Download Logo
Copy Logo

ޖެމިނާއި އިން ހަދާ ފޮޓޯތަކާއި ވީޑިއޯގެ ވޯޓާމާކް މިހާރު ފޮރުވޭނެ

އަޝްނާ ރަޝީދު 20 އޯގަސްޓު 2026

ގޫގުލްއިން ޖެމިނާއި މެދުވެރިކޮށް އޭއައި ބޭނުންކޮށްގެން އުފައްދާ ތަކެތީގައިވާ ވޯޓާމާކް ފޮރުވުމުގެ ފުރުސަތު އެބަ ތައާރަފުކުރަމުންދެއެވެ. "މީޑިއާ ވޯޓާމާކް" ސެޓިންގް މެދުވެރިކޮށް އޭއައި މެދުވެރިކޮށް އުފައްދާ ފޮޓޯތަކާއި، ވީޑިއޯތަކާއި ލަވަތަކުގައިވާ ވޯޓާމާކް ފެންނަ ނުފެންނަ ގޮތް މިހާރު ހެދޭނެއެވެ. ޖެމިނައިއާއި ގޫގުލް ފްލޯގައި މި ފީޗަރ ޤާނޫނީގޮތުން ހުއްދަ ޤައުމުތަކުގައި ނެރެމުންދާއިރު، މުސްތަޤުބަލުގައި ޖެމިނައިގެ ސާރޗްގައި ވެސް މި ފީޗަރ ލިބިގެން ދާނެކަމަށް ގޫގަލްގެ ނައިބުރައިސް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ. ހުރިހާ ޔޫޒަރުންނަށް މި ފީޗަރ އަދި ލިބިފައި ނުވިޔަސް، މަޑުމަޑުން ގިނަ ޔޫޒަރުންނަށް މި ފީޗަރގެ ދޫކުރަމުންދާ ކަމަށް ހާމަކޮށްފައިވެއެވެ.


ނޭނޯ ބަނާނާއިން އުފައްދާފައިވާ ތަސްވީރުތަކާއި، އޮމްނީއިން ހަދާފައިވާ ވީޑިއޯތަކާއި، ލައިރިއާއިން އުފައްދާފައިވާ ލަވަތަކުގައިވެސް މި ފީޗަރު ލިބިގެންދާނެއެވެ. ޖެމިނާއިގައި ސެޓިންގސްއުން މީޑިއާ ވޯޓަރމާކް ސެޓިންގުން ޝޯ ވޯޓަރމާކް އޮޕްޝަނުން މެދުވެރިކޮށް ވޯޓަރމާކް ފޮރުވާ ދެއްކޭނެއެވެ. މީގެއިތުރުން، ފްލޯގައި ވޯޓަރމާކް ފޮރުވުމަށް ވިޒިބަލް ވޯޓަރމާކިންގ އޮޕްޝަން މެދުވެރިކޮށް ފޮރުވޭނެއެވެ. މިގޮތުން މި ފީޗަރު މެދުވެރިކޮށް ގޫގަލްގެ އެހެން ޕްރޮޑަކްޓްތަކާއި ކުރިން އޭއައި މެދުވެރިކޮށްފައި ހަދާފައިވާ ތަކެތީގެ ވޯޓަރމާކެއް ނުފޮރުވޭނެއެވެ.

މި ބަދަލުގެ ސަބަބުން އޭއައި މެދުވެރިކޮށް ކޮންޓެންޓް އުފެއްދިކަމުގެ ހެކި ފެންނަ ވޯޓަރމާކެއްގެ ބަދަލުގައި ގޫގަލްގެ ނުފެންނަ ސިންތްއައިޑީ ވޯޓަރމާކިންގ ސިސްޓަމްއަށް ބަރޯސާވެގެންދެއެވެ. މީގެ އިތުރުން އޭއައި މެދުވެރިކޮށް އުފައްދާ އެއްޗެހީގެ ފައިލްތަކުގައި C2PA ކޮންޓެންޓް ކްރިޑެންޝަލްތައް ވެސް ފެންނަ ވޯޓަރމާކެއް އޮތަސް ނެތަސް އެކުލެވިގެންދާނެއެވެ. މީގެ އިތުރުން، ފަސޭހަކަމާއެކު ގޫގަލުން އެކި ކޮންޓެންޓް އުފައްދާފައި ވަނީ އޭއައި މެދުވެރިކޮށްތޯ ބެލޭނެ ގޮތް ވެސް ވަނީ ތައާރަފުކޮށްފައެވެ.

މި ފީޗަރ މި ވަގުތު ހުރިހާ ޔޫޒަރުންނަކަށް ނުލިބޭނެއެވެ. މިގޮތުން، ޗައިނާއާއި އީޔޫގެ ބައެއް ޤައުމުތައް ފަދަ ޤާނޫނީ ގޮތުން ވޯޓަރމާކް މަޖުބޫރު ޤައުމުތަކަށް މި ފީޗަރ ނުލިބޭނެކަމަށް ފާހަގަކުރެވެއެވެ. އަދި އިންޑިއާ، ދެކުނު ކޮރެއާ އަދި ވިއެޓްނާމް ފަދަ ޤައުމުތަކުގައި މި ފީޗަރ ލިބޭނީ ހަމައެކަނި އޭއައި އަލްޓްރާ ޔޫޒަރުންނަށެވެ.

މީގެއިތުރުން އެހެން ފަރާތްތަކުންނަށް ވެސް C2PA ކޮންޓެންޓް ކްރެޑެންޝަލްތައް ބޭނުންކުރެވޭނެ ގޮތައް ކްރެޑެންޝިއޯ ކިޔާ އޯޕަން ސޯސް ++ C ލައިބްރަރީއެއް ވެސް ދޫކޮށްފައިވެއެވެ. މީގެ ސަބަބުން ރަްކާތެރި ކަމާއެކު އޭއައި މެދުވެރިކޮށް އުފައްދާ ކޮންޓެންޓް ފެންނަ ވޯޓަރމާކަކާއި ނުލައި ފާހަަގަކުރެވޭ ގޮތް އެހެން އެޕްތަކަށް ވެސް ފަހި ވެގެން ދާނެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.