އެލް ސަލްވަޑޯރ ސަރުކާރުން އުފައްދާފައިވާ ބިޓްކޮއިން ވޮލެޓް އެޕްލިކޭޝަން ބޭނުން ކުރުމަށް ޑައުންލޯޑްކޮށް ރެޖިސްޓަރ ކުރާ އެގައުމުގެ ކޮންމެ ރައްޔިތަކަށް 30 އެމެރިކާ ޑޮލަރަށް ވާވަރަށް ބިޓްކޮއިން ދިނުމަށް (އެއަރޑްރޮޕް ކުރުމަށް) ނިންމާފައިވާ ކަމަށް އެގައުމުގެ ރައީސް ނަޔީބް ބުކެލޭ އިއުލާން ކުރައްވައިފިއެވެ.
ބިޓްކޮއިން މާކެޓް އަޑިއަޅާލާފައިމިވާ ދަނޑިވަޅުގައި ސަލްވަޑޯރ ސަރުކާރުން ގެ މިނިންމުމާއި އެކު 100 މިލިއަން ޑޮލަރުގެ ބިޓްކޮއިން ގަންނަން ޖެހޭނެކަމަށް ބިޓްކޮއިން އިންފުލުއެންސަރުން އަންދާޒާކޮށްފައި ވެއެވެ. މީގެ ސަބަބުން ބިޓްކޮއިން މާކެޓްގައި ބައިންގް ޕްރެޝަރ އިތުރުވެގެން ދާނެ ކަމަށްޓަކައި ބިޓްކޮއިން ގެންގުޅެ ފަރާތްތަކުން ދަނީ އުފާވެރި ކަމާއިއެކު މަރުހަބާ ކިޔަމުންނެވެ. ސަލްވަޑޯގެ ބޮޑެތި މީހުންގެ މުޅި އާބާދީ ކަމުގައި އަންދާޒާކުރެވިފައިވާ 4.5 މިލިއަން މީހުން ބިޓްކޮއިން އިކޯސިސްޓަމްއައި ގުޅިއްޖެ ނަމަ އެއީ އެ ބާޒާރު 2.5 އިންސައްތައިގެ ކުރި އެރުމެއް ލިބިގެންދާނެ ކަމެއް ކަމުގައި އޮންޗެއިން ގެ އެނަލިސްޓެއް ކަމުގައިވާ ވިލީ ވޫ ބުނެފައިވެއެވެ.
ޖޫން 25 ވަނަ ދުވަހު ސަލްވަޑޯރ ގެ ރައީސް ބުކެލޭ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިއުލާނު ކުރައްވަމުން ވިދާޅުވެފައި ވަނީ އިންޓްނެޓް ކަނެކްޝަން ލިބޭ ކޮންމެ ތަނެއްގައި ހުރެގެން ސަރުކާރުގެ ބިޓްކޮއިން އެޕް މަސައްކަތް ކުރާނެކަމަށާއި އެގައުމުގައި އެޕްއަށް ވަނުމަށް ޑާޓާ ޕްލޭނެއް ބޭނުން ނުވާނެ ކަމަށެވެ.
ސަލްވަޑޯރގެ މަޝްހޫރު ބިޓްކޮއިން ގާނުނަށް ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އަމަލުކުރަން ފަށާނެއެވެ. މީގެ ދެ ހަފްތާއެހާ ދުވަސް ކުރިން ފާސްކުރި އެލް ސަލްވަޑޯރ ގެ ބިޓްކޮއިން ގާނޫނަށް ގިނަ ބަޔަކު ހޫނު މަރުހަބާ ކިޔާފައި ވާއިރު އެގައުމުގެ އިދިކޮޅު ސިޔާސީ ޕާޓީ އާއި ވޯލްޑް ބޭން އިން ވެސް ވަނީ އެ ގާނޫނަށް ފާޑުކިއުމާއި ނުރުހުން އަމާޒު ކޮށްފައެވެ.
އިތުރަށް ކިޔާލުމަށް : އެލް ސަލްވަޑޯއިން ފައިސާގެ ގޮތުގައި ބިޓްކޮއިން ބޭނުންކުރަނީ
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.