ވެކްސިން އާއި ގުޅުންހުރި ސުވަލުތައް ގިނަ ބަޔަކު ނުރަނގަޅު އީމެއިލް އަކަށް ފޮނުވަމުން ގެންދާކަމަށް މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ވިދާޅުވެއްޖެއެވެ. ޑރ ނިޔާފް މިހެން ވިދާޅުވެފައި ވަނީ ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓް އެއްގައެވެ. ނިޔާފް ގެ ރަހުމަތްތެރިއަކު ފޮނުވާފައިވާ މެސެޖްތަކެއް އެޓޭޗް ކުރެއްވުމަށްފަހު ނިޔާފް ވިދާޅުވެފައި ވެކްސިނާއި ގުޅުންހުރި ސުވާލުތަކާއި ކަނބޮޑުވުންތައް އަދި ހާއްސަކޮށް ޒާތީ މައުލޫމާތު ފޮނުވާއިރު ރަނގަޅު އީމެއިލަށްކަން ފޮނުވެނީ ޔަގީން ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
ޑރ ނިޔާފް ގެ ރަހުމަތްތެރިޔާ ކޮށްފައިވާ މެސެޖްގައި ވަނީ އޭނާގެ ޑޮމެއިން އެއް ކަމުގައިވާ ހެލްޕް.އެމްވީ ގެ މެއިލް އަކަށް ގިނަ ބަޔަކު އޮޅިގެން ވެކްސިން ސުވާލުތަކާއި އައިޑީ ކާޑުގެ ކޮޕީވެސް ފޮނުވަމުން ގެންދާކަމަށާއި މިކަމާއި ގުޅިގެން އެނާ އަމަލު ކުރަން އެންމް ރަނގަޅުގޮތަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ނިޔާފް ވިދާޅުވެފައި ވަނީ އެންމެ ރަނގަޅު ގޮތަކީ އާންމުކޮށް އިއުލާނު ކުރުން ކަމަށާއި މެއިލް ލިޔުމުގައި ސަމާލު ވުމަށް އެދި ނިޔާފް އަށް ޓުވީޓް ކުރެއްވެވިދާނެ ކަމަށެވެ.
ވެކްސިން އާއި ގުޅުންހުރި ސުވާލުތަކާއި ބަޔެއް ހިދުމަތްތަކަށް އެދުމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާއްސަ ކޮށްފައިވާ އީމެއިލް އެޑްރެސް އަކީ vaccine@health.gov.mv އެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖެއިން ބޭރުގައި ޖެހުމަށްފަހު ދެވަނަ ޑޯޒް ރާއްޖޭގައި ޖެހުމަށް އެދޭ ފަރާތްތަކުން ލިޔެކިޔުންތައް ފޮނުވުމަށް އެދިފައި ވަނީ ވެސް މި އީމެއިލް އަށެވެ. އީމެއިލް މެދުވެރިކޮށް މިފަދަ ޒާތީ މައުލޫމާތުތައް ފޮނުވާއިރު ސައްހަ އީމެއިލް ކަން ކަށަވަރު ކުރުމަކީ ޒަތީ މައުލޫމާތު ރައްކާތެރި ކުރުމަށް ވަރަށް މުހިންމު ކަމެކެވެ.
ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް