އާދަކާދައިގެ މަތިން ކްރިސްމަސް ތަހުނިޔާ ކިއުމުގެ ގޮތުން ބަކިންގްހަމް ގަނޑުވަރުން އިންގިރޭސި ރާނީގެ ޙާއްސަ މެސެޖް އެއް މުޅި ދުނިޔެއަށް އާއްމު ކުރެއެވެ. މިއަހަރު ރަނީގެ މިމެސެޖް އިންގިރޭސި މީޑިއާތަކުގައި އާއްމު ކުރިވަގުތާއި ދިމާކޮށް ޗެނަލް 4 ނިއުސް ގެ ފަރާތުން ރާނީގެ ވީޑިއޯ ހަމަ ދާދި އެއްކަހަލަ ގޮތަކަށް އެހެންނަމަވެސް ވަރަށް ތަފާތު މެސެޖް އެއް ދީފައި ވެއެވެ. ރާނީގެ ސިފައިގައި ހުރި މީހަކު ޓިކްޓޯކް ވީޑީއޯ އަކަށް ވަރަށް ހެލިފެލި ވެލާފައި ނަޝާމަންޒަރުވެސް ފެނިގެން ގޮސްފައިވެއެވެ.
ޗެނަލް 4 އިން މިކަން ކޮށްފައިވަނީ ޑީޕް ފޭކް ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެކަމުގެ ސަބަބުން މީހުންނަށް އޮޅޭ ގޮތަށް ތެދު ނޫން މެސެޖް އާއްމު ކުރެވިދާނެ ކަމުގެ ޕްރޫފް އޮފް ކޮންސެޕްޓް އެއް ގޮތުގައި އެކަމުގެ ނުރައްކާ އަދި ޑީޕްފޭކް ޓެކްނޮލޮޖީ ކުރިއަރާފައިވާ މިންވަރު ދައްކުވައިދޭށެވެ. މިއީ މިސްއިންފޮމޭޝަން އާއި ދެކޮޅަށް ޗެނެލް 4 އިން ހިނގި އެވެއަރނެސް އެކެވެ. މި ވިޑޯއޯގެ ޒަރިއްޔާއިން ބެލުންތެރިނަށް ދިން އެންމެ ބޮޑު މެސެޖައަކީ އަހަރުމެނަށް އަބަދު މިފެންނަ އަޑު ތަކާއި މަންޒަރުތަކަކީ ހަމަ ސައްހަ ތަކެތި ބާއެވެ. މިގޮތަށް އާލްޓަނޭޓިވް މެސެޖެއް އާއްމުކުރުމަކީ އަލަށް އެޗެނަލް އިން ކުރިކަމެއް ނޫނެވެ. 1993 އިން ފެށިގެން ޗެނަލް 4 އިން ވަނީ ރާނީގެ މެސެޖް އަށް ރެސްޕޯންސް ގެ ގޮތުގައި ތަފާތު މެސެޖްތައް ދީފައި އެވެ.
ޑީޕް ފޭކް ޓެކްނޮލޮޖީ އަކީ އާޓިފިޝަލް އިންޓެލިޖެންސް ގެ އެހީގައި ވީޑިއޯ ތަކުގައި ފެންނަ މީހުންގެ އަޑާއި މަންޒަރު ބަދަލުގެންސްގެން އެފަދައިން އެޑިޓް ކުރާމީހުން ބޭނުންވާފަދަ ބަދަލުތައް ގެނެވޭ ފަދަ ވަރުގަދަ މިސް އިންފޮމޭޝަން އަދި ޕްރޮޕަގެންޑާ ޓޫލް އެކެވެ. ބައެއް ފަހަރު ފޮޓޯ އެއް އެނިމޭޓް ކޮށްލައިގެން ވީޑިއޯ އެއް ގޮތަށް ބަދަލު ގެނެސްލާފަދަ ވަރުގަދަ ޓެކްނޮލޮޖީ އެކެވެ. ތަފާތު އެކި އެޕްލިކޭޝަންތައް ބޭނުން ކޮށްގެން މަންޒަރާއި ވީޑީއޯ އަށް ބަދަލު ގެނައުމަކީ ވިޝުއަލް އިފެކްޓްސް އާޓިސްޓުން ގިނަ ޒަމާންތަކެއް ވަންދެން ކުރަމުންގެންދާ ކަމެކެވެ. ނަމަވެސް ޑީޕް ފޭކް ޓެކްނޮލޮޖީގެ ޙާއްސަ ކަމަކީ މެޝިން ލަރނިންގް އަދި އާޓިފިޝަލް އިންޓެލިޖެންސް ގެ އެހީގައި ހަލުވި ކަމާއި އެކު އަސްލާއި ވަރަށް ޤާތްކޮށް މިފަދަ ބަދަލުތަށް ގެނައުމެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.