޯނުގައި ހިމަނާފައިވެ އެވެ. 3 ކެމެރާ ހިމެނޭ ސިސްޓަމް ޑިޒައިން އާއި އެކު ޖުމްލަ ޕާރޯމަންސް އާއި ޔޫސަބިލިޓީ ރަނގަޅު ކުރެވިފައިވާ މި ފޯނަކީ މިޑް ރޭންޖް ފޯނުތަކާއި ވާދަ ކުރެވޭނެ ފޯނެއްކަމަށް ބެލެވެއެވެ.
މި ބަދަލުތައް ގެނެސްފައިވާކަމަށް ގިނަ މަސްދަރުތަކުން ބުނި ނަމަވެސް، ފޯނުގެ މުހިންމު ތަފްސީލުތަކެއް އަދި ސާފެއް ނުވެ އެވެ. މި ޑިވައިސް އަދިވެސް އިޝްތިހާރު ކުރަނީ 499 ޑޮލަރަށެވެ. ނަމަވެސް ސީދާ ބާޒާރުގައި ވިއްކާނެ ދުވަހެއް އަދި ހާމަކޮށްފައިނުވެއެވެ. މީގެ ކުރިން މި ފޯނު "މޭޑް އިން ދަ ޔޫއެސްއޭ" އަށް ވާނެ ކަމަށް ބުނާ ވާހަކަ މިހާރު ވަނީ އުނިކޮށް، އޭގެ ބަދަލުގައި އެމެރިކާގެ އުފެއްދުންތެރިކަމާއި ތަރައްގީއަށް އިސްކަން ދޭ އާންމު ބަހުރުވަ ބޭނުންކޮށްފައިވެއެވެ.
ވެބްސައިޓުގެ އައު ފަރުމާގައި ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އާއި އެރިކް ޓްރަމްޕްގެ ބައިވެރިވުން ވަރަށް ބޮޑަށް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ސައިޓްގެ ބައެއް ބައިތައް ފުރިހަމަ ނުވާ ކަމަށް ބެލެވޭ އިރު، ކުދިކުދި މައްސަލަތަކެއް ހުރުމުން އެ ޕްލެޓްފޯމް އަދިވެސް ޑިވެލޮޕް ކުރަމުން އަންނަ ކަމަށް ބެލެވެ އެވެ.
މި ސްމާޓްފޯން އަލުން ޑިޒައިން ކުރުމުގެ ސަބަބުން ޓްރަމްޕް މޯބައިލް އަށް ކުރިއެރުން ލިބެމުންދާއިރު، ޓީ1 ސްމާޓްފޯން ގެ ޕްރޮޑަކްޝަން އާއި ލޯންޗުކުރުމުގެ ތާރީހާއި، އަގު އަދި ލިބެން ހުންނާނެ މިންވަރުތައް ފަދަ މުހިންމު މައުލޫމާތުތައް އަދި ސާފެއް ނުވުމުގެ ކަންބޮޑުވުންތައް ބައެއް ފަރާތަކުން ފާޅުކޮށްފައިވެއެވެ.
ހެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް