ކްލަބް ހައުސް އެންޑްރޮއިޑަށް

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިދިޔަ ހަފްތާގައި ކްލަބް ހައުސްއިން އާންމުކޮށް އަންގައިފައިވަނީ އެންމެ ގިނަ ބަޔަކު ކެތްމަދުކަމާއެކީ މަޑުކޮށްގެން ތިބި އެއްކަމެވެ. އެއީ ކްލަބް ހައުސްގެ މޯބައިލް އެޕްލިކޭޝަން އެންޑްރޮއިޑް ފޯނުތަކަށް ތަޢާރަފް ކުރުމެވެ.

ނަމަވެސް، މިދިޔަ ހަފްތާގައި އެޕްލިކޭޝަން ޑައުންލޯޑްކޮށް ބޭނުންކުރެވުނީ ހަމައެކަނި ޓެސްޓުކުރުމަށް ދަޢުވަތު ލިބިފައި ތިބި ބަޔަކަށެވެ. މިއަދު ހުރިހާ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ކްލަބްހައުސް މިވަނީ ތަޢާރަފްކޮށްފައެވެ.

އަދިވެސް ކްލަބް ހައުސްއަށް ވަނުމަށްޓަކައި އެހެން މީހެއްގެ ދަޢުވަތެއް ބޭނުންވާނެއެވެ. މީގެ އިތުރުން ކްލަބް ހައުސްގެ އެންޑްރޮއިޑް އެޕްލިކޭޝަން މިވަގުތު އަޅާލެވެނީ ޔޫ.އެސް ގޫގަލް ޕްލޭ ސްޓޯއިންކަންވެސް ފާހަގަ ކުރެވެއެވެ.

ކުރިއަށް އަންނަ ދުވަސްތަކުގައި އެހެން ޤައުމުތަކަށްވެސް ގޫގަލް ޕްލޭ ސްޓޯއިން ކްލަބް ހައުސް އެޕްލިކޭޝަން އަޅާލެވޭނެއެވެ.

ކްލަބް ހައުސް އެންޑްރޮއިޑަށް ތަޢާރަފްކޮށް ކޮށްފައިވާ ޓްވީޓް

ކްލަބް ހައުސްއާއި ވާދަ ކުރުމަށް މިހާރު މާކެޓުގައި ރެޑިޓް، ޓްވިޓާ، ޓެލެގްރާމް، ސްޕޮޓިފައި އަދި ފޭސްބުކްއިންވެސް ވަނީ ވޮއިސް ޗެޓް ތަޢާރަފްކޮށް ވޮއިސް ޗެޓް ސެޝަން ބޭއްވޭ ގޮތް ހަދާފައެވެ.

ކްލަބް ހައުސްއާއި ބެހޭގޮތުން އިތުރަށް ކިޔާލުމަށް މި ލިންކަށް ފިތާލާ


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.