2019 ވަނަ އަހަރު ފެށިގެން ދިޔައީ "ޑެސްޓިނޭޝަން ޕެރެޑައިސް - އަމޯންގް ޖިހާޖިސްޓް ޕެރަޑައިސް" ގެ ނަމުގައި ފްރެންސެސްކާ ބޮރީ ނެރުނު ފޮތެއްގައި ރާއްޖެއާއި ގުޅޭގޮތުން ސައްހަނޫން އެތަކެއް މައުލޫމާތުތަކެއް ހިމެނުމާއި ގުޅިގެން މުޅި ޓްވިޓަރ އެއްބައިވެ އޭނާއާއި ދެކޮޅަށް ވަރުގަދަ ރައްދުތަކެއް ދިނުމާއި އެކު އެވެ.
ހަމަ އެއަހަރުގެ ފަހުކޮޅުގައި ދިވެހި ކުޅަދާނަ ކުރެހުންތެރިޔެއް ކަމުގައިވާ ޝިމްހާޤް ގެ ކުރެހުމެއް (ކޮސްމިކް ލަޔަން) "ވަގަށް ނަގައިގެން" އެމެރިކާގެ ލަވަކިއުންތެރިޔާ އާރޮން ކާޓާ ހޫނުފެނަށް ވެއްޓުނެވެ. ޓްވިޓަރގައި ހަރަކާތްތެރިވާ އެތައްސަތޭކަ ދިވެހިން ވަނީ އޭނާއާއި ދެކޮޅަށް ވާހަކަ ދައްކައި އޭނާ "ސައިޒު" ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުން އޭނާއާއި ދެކޮޅަށްވާހަކަ ދެއްކިއެވެ. އަދި މީގެ ސަބަބުން އޭނާ އެފޮޓޯ ޑިލީޓްކުރުމަށް މަޖުބޫރުވިއެވެ. އަދި ދުވަސްކޮޅަކަށް ޓްވިޓަރއާއި ދުރަށްވެސް ޖެހުނެވެ.
މިފަހަރުވެސް ދިވެހިންގެ އެއްބައިވަންތަކަން ޓްވިޓަރއިން މިވަނީ ފެންނަން ފަށާފައެވެ. އެގޮތުން ގިނަ ދިވެހިން ވަނީ އިސްރާއިލް-ފަލަސްތީނު ހަމަނުޖެހުންތަކާއި ވިދިގެން ފަލަސްތީނަށް ތާޢިދުކޮށް ޓްވީޓްކޮށް އަދި ޕްރޮފައިލް ފޮޓޯވެސް ބަދަލުކޮށްފައެވެ. މިގޮތަށް ޓްވީޓްކޮށްފައިވާ ފޮޓޯއަކަށް އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމުގައިވާ އީޑިތް ނާސެސިއަން ދިން މަލާމާތުގެ ރައްދެއްގެ ސަބުބުން އެތައް ދިވެހިންގެ ނުރުހުން އަމާޒުވެއްޖެއެވެ. މިހާރު އޭނާގެ ނަން "އީޑިތް" ވަނީ ޓްވިޓަރގެ ރާއްޖޭގައި ޓްރެންޑިން ލިސްޓަށް އަރާފައެވެ. ޓްވިޓަރ ބޭނުންކުރާ އެތަކެއް ދިވެހިންނެއްވަނީ 7000 އަށް ވުރެ ގިނަ ޓްވީޓް އޭނާއަށް ރައްދުކޮށްފައެވެ.
ޓެކްނޮލޮޖީގެ ފޭންއެއް