އެންވީޑިއާ އިން ވިންޑޯސް 7 އަދި 8 އަށް ސަޕޯރޓް ހުއްޓާލަނީ

ހުސެއިން އާރިފް 13 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މި އަހަރުގެ ފަހުކޮޅުން ފެށިގެން ވިންޑޯސް އޮޕަރޭޓިންގް ސިސްޓަމް 7 އަދި 8 އަށް އެންވީޑިއާ އިން ސަޕޯރޓް ދިނުން ހުއްޓާލުމަށް ނިންމައިފި އެވެ. އޮކްޓޯބަރު މަހުން ފެށިގެން އެންވީޑިއާގެ ޖީފޯސް ޑްރައިވަރސް ދެން ލިބޭނީ ވިންޑޯސް 10 ކަށެވެ. ނަމަވެސް 2024 ގެ ސެޕްޓެމްބަރުގެ ނިޔަލަށް ވިންޑޯސް 7، 8، އަދި 8.1 އަށް ކްރިޓިކަލް ސެކިއުރިޓީ އަޕްޑޭޓުތައް ފޯރުކޮށްދެމުން ގެންދާނެއެވެ.

އެންވީޑިއާ އިން މިގޮތަށް ނިންމާފާވާއިރު ހުދު މައިކްރޯސޮފްޓް އިން ވެސް މިހާރު ވިންޑޯޒް 7 އަދި 8 ކަށް ސަޕޯރޓް ފޯރުކޮށް ނުދެއެވެ. އަދި ވިންޑޯސް 8.1 ގެ އެކްސްޓެންޑަޑް ސަޕޯރޓްވެސް 2023 ގެ ޖެނުއަރީގައި ހުއްޓާލުމަށް ވާނީ ނިންމާފައެވެ. ބެލެވޭގޮތުގައި އޮކްޓޯބަރު މަހުގެ ތެރޭގައި ވިންޑޯސްގެ އައު އޮޕަރޭޓިންގް ސިސްޓަމް އެއްް އާންމު ކުރާނެއެވެ.

ލެގަސީ ވިންޑޯސް ތަކަށް ސަޕޯރަޓް ފަޮރުކޮށްދިނުން ހުއްޓާލުމަށް އެންވީޑިއާ އިން ނިންމާފައި ވަނީ ޖީފޯސް ބޭނުން ކުރާ ގިނަ ބަޔަކު މިހާރު ވިންޑޯސް 10 އަށް ހިޖުރަކޮށްފައި ވުމާއިއެކު އެންމެ ފުރިހަމައަށް ރައްކާތެރިކަމާއި، ސަޕޯރޓް އަދި ތަރައްޤީކުރުމަށް އެންމެ ރަނގަޅު ގޮތަކީ ހަމަ އެކަނި ވިންޑޯސް 10 އަށް އަހަންމިއްޔަތުކަން ދީގެން ކަމަށް ދެކޭތީ ކަމަށް އެންވީޑިއާގެ ސަޕޯރޓް ނޯޓް ގައި ވެއެވެ.

އެންވީޑިއާގެ މި ނިންމުމާއި އެކު ރަސްމީކޮށް މި އޮޕަރޭޓިންގް ސިސްޓަމް ތަކަށް ސަޕޯރޓް ކުރާ އެންމެ ފަހުގެ ޑްރައިވަރ އަޕްޑޭޓް އާއްމު ކުރާނީ މިއަހަރުގެ އޮގަސްޓް 31 ވަނަ ދުވަހު އެވެ. އަދި އޮކްޓޯބަރު މަހު 4 ގައި ނެރުމަށް ތާވަލް ކޮށްފައިވާ އަޕްޑޭޓް ސަޕޯރޓްކުރާނީ ހަމައެކަނި ވިންޑޯސް 10 ކަށެވެ.


ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.