އައިފޯން 13 ސީރީސްތައް އަންނަނީ ލައިޑަރ ސެންސަރ އާއިއެކު

އަޙްމަދު އަޙްސަން 26 ޑިސެމްބަރު 2020
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޕަލް ކުންފުނިން އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ އައިފޯން 13ގެ ހުރިހާ ސީރީސްއެއްގައި ލައިޑައ ސެންސަރ ބަހައްޓާނެ ކަމަށް އެކުންފުނިން ބުނެފިއެވެ. މިއަހަރު ތަޢާރަފުކުރި އައިފޯން މޮޑެލް ތަކުގެ ތެރެއިން މި ފީޗަރ ހަމައެކަނި އެކުލެވިގެންވަނީ އައިފޯން 12 ޕްރޯ ގައެވެ. އެ ކުންފުނިން މި އަހަރު ނެރުނު ފޯނުތަކުގެ ތެރޭގައި އައިފޯން 12، އައިފޯން 12 މިނީ، އައިފޯން 12 ޕްރޯ އަދި އައިފޯން 12 ޕްރޯ މެކްސް ހިމެނެއެވެ.

ލައިޑަރ ސެންސަރ އަކީ؟

ލައިޑަރ އަކީ ލައިޓް ޑެޓެކްޝަން އެންޑް ރޭންޖިންގ، މި ޓެކްނޮލޮޖީ އަކީ ކުރިންވެސް ބޭނުން ކުރެވެމުން އަނަން ޓެކްނޮލޮޖީއެކެވެ. ސައިންސްވެރިން މި ޓެކްނޮލޮޖީ ބޭނުން ކުރަނީ ލައިޑަރ ޑްރޯން މެދުވެރިކޮށް ދުނިޔޭގެ ބިމުގެ ދިރާސާތައް ކުރުމަށާއި އެތަނެއްގެ ބޮޑުކުޑަ މިން ދެނެގަތުމަށެވެ. ލައިޑަރ ސިސްޓަމުން އިންފްރާރެޑް ލައިޓް އޮބްޖެކްޓާއި ދިމާލަށް ފޮނުވާލައެވެ. މި އިންފްރާރެޑް ލައިޓް އެނބުރި ލައިޑަރ ސިސްޓަމުންގެ ސެންސަރ އަށް އައުމުން ދަތުރުކުރި މިސްރާބު އަދި ދުރުމިން ދެނެގަނެއެވެ. މީގެ ސަބަބުން އޮބްޖެކްޓްގެ ޝޭޕް ދެނެގަންނަން އަދި ކުރަހާލަން ފަސޭހަވެގެން ދެއެވެ.

މި ލައިޑަރ ސެންސަރގެ ސަބަބުން ކެމެރާ ބޭނުން ކުރާ އެޕްލިކޭޝަންތައް ކުރިއަށްވުރެ ބޮޑަށް އޮޕަރޭޓް ކުރަން ފަސޭހަވެގެން ދެއެވެ. ކައިރީގައިވާ މާހައުލު ދެނެގަނެ ލޯ ލައިޓްގަ އޮޓޯ ފޯކަސް އަވަހަށް ކުރުމާއި ރޭގަނޑުގެ ވަގުތު ފޮޓޯ ނަގަން ފަސޭހަ ވެގެންދެއެވެ.

މީގެ އިތުރުން އައިފޯން 13ގެ ފީޗަރސް ތަކަށް ބަލާއިރު ވައިޑް އޭންގަލް ކެމެރާ އެޕޭޗަރ f/1.8 އަށް އޮޓޯ ފޯކަސް އާއިއެކު އަޕްގްރޭޑް ވެގެން ދާނެއެވެ. އަދި މިފޯނުގައި އަލަށް އެކުލަވާލާ ވައިފައި 6އީ ގެ ސަބަބުން އިންޓަރނެޓް ޕަރފޯމަންސް އަވަސްވެ ލޭޓަންސީ ކުޑަވެ، އަވަސްކަމާއިއެކު ޑޭޓާ ފޮނުވާލެވޭނެއެވެ. މި ފޯނަކީ ބޮޑަށް ތްރީޑީ ސެންސިންގ އަށް ޙާއްސަކުރެވިގެން އުފައްދާ ފޯނެކެވެ.


އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.