އިންޓަނެޓަކީ އަސާސީ ހައްގެއް

އަޙްމަދު ނިޔާޒް 13 ސެޕްޓެމްބަރު 2020

ކެއިން ބުއިމާއި މީހުންނާ އިނުމަކީ އަސާސީ ހައްގު ކަމަށް ބަލަމާ އެވެ. އިންޓަނެޓަކީ ވެސް މިހާ މުހިންމު އެއްޗެއް ގޮތުގައި ގިންތިކުރެވެން ޖެހޭ ކަމަށް ވަކާލާތުކުރަމެ އެވެ.

އިންޓަނެޓަކީ އަސާސީ ހައްގެއް ކަމަށް، ޔޫއެންގެ ގުނަވަންތަކުން ވެސް ގަބޫލުކުރެ އެވެ. މި ބުނުން ދެމެހެއްޓުމަށް 2016 ވަނަ އަހަރު ޔޫއެން ކައުންސިލްތަކުގައި މަޝްވަރާކުރެވުނު ނަމަވެސް، އިންޓަނެޓަކީ އަސާސީ ހައްގެއް ގޮތުގައި މުޅި ދުނިޔެ އަދި ބަލައިގެންފައި ނުވެ އެވެ.

އެކުވެރި ދައުލަތްތައް ގުޅިގެން ހިންގާ ޖަމާއަތްތަކުން، އިންޓަނެޓާ މެދު އުސޫލުތަކެއް ކަނޑައެޅި ނަމަވެސް، ދުނިޔޭގައި އަދި ވެސް ގިނައީ އިންޓަނެޓް ނުލިބޭ މީހުންނެވެ. އިންޓަނެޓަކީ އަސާސީ ބޭނުމެއް ކަމަށް ކަނޑަނޭޅިގެން އުޅެނީ މި ސަބަބާ ހެދި އެވެ.

އަސީސީ ހައްގަކީ އެ އެއްޗަކާ ނުލައި ދިރިއުޅުން އުނދަގޫ ކޮންމެ އެއްޗެެއް ކަމަށް ވާ ނަމަ، ލިސްޓް ވަރަށް ދިގުވެގެން ދާނެ އެވެ. އެހެން ނަމަވެސް، އެ އެއްޗަކާ ނުލައި ދިރިނޫޅެވޭ އެއްޗެއް ނަމަ އެއީ އަސާސީ ހައްގެ ގޮތުގައި ލިސްޓްކުރުން އައުލާކަން ބޮޑެވެ. ދުނިޔޭގެ އާބާދީގެ ބޮޑު ބައި، އިންޓަނެޓާ ނުލައި ދިރިއުޅޭއިރު، އަސާސީ ހައްގަކަށް އިންޓަނެޓް ވަނީ ކިހިނަކުން ހެއްޔެވެ؟

އިންޓަނެޓަކީ އަސާސީ ހައްގެއް ގޮތުގައި ކަނޑަނޭޅިޔަސް، އެއީ ބޮޑު ފަސޭހައެކެވެ. މުޅި ދުނިޔެ އަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް ސެޕޭސްއެކްސް، ފޭސްބުކް އަދި ސްޓާލިންކް ފަދަ ގުރޫޕްތަކުން މަސައްކަތްކުރަނީ، އާބާދީތަކަށް ލުއި ފަސޭހަކޮށްދިނުމަށެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.