މައިކްރޮސޮފްޓްގެ ކަސްޓަމަރ ސަޕޯރޓް ޓޫލްތަކެއް ހެކްކޮށްފި!

ހަސަން ޒަޔާން 26 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މައިކްރޮސޮފްޓްގެ ކަސްޓަމަރ ސަޕޯރޓް ޓޫލްތަކެއް ހެކްކޮށްފިއެވެ. މައިކްރޮސޮފްޓުން ބުނާ ގޮތުގައި "ސޯލަރ ވިންޑްސް" ހެކަރުންނާއި "ދަ ހެކިންގ ގްރޫޕް ނޮބީލިއަމް" އާއި ގުޅިގެން މައިކްރޯސޮފްޓްގެ ކަސްޓަމަރ ސަރވިސް އެޖެންޓުންތަކެއްގެ ކޮމްޕިއުޓަރުތަކަށް ވަނީ ހަމަލާ ދީފައެވެ. މީގެ ކުރިންވެސް މައިކޯސޮފްޓް އަށް ވަނީ ސޯލަރ ވިންޑްސް ގެ ދުއްޕާނާއި ކުރިމަތިލާން ޖެހިފައެވެ.

މި ހަމަލާއާއި ގުޅިގެން ކަސްޓަމަރ ސަރވިސް އާއި ބިލިންގް މައުލޫމާތު ތަކާއި ގުޅުން ހުރި ހިދުމަތްތައް ފޯރުކޮށްދިނުމުގައި މައިކްރޯސޮފްޓް ގެ ކަސްޓަމަރ ސަރވިސް އެޖެންޓުންނަށް އެތަކެއް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް މައިކްރޯސޮފްޓް އިން ވަނީ މައުލޫމާތު ދީފައިވެއެވެ. އަދި މިހެންވެ "ސޯލަރ ވިންޑްސް" ހެކަރުންނަށާއި "ދަ ހެކިންގ ގްރޫޕް ނޮބީލިއަމް" އަށް ވަނީ މަކްރޯސޮފޓް ކަސްޓަމަރ ސާރވިސްގައި ސާރވިސް ހޯދާ ގިނަ ފަރާތްތަކުގެ ބިލިންގ މައުލޫމާތުތަކާއި ކްރެޑިޓް ކާރޑުގެ މައުލޫމާތުތައް ފަދަ ތަކެތި ލިބިފައެވެ.

މިދިޔަ އަހަރުން ފެށިގެން "ސޯލަރ ވިންޑްސް" ހެކާރުންނާއި "ދަ ހެކިންގ ގްރޫޕް ނޮބީލިއަމް" އިން ދަނީ ވަރަށް ގިނަ އައިޓީ ކުންފުނިތަކާއި މުޅި ދުނިޔޭގެ އެކި ހިސާބުގެ ސަރުކާރު ތަކަށް އަމާޒުކޮށް ތަފާތުގިނަ ސައިބަރ ހަމަލާތައް ދެމުންނެވެ.

މައިކްރޮސްފްޓުން މައުލޫމާތު ދޭ ގޮތުގައި މި ހެކާރުންގެ ފަރާތުން ނުރައްކާ ލިބުނުފަރާތްތަކަށް މައިކްރޮސޮފްޓުން ވަނީ އެހީތެރިވެފައެވެ. އޭގެއިތުރުން މިހާރު "ނޮބީލިއަމް ގްރޫޕުގެ" ހެކަރުންނަށާއި "ސޯލަރ ވިންޑްސް" ހެކަރުންނަށް ކަސްޓަމަރ ސާރވިސް ސިސްޓަމްގެ އެއްވެސް އެކްސެސް އެއް ނޯންނާނެ ކަމަށް ވެސް މައިކްރޮސޮފްޓުން ވަނީ މައުލޫމާތު ދީފައެވެ.

މައިކްރޮސޮފްޓް ކަހަލަ ބޮޑު އައިޓީ ކުންފުންޏަކަށް ޓާރގެޓްކޮށް "ދަ ހެކިންގ ގްރޫޕް ނޮބީލިއަމް" ކަހަލަ ގުރޫޕަކަށް ކާމިޔާބު ކުރެވުމަކީ ކަސްޓަމަރުންނަށާއި އެހެނިހެން ފަރާތްތަކަށް ނުހަނު ބޮޑު ކަންބޮޑުވުމަކާއި ނުރައްކާ އޮތް ކަމެކެވެ.

އިތުރަށް ކިޔާލުމަށް :

ސައިބަރ ސެކިއުރިޓީގެ ބޮޑޮ ނުރައްކަލަކަށް ރެންސަމްވެއަރ

ސޯލަރވިންޑްސް ހެކަރުންގެ ދުއްޕާން މައިކްރޮސޮފްޓް އަށްވެސް


ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.