ސްޓާޓްއަޕް ގްރައިންޑް އެކްސް ނައްޓު އާއިއެކު

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސްޓާޓްއަޕް ގްރައިންޑް އެކްސް މާލެގެ 2021 ވަނަ އަހަރުގެ ފުރަތަމަ އިވެންޓް ބާއްވައިފިއެވެ. މި އިވެންޓް ބާއްވާފައިވަނީ ދިރާގު އަދި ސްޕާކްހަބް އާއި ގުޅިގެންނެވެ. މި އިވެންޓްގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ލޮޓީފައިލްސްގެ ސީޓީއޯ އަދި ކޯ-ފައުންޑަރ ނަސްރުالله އަދުނާނު (ނައްޓު) އެވެ. އަދި މި އިވެންޓް ހުށަހައަޅައިދިނީ މައިބަމްޕް މީޑީއާގެ ސީއޯއޯ އަދި ކޯ-ފައުންޑަރ ދާނިޝް އާތިފްއެވެ.

ލޮޓީފައިލްސް އަކީ 2018 ވަނަ އަހަރު އެނިމޭޝަން އުފެއްދުމާއި ޓެސްޓުކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ ކުންފުންޏެކެވެ. ސެންފްރެންސިސްކޯ އަދި ކުއާލަލަމްޕޫރް ގައި ހުންނަ މި ކުންފުނީގެ މައިގަނޑު ބޭނުމަކީ އެނިމޭޓަރުންނާއި، ޑިޒައިނަރުންނާއި، ޑިވެލޮޕަރުންނާއި އަދި އިންޖިނިއަރުންނަށް ބޭނުންވާ އެކިއެކި އެނިމޭޝަންތަށް ފޯރުކޮށްދިނުމެވެ. މިކުންފުނިން ހާމަކުރާ ގޮތުގައި މިހާރުވެސް އެކުންފުނީގެ ހިދުމަތްތަށް ގާތްގަނޑަކަށް 65،000 ކުންފުނިތަކުގެ 1 މިލިއަން މީހުން ބޭނުންކުރެއެވެ. މި ކުންފުނިތަކުގެ ތެރޭގައި އެއާބީއެންބީ، ޓިކްޓޮކް، ޑިޒްނީ އަދި ނެޓްފްލިކްސް ފަދަ ކުންފުނިތަށް ހިމެނެއެވެ.

ސްޓާޓްއަޕް ގްރައިންޑް އެކްސް ގައި ވާހަކަ ދައްކަމުން ނައްޓު ވަނީ އޭނާގެ ތަޖުރިބާތަށް ހިއްސާކޮށްފައިއެވެ. އެގޮތުން އޭނާ ވަނީ ރާއްޖޭގައި ފުރަތަމަ ސްޓާޓްއަޕް އެއް ފަށައިގެން ލިބުނު ތަޖުރިބާތަށް ހިއްސާކޮށްފައިއެވެ. އެގޮތުން އޭނާ ހާމަކޮށްފައިވާ ގޮތުގައި މިކަމުން ގިނަ ތަޖުރިބާތަކެއް ލިބުނުކަމަށާއި ކޮންމެ ވިޔަފާރީގެ ތަޖުރިބާއަކީވެސް އެއިން ގިނަ ފިލާވަޅުތަކެއް ލިބޭނެ ކަމެއްކަމަށެވެ. އަދި މީގެ ސަބަބުން ވިޔަފާރި އިތުރަށް ކުރިއަރުވާނެ ގޮތް ދަސްވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ނައްޓު ވަނީ އެހެން މީހުންގެ އެހީތެރިކަން ލިބޭތޯ މަޑުނުކޮށް އަމިއްލައަށް މަސައްކަތްކޮށްގެން ކުރިއެރުން ހޯދުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލާފައިއެވެ.

ސްޓާޓްއަޕް ގްރައިންޑަކީ ބައިނަލްއަގްވާމީ ލެވެލްގައި ފާހަގަކުރެވޭ އެކި އެކި ސްޓާޓްއަޕްތައް ފީޗަރކޮށް އޭގެ ފައުންޑަރުން ސްޓާޓްއަޕް އުފައްދާ ކުރި އެރުވުމަށް ކުރި މަސައްކަތްތަކާއި ތަޖުރިބާތައް ހިއްސާކުރުމަށް ބާއްވާ ޕްރޮގްރާމެކެވެ. މީގެ އިތުރުން މިހަރަކާތަކީ ދުނިޔޭގެ އެންމެ ބޮޑު މިނިވަން ސްޓާޓްއަޕް ކޮމިއުނިޓީއެވެ.

މިއަހަރުގެ ފުރަތަމަ އިވެންޓާއި އެކު މިއީ ރާއްޖޭގައި ބޭއްވުނު މިފަދަ ވާޗުއަލް 4 ވަނަ ޕްރޮގްރާމެވެ. މީގެ ކުރިން ބޭއްވުނު އިވެންޓު ތަކުގައި ވަނީ ހޮލޯގޯ ވޯލްޑް، ރޭޖްކޮފީ އަދި މައިބަމްޕް މީޑިއާ ފަދަ ކުންފުނިތަށް ފީޗާކޮށްފައިއެވެ. ސްޓާޓްއަޕް ގްރައިންޑް އެކްސް މާލޭ ޗެޕްޓާ ރޭވުމުގައި ހަރަކާތްތެރިވި ފަރާތްތަކުން އަންނަނީ މިފަދަ އިތުރު އިވެންޓުތަށް ކުރިއަށް އޮތްތަނުގައިވެސް ބޭއްވުމަށް މަސައްކަތްކުރަމުންނެވެ.

ސްޓާޓްއަޕް ގްރައިންޑް އެކްސް މާލެގެ 2021 ރިކޯޑިންގް މި ލިންކް އިން ބަލާލެވޭނެއެވެ.

އިތުރަށް ކިޔާލުމަށް :

ސްޓާޓްއަޕް ގްރައިންޑް އެކްސް މާލޭގައި މިފަހަރު ނައްޓު

ލޮޓީފައިލްސް އަށް މައިކްރޯސޮފްޓުން 9 މިލިއަން ޑޮލަރުގެ އެހީ

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.