ޓްވިޓާއިން "މެމްފިސް" ލަފްޒު ބޭނުންކުރި މީހުން ބްލޮކް ކޮށްފި

އަޙްމަދު އަޙްސަން 16 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓްވިޓާ އިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުންޏަށް ވަނީ އޮޅިގެން މެމްފިސް މި ލަފްޒު ޓްވީޓް ކުރި އެކައުންޓްތަށް ބްލޮކްކުރެވިފައިއެވެ. އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަ ދިމާވާން މެދުވެރިވީ ބަގް އެއްގެ ސަބަބުންނެވެ. އަދި މިހާރު މި މައްސަލަ ހައްލުކޮށް މި މައްސަލަ އާއި ގުޅިގެން ފިޔަވަޅުއަޅާފައިވާ އެކައުންޓްތަށް ރީސްޓޯކުރެވިފައިވާ ކަމަށްވެސް އެކުންފުނިންވަނީ ހާމަކޮށްފައިއެވެ.

އެގޮތުން އެކުންފުނިން ކޮށްފައިވާ ޓްވީޓެއްގައި ޓްވިޓާއިން ހާމަކޮށްފައިވަނީ މެމްފިސް މި ލަފްޒު ޓްވީޓްކޮށްފައިވާ އެކައުންޓުތަށް ވަގުތީގޮތުން ބްލޮކްކުރެވުނީ ބަގް އެއްގެ ސަބަބުން ކަމަށެވެ. އަދި އެމައްސަލަ ހައްލުކޮށް ފައިވާ ކަމަށްވެސް އެ ޓްވީޓްގައި ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ދިމާވި މައްސަލައަށް މައާފަށް އެދިފައިވެސް ވެއެވެ.

މެމްފިސް އަކީ އެމެރިކާގެ އަވަށަކަށް ކިޔާނަމެކެވެ. އެމެރިކާގެ ތާރިޙްގެ ރަންސޮފްހާ ތަކުން ޖާގަ ހޯދާފައިވާ ޝަރަފުވެރި އަވަށެކެވެ. އެހެންކަމުން އެ ބަސް ސެންސަރު ކުރުން ވެގެން ގޮސްފައި ވަނީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމަކަށެވެ.

ޓްވިޓާ އިން މިމައްސަލަ ދިމާވި ގޮތާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ. އަދި މީގެ އިތުރުން މިކަމާއި ގުޅިގެން މައްސަލަ ދިމާވީ ކިތަށް އެކައުންޓަށްތޯވެސް އެކުންފުނިން ހާމަކޮށްފައިނުވެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.