ކްލަބް ހައުސް އަކީ މިހާރު ރާއްޖޭގެ ވަރަށް ގިނަބަޔަކު ބޭނުންކުރަމުން އަންނަ އެޕެކެވެ. ކުރިން ކްލަބްހައުސްގައި ރެޖިސްޓްރީ ވެވެނީ ކްލަބްހައުސް އެކައުންޓެއް އިންނަ ފަރާތަކުން އިންވައިޓް ކުރުމުންނެވެ. އެއީ ކްލަބްހައުސް ގެ ބެކްއެންޑްގައި ލިމިޓްތަކެއް ހުރުމުން ކްލަބްހައުސް ބޭނުންކުރާ ފަރާތްތަކުގެ އަދަދު ލިމިޓްކުރުމަށެވެ. ނަމަވެސް މިހާރު ކްލަބްހައުސް ބީޓާ ނިމި އެންމެނަށް އެކައުންޓް ހުޅުވޭގޮތް ހަދައިފިއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ކްލަބްހައުސް އަށް އިންވައިޓްކުރާކަށްނުޖެހޭނެއެވެ.
Things to love about Clubhouse:
— Clubhouse (@Clubhouse) July 21, 2021
✅ Wonderful people
✅ Fascinating conversations
✅ Backchannel
❌ > ✅ Easy to join
After 16 never-boring months of building, we’re thrilled to share that Clubhouse is now out of beta, open to everyone, and ready to begin the next chapter! pic.twitter.com/vC1g2KfhyQ
ކުރިން ވަކި ބަޔަކަށް ހާއްސަ އޯޑިއޯ ޗެޓްރޫމެއް ގޮތަށް އޮތްނަމެވެސް މިހާރު ބެކްޗެނަލް ނަމުގައި މެސެޖް ކުރެވޭ ފީޗަރއެއްވެސް ވަނީ ވަރަށްފަހުން ތައާރަފްކޮށްފައެވެ. ކްލަބްހައުސް އާއި ވާދަކުރުމަށްޓަކައި ޑިސްކޯޑް، ސްޕޮޓިފައި، ސްލެކް އަދި ފޭސްބުކްއިންވެސް ވަނީ އޯޑިއޯ ޗެޓްރޫމް ފީޗަރ ތައާރަފްކޮށްފައެވެ. އެހެންނަމަވެސް ކްލަބްހައުސް ބޭނުންކުރަން ފަސޭހަކަމަށް ގިނަބަޔަކު ދެކެއެވެ.
ޓެކްނޮލޮޖީގެ ފޭންއެއް