އެލްޖީ ސްމާޓްފޯނުތަކުގައި ފިޔަފަޅައިފި

އަޙްމަދު ނިޔާޒް 15 ސެޕްޓެމްބަރު 2020

މިއީ "އެލްޖީ ވިންގް 5ޖީ" އެވެ. ސްމާޓްފޯން މާކެޓްގައި އެލްޖީގެ އަޑެއްބަޑެއް ނެތި ދުވަސްތަކެއް ވާއިތުވެ ހިނގައްޖެ އެވެ. އެ އަށް ފަހު އާންމުނަށް ހަމަ އަށް އައިއިރު އެލްޖީ ސްމާޓްފޯނުތަކުގައި މިހިރީ ފިޔަފަޅާފަ އެވެ.

ސްމާޓްފޯން މާކެޓްގައި މިހާރު އޮތް ވާދަވެރިކަމަކީ ފޯނެއް ފަތްޖެހޭތޯ ބެލުމެވެ. އެއް ބަޔަކަށް ވުރެ މޮޅު ގޮތަކަށް ފަތްޖެހި ފޯނެއް އުފައްދަން ކުރި ވާދާގައި، އެލްޖީ އަށް މި އޮތީ ބުރަފައްޗެއް ސިފަކުރެވިފަ އެވެ. ބަލާބެލުމަށް އައިބު ސިފައެއް ތަސައްވުރު ކުރެވުނު ނަމަވެސް، އެލްޖީން ބުނަނީ އުފެއްދުންތެރިކަން އިހުނަށް ވުރެ ކުރިއަރައި ހިނގައްޖެ ކަމަށެވެ.

އެލްޖީ ވިންގް 5ޖީ މިވަނީ ޒަމާން ސްމާޓްފޯނުން ބޭރުކޮށްފަ އެވެ. ފޯނެއްގެ ބޭނުން ހިފުނު ނަމަވެސް، މި ފޯނުގެ އެންމެ މުހިންމު ބޭނުންތައް އަމާޒުވަނީ އެހެން ދިމާއަކަށެވެ. ގޭމްކުޅުމަށެވެ. "މަލްޓީޓާސްކިން" އަދި "ކޮންޓެންޓް" އުފެއްދުމަށެވެ. ޑިޒައިންކުރުން، ކުރެހުން އަދި ފޮޓޯގްރަފީ އަށެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.