ކުޑަކުދިންގެ މެދުގައި އެންމެ މަޤުބޫލް އެޕްލިކޭޝަންތައް

ޝުޖާޢަތު ރަޝީދު 02 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިދިއަ 2 އަހަރު ވެގެން ދިއައީ ކުޑަކުދިންނަށް ވަރަށް ތަފާތު އަހަރުތަކަކަށްކަން ޔަޤީނެވެ. ކޮވިޑް-19އިގެ ސަބަބުން ގިނަ ކުޑަކުދިންތަކެއް ކިޔެވުމާއި އަދި މުނިފޫހިފިލުވުމުގެ ކަންތައްތައް ކުރަމުން ދިއައީ ގޭތެރޭގައެވެ.

އެހެން ކަމުން ގިނަ ކަންތައްތައް އިންޓަނެޓުގެ ޒަރިއްޔާއިން ކުރުމަށްވެސް ޖެހުނެވެ. އަދިވެސް، ދިވެހިރާއްޖޭގައި އަދި އެހެނިހެން ޤަޢުމު ތަކުގައި ކުޑަކުދިންގެ ދިރިއުޅުން މިވަނީ އޮންލައިން މާހައުލެއްގައި ބައްޓަން ވެފައެވެ.

ކެސްޕާސްކީއިން ނެރުނު ކެސްޕާސްކީ ސޭފް ކިޑްސް ދިރާސާއަކުން ދައްކާ ގޮތުގައި މި ދެއަހަރު ތެރޭގައި ކުޑަކުދިންގެ އޮންލައިން ހަރަކާތްތައް (ސޮފްޓްވެއާ، އޯޑިއޯ، ވީޑިއޯ އަދި އީ-ކޮމާސް) މި ކެޓަގަރީ ތަކުން ވަނީ އިތުރުވެފައެވެ.

އެންމެ ގިނައިން ޔޫޓިއުބްގައި ސާޗްކޮށްފައިވާ ތަކެތި ނޮވެމްބަރ 2020 އިން އޭޕްރީލް 2021 އަށް

މީގެ ތެރޭގައި މީސް މީޑިއާ ބޭނުން ކުރުމުގައި ގިނަ ކުޑަކުދިން އިހްތިޔާރު ކުރީ ޔޫޓިއުބް، ވަޓްސްއެޕް، ޓިކްޓޮކް އަދި އިންސްޓަގްރާމެވެ. މި މީސް މީޑިއާ އެޕްލިކޭޝަންތަކުގެ ތެރެއިންވެސް ޓިކްޓޮކް އުޅެނީ އިންސްޓަގްރާމްއަށް ވުރެން ދެގުނަ ކުރީގައެވެ. އެންމެ މަޤުބޫލު މީސް މީޑިއާ އެޕްލިކޭޝަންތަކުގެ ތެރޭގައި ފާހަގަ ވެފައިވަނީ ޔޫޓިއުބް އެއްވަނަ، ދެވަނަ ވަޓްސްއެޕް އަދި ތިންވަނައިގައި ޓިކްޓޮކްއެވެ.

އެންމެ މަޤުބޫލު ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ ސޮފްޓްވެއާ، ވީޑިއޯ އަދި އޯޑިއޯ އަށް 44 އިންސައްތަ، އިންޓަނެޓުގެ ޒަރިއްޔާއިން މުޢާމަލާތް ކުރުމަށް ބޭނުންކުރާ ވަސީލަތްތައް 22.08 އިންސައްތަ، ކޮމްޕިއުޓާ ގޭމްތައް 13.67 އިންސައްތައެވެ.

ކުޑަކުދިންގެ މެދުގައި އެންމެ މަޤުބޫލު އެންޑްރޮއިޑް އެޕްތައް

އެންމެ މަޤުބޫލު 10 ގޭމްތެރޭގައި ހިމެނޭ ބައެއް ގޭމްތަކަކީ ބްރޯލް ސްޓާޒް، އަމޮންގް ޔޫއެސް، އަދި މައިންކްރާފްޓެވެ.

ކުޑަކުދިންގެ މެދުގައި އެންމެ މަޤުބޫލު ގޭމްތައް

ކެސްޕާސްކީގެ ސެކިޔޯލިސްޓްގެ ދިރާސާގެ ތަފާސް ހިސާބުތައް ނަގަނީ ކެސްޕާސްކީގެ ސޭފް ކިޑްސް މޮޑިއުލްގެ ވެބް ފިލްޓަރިންގެ އެހީގައެވެ. މިއީ ބެލެނިވެރިއާއަށް އެކިކަހަލަ ކޮންޓެންޓް އަދި ވެބްސައިޓްތައް ބްލޮކްކޮށް ދަރިފުޅުގެ އޮންލައިން ހަރަކާތްތައް ބަލަހައްޓަން ފަސޭހަކޮށްދޭ އެއްޗެކެވެ.

ކެސްޕާސްކީ ސޭފް ކިޑްސް މޮޑިއުލް

ކުޑަކުދިން އަދި ފުރާވަރުކުދިންގެވެސް އޮންލައިން ހަރަކާތްތައް ބަލަހައްޓައި އެކުދިން ރައްކާތެރި ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް، ހިންހަމަ ނުޖެހޭ ވެބްސައިޓަކަށް ވަނުމުން، ގޭމެއް ކުޅުމުން އެކުދިންނަށް އެ ވެބްސައިޓްތަކާއި ޓޫލްތައް ބްލޮކްކޮށް ހަރުކަށި ފިޔަވަޅު އެޅުމުގެ ބަދަލުގައި އެކަށީގެންވާ މަޢުލޫމާތު ފޯރުކޮށްދީ، ރަނގަޅާއި ނުބައި ދައްކައިދީ އޮންލައިންކޮށް ބަހައްޓަންވީ އުޅުން ދަސްކޮށްދިނުމަކީ ބެލެނިވެރިންގެ އަދި އެންމެންގެ ޒިންމާއެކެވެ.

އިތުރަށް ތަފްސީލުކޮށް ކެސްޕާސްކީގެ މި ދިރާސާއާއި ތަފާސް ހިސާބުތައް ބަލާލުމަށް

އިންސްޓަގްރާމް... ކުޑަކުދިންނަށް؟ ކަންބޮޑުވާންޖެހޭ ކަމެއް!

ސައިބަރ ސްމާޓް ކެމްޕެއިން ފައްޓައިފި





ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.