އެޕަލް އެޕް ސްޓޯރުން މިއަހަރު ހޮވި އެންމެ މަޤްބޫލް އެޕް

ހުސެއިން އާރިފް 22 ޑިސެމްބަރު 2020
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އަހަރަކު އެއްފަހަރު އެޕަލް އެޕްސްޓޯރުން ހޮވާ އެންމެ މަޤްބޫލް އެޕްތަކުގެ ލިސްޓް މިއަހަރު ވެސް އާއްމުކޮށްފި އެވެ. އެޕް ސްޓޯރުގެ އެޑިޓަރުން ހޮވާ މިލިސްޓުން ޖާގަލިބެނީ އެޕްލިކޭޝަންގެ ކޮލިޓީ، އުފެއްދުންތެރިކަން، އަދި ބޭނުންތެރި މިންވަރާއި އެޕަލް ގެ ޓެކްނޮލޮޖީތައް ބޭނުންކުރާ މިންވަރަށް ރިއާޔަތްކުރުމަށް ފަހު އެވެ.

ދެހާސް ވިހި ވަނަ އަހަރުގެ އެންމެ މަޤްބޫލް އެޕްލިކޭޝަންތަކުގެ ލިސްޓްގައި ޕެންޑަމިކްގެ ހާލަތަކުގައި ގޭގައި ވަގުތުހޭދަކުރުމާއި ގެއިން މަސައްކަތްކުރުމަށް މަގުފަހިކޮށްދިނުމުގައި އެހީތެރިވެދިން ތަފާތު އެޕްތައް ހިމެނިފައިވެ އެވެ. މިގޮތުން ގޭގައި ތިބެގެން ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދިން "ވޭކްއައުޓް" އެޕް ވަނީ އަހަރުގެ އެންމެ މަޤްބޫލް އައިފޯން އެޕް ގޮތުގައި ހޮވާފަ އެވެ. އަދި ވީޑިއޯ ކޮންފަރެންސިންއަށް ޚާއްސަ "ޒޫމް"އަށް އަހަރުގެ އެންމެ މަޤްބޫލް އައިޕެޑް އެޕް މަޤާމް ލިބިފައިވެ އެވެ.

ފުރަބަންދުގައި ތިބި އާއިލާތަކަށް މުނިފޫހިފިލުވައި ދިނުމުގެ އެއްބައިވެރިއެއް ކަމުގައިވާ "ޑިޒްނީ+" ވަނީ އަހަރުގެ އެންމެ މަޤްބޫލް އެޕަލް ޓީވީ އެޕްގެ މަޤާމު ހާސިލް ކޮށްފަ އެވެ. އަދި އެޕަލް މެކް ބޭނުން ކުރާ ފަރާތްތަކުގެ ތެރޭގައި އެންމެ މަޤްބޫލް އެޕް އަކީ ގެއިން މަސައްކަތްކުރުމުގެ ނިއުނޯމަލް އަށް އެހީތެރިވެދިން "ފެންޓާސްޓިކަލް" އެވެ. އަރާމުކުރުމަށާއި ނިދި މެނޭޖްކުރުމަށް އެހީތެރިވެދޭ "އެންޑެލް" އަކީ އެޕަލް ވޮޗް އެޕް ތަކުގެ ތެރެއިން މިލިސްޓުން ޖާގަ ހޯދާފައިވާ އެޕް އެވެ.

އަހަރުގެ އެންމެ މަޤްބޫލް ގޭމްތައް

1. ގެންޝިން އިމްޕެކްޓް

2. ލެޖެންޑް އޮފް ރަންޓެރާ

3. ޑިސްކޯ އެލީސިއަމް

4. ޑަންޑަރާ ޓްރެއިލްސް އޮފް ފިއަރ

5. ސްނީކީ ސެސްކުއެޗް


އެޕަލް އިން ހޮވާފައިވާ އެޕް ޓްރެންޑްސް ތަކުގެ ތެރޭގައި ފާހަގަ ކުރެވިފައިވަނީ

1. ސެލްފް ކެއަރ އެޕް "ޝައިން"

2. ރިމޯޓް ލާނިންގް އެޕް "އެކްސްޕްލެއިން އެވްރީތިންގް ވައިޓްބޯޑް"

3. ފެމިލީ މެސެޖިންގް އެޕް "ކަރިބޫ"

4. ޗެރިޓީ އެޕް "ސެއަރދަމީލް"



ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.