ދިވެހި ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ގައި ބައިވެރިވާން އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން މިއަދު ހުޅުވާލައިފިއެވެ.
މި މިޝަންގައި ބައިވެރިވެވޭނީ އެއިރޮސްޕޭސް އިންޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިން ފަދަ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރ ހާސިލުކޮށްފައިވާ އުމުރުން 35 އަހަރު ނުފުރޭ ދިވެހިންނަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އައިޖީއެސް ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިމަހުގެ 7 ވަނަ ދުވަހުގެ ކުރިން އެޕްލައިކުރުމަށް އައިޖީއެސް އިން އެދެއެވެ. މި މިޝަން ގައި ބައިވެރިކުރުމަށް ނަގާނީ ޖުމްލަ 12 ދިވެހިންނެވެ.
މިޝަންއަށް ހޮވޭ ފަރާތް ތައް ތަމްރ ނުކުރާނ އެމެރިކާގެ ތަޖުރިބާކަރުންގެ ޓީމަކުންނެވެ.
ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ކުރިއަށްގެންދާ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) ގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވިގޮތުގައި މުޅިން ހިލޭ ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް 'ނެނޯ ސެޓެލައިޓް އިންޖިނިއަރިންގ ޕްރޮފެޝަނަލް' ސެޓްފިކެޓް ލިބޭނެއެވެ. މިއީ ސްޕޭސް އިންޑަސްޓްރީ އިން ގަބޫލުކުރާ ސެޓްފިކެޓެވެ.
"ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް އުފައްދާނީ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކުން. އަޅުގަނޑުމެން މުޅި މިޝަން ރާވާފައިވަނީ ފުލްޓައިމް ވަޒީފާގައި އުޅޭ ޒުވާނުންނަށްވެސް ބައިވެރިވެވޭ ގޮތަށް. އެހެންވީމާ ވަޒީފާއިން ވަކިނުވެ މި ތާރީހީ މަސައްކަތުގައި ބައިވެރިވެވޭނެ" ރިފްއަތު ވިދާޅުވިއެވެ.
ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރި ކަމާއެކު އެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސް ސައިންސްވެރިންނާއި ތަޖުރިބާކާރުން ހަރަކާތްތެރިވެއެވެ.
ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓަށް ބޭނުންވާ ހާޑްވެއަރ ސަޕްލައިކޮށް، ދިވެހިން ތަމްރީނުކުރުމުގެ އިތުރުން ސެޓެލައިޓް ލޯންޗްކުރުމުގައިވެސް ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުން އައިޖީއެސް އަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އިތުރަށް ވިދާޅުވިމަށް : ރާއްޖޭގެ ސްޕޭސް މިޝަންގެ ޑައިރެޓަރަކު ހަމަޖައްސައިފި
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް