މަޝްހޫރު އިންޓަނެޓް ބްރައުޒާ ގޫގަލް ކްރޯމް ގެ މުޅިން އާ ޒީރޯ-ޑޭ ސެކިއުރިޓީ ވަލްނަރަބިލިޓީ އެއް ފެނުމާއި ގުޅިގެން ގޫގަލް އިން ހުކުރު ދުވަހު ވަނީ ސެކުރިޓީ ޕެޗް އެއް ރިލީޒް ކޮށްފައެވެ. ވިންޑޯސް އަދި މެކް ގައި ކްރޯމް ބްރައުސަރ ބޭނުންކުރާ ފަރާތްތަކުން ވީހާވެސް އަވަހަކަށް މި އަޕްޑޭޓް އެޅުމަށް ގޫގަލް އިން ބާރު އަޅައެވެ.
މި ސެކިއުރިޓީ އަޕްޑޭޓް ގައި ނުރައްކާތެރި 14 ވަލްނަރަބިލިޓީ އެއް ހުއްޓުވުމަށް ފިޔަވަޅު އަޅާފައިވެއެވެ. މި ވަލްނަރަބިލިޓީ ތަކުގެ ތެރޭގައި ޒީރޯ-ޑޭ ވަލްނަރަބިލިޓީ ހިމެނޭތީ، މި އަޕްޑޭޓް ނާޅާއިފިނަމަ ހެކަރުންގެ އަތްދަށަށް ސިސްޓަމްތައް ދިއުމުގެ ބިރު އޮންނާނެއެވެ.
ގޫގަލް ގެ ސެކިއުރިޓީ އަޕްޑޭޓް ގައި ފާހަގަ ކޮށްފައިވާ އެއް ވަލްނަރަބިލިޓީ އަކީ މީގެ ދުވަސް ކޮޅެއް ކުރިން މައިކްރޯސޮފްޓް ވިންޑޯޒް 10 ގައިވެސް ހިމެނިގެން އެކުންފުނިން ޕެޗް ކޮށްފައިވާ CVE-2021-30551 ވަލްނަރަބިލިޓީ އެވެ. މިއީ ގޫގަލް އިން ކްރިޓިކަލް ދަރަޖާގައި ގިންތި ކޮށްފައިވާ ވަލްނަރަބިލިޓީ އެކެވެ.
ވިންޑޯސް އަދި މެކް ސިސްޓަމް ތަކުގައި ގޫގަލް ކްރޯމް ބޭނުންކޮށްގެން އިންޓަނެޓް ބްރައުޒް ކުރާ ފަރާތްތަކުން ގޫގަލް ކްރޯމް ގެ 91.0.4472.101 އަޕްޑޭޓް އެޅާފައިވާ ކަން ޔާގިން ކުރަންވާނެއެވެ. އިންޓަނެޓް އަށް ކަނެޓް ވެފައިވާ ސިސްޓަމް ތަކުން ގިނަ ފަހަރު އޮޓޯމެޓިކް އަޕްޑޭޓް އިން ކްރޯމް ބްރައުޒާ އަޕްޑޭޓް ކުރާނެއެވެ. އަދި އަޕްޑޭޓް ނުކުރި ނަމަ ވެސް މި ހަފްތާތެރޭގައި ގޫގަލް އިން އަޕްޑޭޓް ކުރުމަށް މަޖްބޫރު ކުރުވާނެ ކަމަށް ބްލޮގް ގައި ހާމަ ކޮށްފައި ވެއެވެ.
ގޫގަލް ކްރޯމް ބްރައުޒާ ބޭނުން ނުކުރި ނަމަވެސް ގޫގަލް ގެ ކްރޯމިއަމް ގެ މަތީގައި އުފައްދާފައިވާ އެހެނިހެން ބްރައުޒާ ތަކުންވެސް މި އެކްސްޕްލޮއިޓް ހުރެދާނެ ކަމަށް އެފަދަ ހުރިހާ ބްރައުޒާ އެއްވެސް އަޕްޑޭޓް ކުރުން މުހިންމެވެ.
2021 ވަނަ އަހަރުގެ 6 ވަނަ މަސް ގުނަމުން ދާއިރު މިއީ ގޫގަލް ކްރޯމް ބްރައުޒާއިން ޒީރޯ-ޑޭ އެކްސްޕްލޮއިޓް އެއް މިއަހަރު ހޯދުނު 6 ވަނަ ފަހަރެއެވެ.
ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި