"ހެކް މޯލްޑިވްސް" ގެ ނަމުގައި ބައިނަލް އަޤުވާމީ ހެކަތޯންއެއް

އަޙްމަދު އަޙްސަން 17 ޑިސެމްބަރު 2020

އިނޮވޭޝަން ޗެލެންޖްގެ 48 ވަނަ ހައިބްރިޑް ހެކްތޯން "ހެކްމޯލްޑިވްސް"ގެ ނަމުގައި ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ. މި އިނޮވޭޝަން ޗެލެންޖް އޮންނާނީ ޑިސެމްބަރ މަހުގެ 18 އިން 21 އަށެވެ.

އިނޮވޭޝަން ޗެލެންޖަކީ ޒުވާނުންނާއި މުޖުތަމަޢުގައި އެމީހުންގެ ތަފާތު އަދި މުޅިން އާއުފެއްދުންތައް ހިއްސާކޮށްލާނެ ފުރުސަތެއްގެ އިންތިޒާރުގައި ތިބި މީހުންނަށް އޮތް ރަނގަޅު ޕްލެޓްފޯމެކެވެ.

މޯލްޑިވްސް ޑިޖިޓަލް ސޮސައިޓީ އަދި ކަޒޫ މޯލްޑިވްސް އިން ހިންގާ "ހެކްމޯލްޑިވްސް" ޗެލެންޖްގެ ހިންގުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ, އައި.ބީ.އެމް ހައިޕަރ ޕްރޮޓެކްޓް އެކްސެލެރޭޓަރ އަދި ސައިރިކްސް ކޮލެޖް ހިމެނެއެވެ. އެހެންކަމުން ކުރު މުއްދަތެއްގެ ތެރޭގައި ޒުވާނުންގެ މޮޅު ޒަމާނީ އަދި ތަފާތު ހިޔާލުތަކަށް ބިނާކޮށް އުފެއްދުންތައް ހިއްސާކުރާ ފަރާތްތަކަށް ހުޅުވޭ ވަރަށް މުހިއްމު ކެރިއަރޕާތެކެވެ.

މުބާރާތެއްގެ ގޮތަށް ކުރިއަށްދާ މިޗެލެންޖްގައި ބައިވެރިވުމުގެ ފުރަސަތު ވަނީ ހުޅުވާލާފައެވެ. www.hackmaldives.com ސައިޓުން އޮންލައިކޮށް ފޯމް ސަބްމިޓް ކުރެވޭއިރު ވަކިވަކިން ނުވަތަ ޓީމެއްގެ ގޮތުގައިވެސް ބައިވެރިވެވިދާނެއެވެ. މި މުބާރާތުގެ ވަނަތަށް ހޮވަނީ ޖަޖުންގެ ޕެނަލް އަކުންނެވެ. އެއްވަނަ އަށް އަންނަ ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމް އަދި އެހެނިހެން ވަނަތަކަށް ޖުމްލަ 300،000 ރުފިޔާގެ އިނާމް ހިމެނެއެވެ.

މި ޗެލެންޖްގެ މައިގަނޑު މަޤުސަދުތަކުގެ ތެރޭގައި ޕާޓްނަރުން މެދުވެރިވެ ޒުވާނުން އެބަޔެއްގެ ގާބިލް ވަޒީފާތަކަށް ފުރުސަތު ހުޅުވުމާއި ޑިޖިޓަލް ސްކިލްސް އަދި ސޮފްޓް ސްކިލްސް އިތުރުވެ ޓެކްނޮލޮޖީ ބޭނުން ކޮއްގެން މައްސަލަތައް ހައްލު ކުރުމުގެ ސްކިލްސް ދަސްވެގެން ދާނެއެވެ. މީގެ އިތުރުން ޓެކްނޮލޮޖީގެ ދާއިރާ އިން އިތުރު ރައްޓެހިންނާނާއި ދިމާވެ އެއްކޮށް މަސައްކަތް ކުރާނެގޮތް ވެސް ދަސްވެގެންދާނެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.