އެކި ވެބްސައިޓް ތަކުންނާއި އެޕްލިކޭޝަންތަށް މެދުވެރިކޮށް އެކުންފުނިން އެއްކުރާ ޓްރެކިން ޑޭޓާ އަކީ ފޭސްބުކް ހިލޭ ބޭނުންކުރުމަށް އެހީތެރިވެދޭ އެއްޗެއް ކަމުގައި ފޭސްބުކް އިން ހާމަކޮށްފިއެވެ. އެގޮތުން ފޭސްބުން އިންވަނީ އައިއޯއެސް 14 ގައި ހިމެނޭ ޕްރައިވަސީ އަޕްޑޭޓްތަކާއި ދެކޮޅަށް އެކުންފުނިން ކުރަމުންދާ ކެމްޕޭންގެ ތެރެއިން އެކުންފުނީގެ އައިއޯއެސް އެޕްލިކޭޝަންތަކުގައި މިފަދަ މެސެޖެއް ހިމަނާފައިއެވެ. މިފަދަ މެސެޖެއް އިންސްޓަގްރާމްގެ އައިއޯއެސް އެޕްލިކޭޝަނުންވެސް ވަނީ ފެނިފައިއެވެ.
ފޭސްބުކް އިން ހާމަކުރާ ގޮތުގައި މި މެސެޖްތަކަކީ އެކުންފުނީގެ އެޕްލިކޭޝަންތަށް ބޭނުންކުރާ ފަރާތްތަކަށް އެކުންފުނިން ޑާޓާ ބޭނުންކުރާގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހިމަނާފައިވާ އެޑިއުކޭޝަނަލް ސްކްރީންތަކެކެވެ. މީގެ އިތުރުން ފޭސްބުކް އިން ބުނެފައިވަނީ ޓްރެކިން ޑޭޓާ އަކީ އެމީހަކާއި އެންމެ ގުޅޭ އިޝްތިހާރުތަށް އެމީހަކަށް ދެއްކުމަށްޓަކައި އެކުންފުނިން ބޭނުންކުރާ ވަސީލަތެއްކަމަށެވެ. އަދި މި ޑޭޓާގެ ސަބަބުން ވިޔަފާރިތަކަށް ފައިދާވުމުގެ އިތުރަށް ފޭސްބުކްގެ ހިދުމަތްތަށް ހިލޭ ފޯރުކޮށްދިނުމަށްވެސް މަގުފަހި ވެގެންދާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
އެޕަލް ގެ އައިއޯއެސް 14 އިން ފެށިގެން ފަހުގެ ވާޝަންތަކުގައި އެކުންފުނީގެ ކަސްޓަމަރުންގެ އެޕަލް އައިޑީ ފޯ އެޑްވަޓައިޒާސް އިޝްތިހާރުކުރާ ފަރާތްތަކަށް ދެވޭނީ އެމީހުންގެ ރުހުން ހޯދުމަށްފަހުގައިއެވެ. ނަމަވެސް އެޕްލިކޭޝަންތަކުން ހޯދާ އެހެން މައުލޫމާތު ބޭނުންކޮށްގެން އެޕްލިކޭޝަން އުފައްދާ ފަރާތްތަކަށް އެ އެޕްލިކޭޝަންތަށް މެދުވެރިކޮށް މީހުނަށް އެކިއެކި އިޝްތިހާރު ދެއްކޭނެއެވެ. އެޕަލްގެ މި އައު އުސޫލުގެ ދަށުން މި މައުލޫމާތު އެޑް ޓްރެކިން އަށް އެހެން ކުންފުނިތަކާއި ހިއްސާނުކުރެވޭނެއެވެ.
ފޭސްބުކް އަކީ އެޕަލްގެ މި ޕްރައިވަސީ އަޕްޑޭޓްއަށް އެންމެ ބޮޑަށް ފާޑުކިޔާ އެއް ކުންފުންޏެވެ. އެގޮތުން ފޭސްބުކް އިން ހާމަކޮށްފައިވާ ގޮތުގައި އެޕަލްގެ މި ނިންމުމާއިއެކު ކުދި ވިޔަފާރިތަކަށް ގެއްލުންވާނެއެވެ. މީގެ އިތުރުން ފޭސްބުކް އިން ބުނެފައިވާ ގޮތުގައި އެޕަލްގެ ބޭނުމަކީ އެކުންފުންޏަށް ފައިދާވާ ގޮތަށް އެޕްލިކޭޝަންތަކުން ސަބްސްކްރިޕްޝަން މޮޑެލް އަކަށް ބަދަލުކުރުމެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި