ސައިބަރ ސްމާޓް ކެމްޕޭން ލޯންޗްކުރުން

ހިންދު ޢަލީ 09 ފެބްރުއަރީ 2021

ސޭފަރ އިންޓަރނެޓް ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޔުނިސެފާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން "ސައިބަރ ސްމާޓް" ނަމުގައި ކެމްޕޭނެއް ތަޢާރަފްކޮށްފިއެވެ.

މިއަދު އެޑިޔުކޭޝަން މިނިސްޓްރީއިން އޮންލައިންކޮށް ބޭއްވި އިވެންޓެއްގައި ލޯންޗްކުރި، މިޕްރޮޖެކްޓަކީ ސްކޫލް ކުދިން ކިޔެވުމަށާއި އެހެން ބޭނުންތަކަށް ރައްކާތެރިކޮށް އިންޓަރނެޓް ބޭނުންކުރުމާބެހޭ މަޢުލޫމާތު ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަގުސަދު ހާސިލްކުރުމަށްޓަކައި އިންޓަރނެޓް ސޭފްޓީއާއި އޮންލައިން ލަރނިންގ ފަދަ މައުލޫއާއިގުޅޭ މަޢުލޫމާތު، ޕޯސްޓަރ، ވީޑިއޯ ފަދަ ތަކެތި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާ ކުރެވިގެންދާނެއެވެ. މި ތަކެތި ހާއްސަކުރެވޭނީ ކުރެވެނީ އެކި އެކި އުމުރުފުރާގެ ކުދިންނާއި ގުޅޭ މަޢުލޫއުތަކަށެވެ. ކުދިންގެ އިތުރުން ބެލެނިވެރިންނަށާއި ޓީޗަރުންނަށް އަމާޒުކޮށްގެން ވެސް ބައެއް ކޮންޓެންޓް އުފެއްދުމަށް ވަނީ ރާވާފައެވެ.

މި ކެމްޕޭނުގައި ތައްޔާރުކުރާ ކޮންޓެންޓުން ފެންނާނީ ކުދިންގެ އުމުރާއި ގުޅޭ އެކުދިންނާއި ރިލޭޓްކުރެވޭ ކަހަލަ ކެރެކްޓާތަކެކެވެ. އިންޓަރނެޓް ބޭނުންކުރުމުގައި ކުދިންނާއި ދިމާވާ އެކިއެކި ހާލަތްތަކުގައި ކަންތައްކުރާނެ ރަނގަޅުގޮތްތައް މިކެރެކްޓާތައް މެދުވެރިކޮށް ކުދިންނާއި ހިއްސާކުރެވޭނެއެވެ. އެގޮތުން މިއަދުގެ އިވެންޓްގައި ކެމްޕޭންގެ ފުރަތަމަ މަޢުލޫއު ކަމަށްވާ "ޝެއަރިންގ ޕްރައިވެޓް އެންޑް ޕަރސަނަލް އިންފޮމޭޝަން އޮންލައިން" އަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރާއި، ވީޑިއޯގެ ޓްރެއިލަރއެއް ދައްކާލެވުނެވެ.

މި ކެމްޕޭނަކީ ޔުނިސެފްގެ އެހީގައި ވިމެން އިން ޓެކް މޯލްޑިވްސްއިން ހިންގާ އިންޓަރނެޓް ސޭފްޓީ ޕްރޮޖެކްޓްގެ ބައެކެވެ. މި ޕްރޮޖެކްޓަކީ، އޮންލައިން ލަރނިންގ ކުރިއަށްދާއިރު އިންޓަރނެޓް ރައްކާތެރިކޮށް ބޭނުންކުރުމުގެ މަޢުލޫމާތު ދިނުމަށާއި ކުދިންނާއި، ބެލެނިވެރިންނާއި ޓީޗަރުންގެ މެދުގައި މިކަމާގުޅޭ ހޭލުންތެރިކަން އިތުރު ކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

ޕްރޮޖެކްޓްގެ އިތުރު ބައިތަކުގެ ތެރޭގައި މި ޕްރޮގްރާމްގެ ދަށުން ތައްޔާރުކުރެވޭ ރިސޯސަސް އެއްތަނަކުން ފެންނާނެ ފަދަ ވެބް ޕްލެޓްފޯމެއް ތައްޔާރުކުރުމާއި، ކުދިންނާއި އެހެނިހެން ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ޗެޓްބޮޓެއް ތައްޔާރުކުރުންވެސް ހިމެނެއެވެ. މި ޗެޓްބޮޓުގައި ވެސް އިންޓަރނެޓް ސޭފްޓީއާއިގުޅޭ ކުއިޒާއި މަޢުލޫމާތު ހިމެނޭނެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.